ދިވެހިރާއްޖެ
މިއޮފީހަށް އެސިސްޓެންޓް ޕަބްލިކް ޕްރޮސިކިއުޓަރ (ގްރޭޑް 1) މަޤާމަށް މީހަކު ބޭނުންވެގެން ކުރި ނަންބަރު 38/1/2014/ (IUL)196-C(18 ސެޕްޓެމްބަރ 2014) އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން އެމަޤާމަށް އިޢުލާނު ކުރަމެވެ.
މަގާމް: ޕަބްލިކް ޕްރޮސިކިއުޓަރ (ގްރޭޑް 1)
ބޭނުންވާ ޢަދަދު: 01
މުސާރަ: -/11,158 ރުފިޔާ
ލިވިންގ އެލަވަންސް: -/3,000 ރުފިޔާ
ރިސްކް އެލަވަންސް: -/2,000 ރުފިޔާ
މަސައްކަތް ކުރަންޖެހޭ ތަން: ގއ. އަތޮޅު ގޮފި
މަޤާމުގެ މަސްއޫލިއްޔަތު: މިއޮފީހަށް ހުށަހަޅާ މައްސަލަތަކާއި ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރުން.
ފެންވަރު ނުވަތަ ޝަރުޠު: ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން. (ކޯހުގެ ކިޔެވުން ފުރިހަމަކުރުމަށްފަހު، ސެޓްފިކެޓް ނުލިބޭ ފަރާތްތަކުން ވަގުތީ ނަތީޖާތައް ހުށަހެޅިދާނެއެވެ.)
އިތުރު އެލަވަންސް: މި މަޤާމަށް ޕްރެކްޓިސް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %55 އާއި، ސަރވިސް އެލަވަންސްގެ ގޮތުގައި އޮފީހަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް މަހަކު -/150 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 09 އޮކްޓޯބަރ 2014 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއޮފީހަށް ސިޓީ ފޮނުއްވުން އެދެމެވެ. ސިޓީ ފޮނުއްވާއިރު ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ވަނަވަރަކާއި އައި.ޑީ ކާޑުގެ ކޮޕީ ފޮނުއްވުންއެދެމެވެ. ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުވާ ސިޓީ ވެސް ބަލައިގަނެވޭނެއެވެ. (ފެކްސް ނަންބަރު 3000644، އީމެއިލް [email protected])
04 ޛުލްޙިއްޖާ 1435