ދިވެހިރާއްޖެ
އިޢުލާން
ރަތަފަންދޫ މަސްޖިދުއްރަޙުމާންގެ ބީޗްރޯޑް މަގާވީފަޅީގައި އިން ދެ ސިޑި ފަޅައިގެންގޮސް ހަލާކުވެފައިވާތީ އެ ދެސިޑި ތަޅާނެގުމަށްފަހު ކޮންކިރިޓުން ދެ ސިޑި ހަދައިދޭނޭ ފަރާތެއްހޯދުމަށް ބޭނުންވެއެވެ. ވީމާ، މިއިދާރާއިން ދޭ މަޢުލޫމާތާއެއްގޮތަށް މިމަސައްކަތް އަމިއްލަތަކެތީގައި ކޮށްދިނުމަށް ޝަވްޤު ވެރިވެލައްވާ ފަރާތްތަކުން 20 ޖުލައި 2022 ވާ ބުދަ ދުވަހުގެ ހެދުނު 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 2 އޯގަސްޓް 2022 ވާ އަންގާރަ ދުވަހުގެ 11:00 އަށް ކައުންސިލް އިދާރާއިން ދޫކުރާ އަންދާސީ ހިސާބު ހުށަހަޅާ ފޯމު މެދުވެރިކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އެސްޓިމޭޓް ހުށަހަޅާއިރު ދެސިޑިއަށް ވަކިން އަގު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބާއެކުހުށަހަޅަން ޖެހޭ ލިޔުންތައް
- ރަޖިސްޓްރީވެގެން ހިންގާ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީއާއި އަހަރީ ފީދައްކާފައިވާ ރަސީދުގެ ކޮޕީ
- ކޮމްޕެނީ ޕްރޮފައިލް
މިއިދާރާއިން ބަލާނެ ކަންތައްތައް
- ރަޖިސްޓްރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ
- ހުށަހަޅާ އަންދާސީ ހިސާބު މަދުވެގެން 2 ހަފްތާގެ ވެލިޑިޓީ މުއްދަތެއް އޮންނަންވާނެއެވެ.
އަގު ހުށަހެޅުން
- އަގުހުށަހަޅަން ޖެހޭނީ ޖުމްލަ އަގު ގެ އިތުރުން ވަކިން އަގުއެގޭގޮތަށެވެ.
- މާކްސް ދެވޭގޮތުގެ ތަފްސީލު:
މާރކްސްދެވޭނެ ކްރައިޓީރިއާ |
މާރކްސެދެވޭގޮތް |
ތަފްޞީލް |
އަގު |
70% |
|
ތަޖުރިބާ |
%20 |
|
މަސައކަތް ނިންމާ މުއްދަތަށް |
|
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.