ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)196-C/1/2014/41
ޕަބްލިޝްކުރި ތާރީޚް: 28 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 13:40
ސުންގަޑި: 09 އޮކްޓޫބަރު 2014 14:00
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޕަބްލިކް ޕްރޮސިކިއުޓަރ (ގްރޭޑް 1)

މިއޮފީހަށް އެސިސްޓެންޓް ޕަބްލިކް ޕްރޮސިކިއުޓަރ (ގްރޭޑް 1) މަޤާމަށް މީހަކު ބޭނުންވެގެން ކުރި ނަންބަރު 38/1/2014/ (IUL)196-C(18 ސެޕްޓެމްބަރ 2014) އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން އެމަޤާމަށް އިޢުލާނު ކުރަމެވެ.

މަގާމް:                 ޕަބްލިކް ޕްރޮސިކިއުޓަރ (ގްރޭޑް 1)

ބޭނުންވާ ޢަދަދު:              01

މުސާރަ:                   -/11,158 ރުފިޔާ

ލިވިންގ އެލަވަންސް:            -/3,000 ރުފިޔާ

ރިސްކް އެލަވަންސް:            -/2,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:       ގއ. އަތޮޅު ގޮފި

މަޤާމުގެ މަސްއޫލިއްޔަތު:   މިއޮފީހަށް ހުށަހަޅާ މައްސަލަތަކާއި ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:   ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން. (ކޯހުގެ ކިޔެވުން ފުރިހަމަކުރުމަށްފަހު، ސެޓްފިކެޓް ނުލިބޭ ފަރާތްތަކުން ވަގުތީ ނަތީޖާތައް ހުށަހެޅިދާނެއެވެ.)

އިތުރު އެލަވަންސް: މި މަޤާމަށް ޕްރެކްޓިސް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %55 އާއި، ސަރވިސް އެލަވަންސްގެ ގޮތުގައި އޮފީހަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް މަހަކު -/150 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ  ލިބޭނެއެވެ.

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 09 އޮކްޓޯބަރ 2014 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއޮފީހަށް ސިޓީ ފޮނުއްވުން އެދެމެވެ. ސިޓީ ފޮނުއްވާއިރު ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ވަނަވަރަކާއި އައި.ޑީ ކާޑުގެ ކޮޕީ ފޮނުއްވުންއެދެމެވެ. ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުވާ ސިޓީ ވެސް ބަލައިގަނެވޭނެއެވެ. (ފެކްސް ނަންބަރު 3000644، އީމެއިލް [email protected])

04  ޛުލްޙިއްޖާ 1435

28 ސެޕްޓެންބަރު 2014