ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
އިންފޮމޭޝަން އިންފްރާސްޓްރަކްޗަރ ސެކިއުރިޓީ އެނަލިސްޓެއް ބޭނުންވެއްޖެ

އިންފޮމޭޝަން އިންފްރާސްޓްރަކްޗަރ ސެކިއުރިޓީ އެނަލިސްޓެއް ބޭނުންވެއްޖެ

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ބެލުމުގެ ދަށުން ހިންގަމުންދާ އިންފޮމޭޝަން އިންފްރާސްޓްރަކްޗަރގެ، ސިސްޓަމްތަކާއި ނެޓްވާކްގެ، ސެކިއުރިޓީ ޑިވެލޮޕްކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރާނެ ހީވާގި، ޤާބިލު، މަސައްކަތައް ޝައުޤުވެރިވާ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ބޭނުންވާ އަދަދު:

01 (އެކެއް)

މަސައްކަތުގެ މުއްދަތު:

01 (އެކެއް) (މަސައްކަތުގެ ފެންވަރު ބެލުމަށް ފަހު މުއްދަތު އިތުރުކުރެވޭނެ)

މަސައްކަތުގެ ވަގުތު:

ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 08:00 ހަވީރު 03:00 (އޮފީހުން ބޭނުންވެއްޖެ ޙާލަތެއްގައި ހަވީރު 05:00 ޖަހަންދެން މަސައްކަތް ކުރެވެންވާނެއެވެ.)

އުޖޫރަ:

މަހަކު -/15,000 ރުފިޔާ

ފެންވަރު/ޝަރުތު

  1. އަމިއްލަ އިސްނެގުމާއިއެކު އެހެންމީހެއްގެ އެހީއާނުލައި އިންފޮމޭޝަން ސިސްޓަމްތަކާއި ނެޓްވާކްގެ ސެކިއުރިޓީ ބަލަހައްޓާ ވަރުގަދަކުރުމަށް ކުރަންޖެހޭ ކަންކަންކުރުމުގެ ޤާބިލިއްޔަތުކަން ހުރުން.
  2. "ސަޓިފައިޑް އިންފޮމޭޝަންސިސްޓަމް ސެކިއުރިޓީ ޕްރޮފެޝަނަލް"، "އެތިކަލް ހެކަރ ސެޓިފިކޭޝަން" ފަދަ އައި.ޓީ ސެކިއުރިޓީގެ ދާއިރާއިން ޕްރޮފެޝަނަލް ސަނަދެއްހޯދާފައިވުން.
  3. އަމިއްލައަށް މަސައްކަތް މެނޭޖްކުރަން އެނގުމާއި، ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާސިލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ޒިންމާދާރުގޮތެއްގައި ކުރަންއެނގުން.
  4. ރަނގަޅުގޮތުގައި މީހުންނާއި މުޢާމަލާތުކޮށް، މަސައްކަތުގެ މާހައުލުގައި ދިމާވާ މައްސަލަތައް އަމިއްލައަށް ޙައްލުކުރަން އެނގުން.

މައިގަނޑު މަސައްކަތްތައް:

އެން.ސީ.އައި.ޓީގެ ބެލުމުގެދަށުން ހިންގާ އިންފޮމޭޝަން އިންފްރާސްޓްރަކްޗަރގެ ސިސްޓަމްތަކާއި ނެޓްވާކްގެ، ސެކިއުރިޓީ ބެލެހެއްޓުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރުމަކީ މިމަސައްކަތް ޙަވާލުވާ ފަރާތުން ކުރަންޖެހޭނެކަމެކެވެ.

  1. ސިސްޓަމްތަކާއި ނެޓްވާކްގެ ސެކިއުރިޓީ ވަލްނަރަބިލިޓީސް ހޯދައި، ސިސްޓަމްތަކާއި ނެޓްވާކް ބަލަހައްޓަވާ ބޭފުޅުންނާއެކު މަސައްކަތް ކުރައްވައިގެން، ޙައްލުހޯދައި، އިންމްޕްލިމަންޓުކޮށް، ސިސްޓަމްތަކާއި ނެޓްވާކް ރައްކައުތެރިކުރުން.
  2. މިގޮތުން ހޯދޭ ވަލްނަރަބިލިޓީސް އާއި ޙައްލުތައް ޑޮކިއުމަންޓުކޮށް، މި ވަލްނަރަބިލިޓީސް ތަކުރާރު ނުވާނޭހެން، ސިސްޓަމްތަކާއި ނެޓްވާކް ސެކިއުރިޓީ ޗެކްލިސްޓްތަކާއި ނޮލެޖްބޭސްއެއް ތައްޔާރުކޮށް ބެލަހެއްޓުން.
  3. އިންފޮމޭޝަން އިންފްރާސްޓްރަކްޗަރ ސެކިއުރިޓީ ދެމެހެއްޓެނެވި ގޮތެއްގައި ބެލެހެއްޓުމަށް ބޭނުންވާ އިންޓްރޫޝަން ޑިޓެކްޝަންފަދަ ކައުންޓަރ މެޝާޒްތަކަކީ ކޮބައިތޯބަލައި، އެން.ސީ.އައި.ޓީގެ މަޝްވަރާގެ މަތީން، މިފަދަ ސިސްޓަމްތަކާއި ޕްރޮސީޖަރތައް ޤާއިމުކޮށް، ޑޮކިއުމަންޓު ކޮށް، ބެލެހެއްޓުން.
  4. އިންފޮމޭޝަން އިންފްރާސްޓްރަކްޗަރ ސެކިއުރިޓީ މެނޭޖްމަންޓް ސިސްޓަމެއް، ISO 27001 ގެފެންވަރަށް، އެން.ސީ.އައި.ޓީ ގައި ގާއިމުކުރުމަށް ޕްލޭނެއް އެކުލަވައިލައި، އެން.ސީ.އައި.ޓީ އަށް ހުށަހަޅާ، މެނޭޖްމަންޓްގެ ހުއްދައާއެކު، އެން.ސީ.އައި.ޓީން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި އިމްޕްލިމެންޓް ކުރުން. 

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން.
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ތަޢުލީމީ ސެޓިފިކެޓްތަކުގެ ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއިއެކު).
  5. ކުރީން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ.

ހުށަހަޅަންޖެހޭ ތާރީޚު: މިމަސަތްކަތަށް ޝައުޤުވެރިވެލައްވާ ބޭފުޅުން 22 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިއުންތަކާއިއެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މިއޮފީހުގެ އީމެއިލަށް  [email protected] ފޮނުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސައުފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އެޑްރެހަށެވެ.

އޮފީހުގެ މަޢުލޫމާތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،

64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 4000 334 (960) ،ފެކްސް ނަންބަރު: 4004 334 (960)

އީމެއިލް އެޑްރެސް: [email protected]

ވެބްސައިޓް: www.ncit.gov.mv

 

08 ޛުލްޙިއްޖާ 1435

02 އޮކްޓޫބަރު 2014
ހޯދާ