ދިވެހިރާއްޖެ
ހައިކޯޓަށް ކާޕެޓް ވިއްކާނެ ފަރާތެއް ހޯދުމަށް އެދި
މިކޯޓުގެ ނަންބަރު އިޢުލާން IUL)95-PM/1/2014/15) އަދި IUL)95-PM/1/2014/16) ބާޠިލުވުމާ ގުޅިގެން މިކަމަށް އަލުން އިޢުލާންކުރަމެވެ.
ވީމާ، ކާޕެޓް ސަޕްލައިކޮށް ދެއްވަން ޝައުޤުވެރިވެވަޑައިގަންނަވާނަމަ، ތިރީގައި މިދަންނަވާ ދުވަސްތަކުގައި މިކޯޓުގެ މީޓިންގރޫމް 1 އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚު |
ދުވަސް |
ވަގުތު |
މަޢުލޫމާތު ސާފުކުރުން |
14 އޮކްޓޫބަރު 2014 |
އަންގާރަ |
10:00 |
އަންދާސީހިސާބު ހުށަހެޅުން |
20 އޮކްޓޫބަރު 2014 |
ހޯމަ |
11:00 |
މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނޯނެ ވާހަކަ ދެންނެވީމެވެ. މިމަސައްކަތަށް ބިޑްކުރައްވަން ބޭނުންފުޅުވާ ބިޑް ޑޮކިއުމެންޓްތައް މިކޯޓުގެ ވެބްސައިޓް http://www.highcourt.gov.mv/dhi/mediamanager/bid_info._sheet_(carpet)_19(1).pdf އިން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
07 ޛުލްޙިއްޖާ 1435