ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 164/1/2014/121
ޕަބްލިޝްކުރި ތާރީޚް: 02 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި:
22 އޮކްޓޫބަރު 2014 15:00
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
އިންފޮމޭޝަން އިންފްރާސްޓްރަކްޗަރ ސެކިއުރިޓީ އެނަލިސްޓެއް ބޭނުންވެއްޖެ
|
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ބެލުމުގެ ދަށުން ހިންގަމުންދާ އިންފޮމޭޝަން އިންފްރާސްޓްރަކްޗަރގެ، ސިސްޓަމްތަކާއި ނެޓްވާކްގެ، ސެކިއުރިޓީ ޑިވެލޮޕްކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރާނެ ހީވާގި، ޤާބިލު، މަސައްކަތައް ޝައުޤުވެރިވާ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
މަސައްކަތުގެ މުއްދަތު:
|
01 (އެކެއް) (މަސައްކަތުގެ ފެންވަރު ބެލުމަށް ފަހު މުއްދަތު އިތުރުކުރެވޭނެ)
|
މަސައްކަތުގެ ވަގުތު:
|
ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 08:00 ހަވީރު 03:00 (އޮފީހުން ބޭނުންވެއްޖެ ޙާލަތެއްގައި ހަވީރު 05:00 ޖަހަންދެން މަސައްކަތް ކުރެވެންވާނެއެވެ.)
|
އުޖޫރަ:
|
މަހަކު -/15,000 ރުފިޔާ
|
ފެންވަރު/ޝަރުތު
|
- އަމިއްލަ އިސްނެގުމާއިއެކު އެހެންމީހެއްގެ އެހީއާނުލައި އިންފޮމޭޝަން ސިސްޓަމްތަކާއި ނެޓްވާކްގެ ސެކިއުރިޓީ ބަލަހައްޓާ ވަރުގަދަކުރުމަށް ކުރަންޖެހޭ ކަންކަންކުރުމުގެ ޤާބިލިއްޔަތުކަން ހުރުން.
- "ސަޓިފައިޑް އިންފޮމޭޝަންސިސްޓަމް ސެކިއުރިޓީ ޕްރޮފެޝަނަލް"، "އެތިކަލް ހެކަރ ސެޓިފިކޭޝަން" ފަދަ އައި.ޓީ ސެކިއުރިޓީގެ ދާއިރާއިން ޕްރޮފެޝަނަލް ސަނަދެއްހޯދާފައިވުން.
- އަމިއްލައަށް މަސައްކަތް މެނޭޖްކުރަން އެނގުމާއި، ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާސިލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ޒިންމާދާރުގޮތެއްގައި ކުރަންއެނގުން.
- ރަނގަޅުގޮތުގައި މީހުންނާއި މުޢާމަލާތުކޮށް، މަސައްކަތުގެ މާހައުލުގައި ދިމާވާ މައްސަލަތައް އަމިއްލައަށް ޙައްލުކުރަން އެނގުން.
|
މައިގަނޑު މަސައްކަތްތައް:
|
އެން.ސީ.އައި.ޓީގެ ބެލުމުގެދަށުން ހިންގާ އިންފޮމޭޝަން އިންފްރާސްޓްރަކްޗަރގެ ސިސްޓަމްތަކާއި ނެޓްވާކްގެ، ސެކިއުރިޓީ ބެލެހެއްޓުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރުމަކީ މިމަސައްކަތް ޙަވާލުވާ ފަރާތުން ކުރަންޖެހޭނެކަމެކެވެ.
- ސިސްޓަމްތަކާއި ނެޓްވާކްގެ ސެކިއުރިޓީ ވަލްނަރަބިލިޓީސް ހޯދައި، ސިސްޓަމްތަކާއި ނެޓްވާކް ބަލަހައްޓަވާ ބޭފުޅުންނާއެކު މަސައްކަތް ކުރައްވައިގެން، ޙައްލުހޯދައި، އިންމްޕްލިމަންޓުކޮށް، ސިސްޓަމްތަކާއި ނެޓްވާކް ރައްކައުތެރިކުރުން.
- މިގޮތުން ހޯދޭ ވަލްނަރަބިލިޓީސް އާއި ޙައްލުތައް ޑޮކިއުމަންޓުކޮށް، މި ވަލްނަރަބިލިޓީސް ތަކުރާރު ނުވާނޭހެން، ސިސްޓަމްތަކާއި ނެޓްވާކް ސެކިއުރިޓީ ޗެކްލިސްޓްތަކާއި ނޮލެޖްބޭސްއެއް ތައްޔާރުކޮށް ބެލަހެއްޓުން.
- އިންފޮމޭޝަން އިންފްރާސްޓްރަކްޗަރ ސެކިއުރިޓީ ދެމެހެއްޓެނެވި ގޮތެއްގައި ބެލެހެއްޓުމަށް ބޭނުންވާ އިންޓްރޫޝަން ޑިޓެކްޝަންފަދަ ކައުންޓަރ މެޝާޒްތަކަކީ ކޮބައިތޯބަލައި، އެން.ސީ.އައި.ޓީގެ މަޝްވަރާގެ މަތީން، މިފަދަ ސިސްޓަމްތަކާއި ޕްރޮސީޖަރތައް ޤާއިމުކޮށް، ޑޮކިއުމަންޓު ކޮށް، ބެލެހެއްޓުން.
- އިންފޮމޭޝަން އިންފްރާސްޓްރަކްޗަރ ސެކިއުރިޓީ މެނޭޖްމަންޓް ސިސްޓަމެއް، ISO 27001 ގެފެންވަރަށް، އެން.ސީ.އައި.ޓީ ގައި ގާއިމުކުރުމަށް ޕްލޭނެއް އެކުލަވައިލައި، އެން.ސީ.އައި.ޓީ އަށް ހުށަހަޅާ، މެނޭޖްމަންޓްގެ ހުއްދައާއެކު، އެން.ސީ.އައި.ޓީން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި އިމްޕްލިމެންޓް ކުރުން.
|
ހުށަހަޅަންޖެހޭ ލިޔެކިއުންތައް:
|
- ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ތަޢުލީމީ ސެޓިފިކެޓްތަކުގެ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއިއެކު).
- ކުރީން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ.
|
ހުށަހަޅަންޖެހޭ ތާރީޚު: މިމަސަތްކަތަށް ޝައުޤުވެރިވެލައްވާ ބޭފުޅުން 22 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިއުންތަކާއިއެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މިއޮފީހުގެ އީމެއިލަށް [email protected] ފޮނުއްވުން އެދެމެވެ.
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސައުފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އެޑްރެހަށެވެ.
އޮފީހުގެ މަޢުލޫމާތު:
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،
64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯނު ނަންބަރު: 4000 334 (960) ،ފެކްސް ނަންބަރު: 4004 334 (960)
އީމެއިލް އެޑްރެސް: [email protected]
ވެބްސައިޓް: www.ncit.gov.mv
08 ޛުލްޙިއްޖާ 1435