ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)420-PED/420/2022/44
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 12:47
ސުންގަޑި: 02 އޮގަސްޓް 2022 11:00
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލްރަހުމާންގެ ބީޗްރޯޑް މަގާ ވީފަޅިއަށް އިން ދެސިޑި ތަޅާނެގުމަށްފަހު އަލުން ކޮންކިރިޓުން ދެ ސިޑި ހެދުން

އިޢުލާން

ރަތަފަންދޫ މަސްޖިދުއްރަޙުމާންގެ ބީޗްރޯޑް މަގާވީފަޅީގައި އިން ދެ ސިޑި ފަޅައިގެންގޮސް ހަލާކުވެފައިވާތީ އެ ދެސިޑި ތަޅާނެގުމަށްފަހު ކޮންކިރިޓުން ދެ ސިޑި ހަދައިދޭނޭ ފަރާތެއްހޯދުމަށް ބޭނުންވެއެވެ.  ވީމާ، މިއިދާރާއިން ދޭ މަޢުލޫމާތާއެއްގޮތަށް  މިމަސައްކަތް އަމިއްލަތަކެތީގައި ކޮށްދިނުމަށް ޝަވްޤު ވެރިވެލައްވާ ފަރާތްތަކުން 20 ޖުލައި  2022 ވާ ބުދަ ދުވަހުގެ ހެދުނު 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 2 އޯގަސްޓް  2022 ވާ އަންގާރަ ދުވަހުގެ  11:00 އަށް ކައުންސިލް އިދާރާއިން ދޫކުރާ އަންދާސީ ހިސާބު ހުށަހަޅާ ފޯމު މެދުވެރިކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އެސްޓިމޭޓް ހުށަހަޅާއިރު ދެސިޑިއަށް ވަކިން އަގު ހުށަހެޅުއްވުން އެދެމެވެ.

 އަންދާސީ ހިސާބާއެކުހުށަހަޅަން ޖެހޭ ލިޔުންތައް

  1.  ރަޖިސްޓްރީވެގެން ހިންގާ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީއާއި އަހަރީ ފީދައްކާފައިވާ ރަސީދުގެ ކޮޕީ
  2.  ކޮމްޕެނީ ޕްރޮފައިލް

މިއިދާރާއިން  ބަލާނެ ކަންތައްތައް

  1. ރަޖިސްޓްރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ
  2. ހުށަހަޅާ އަންދާސީ ހިސާބު މަދުވެގެން 2 ހަފްތާގެ ވެލިޑިޓީ މުއްދަތެއް އޮންނަންވާނެއެވެ.

 އަގު ހުށަހެޅުން

  1. އަގުހުށަހަޅަން ޖެހޭނީ ޖުމްލަ އަގު ގެ އިތުރުން ވަކިން އަގުއެގޭގޮތަށެވެ.
  2.   މާކްސް ދެވޭގޮތުގެ ތަފްސީލު:

މާރކްސްދެވޭނެ ކްރައިޓީރިއާ

މާރކްސެދެވޭގޮތް

ތަފްޞީލް

އަގު

70%

  • ·         ޚިދުމަތުގެ އަގަށްދެވޭ  މާރކްސް
  • މިމަރކްސްދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާރކް އެއްކަމުގައި ބަލައިގެން ކަޑައެޅިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

 

ތަޖުރިބާ 

%20

  • ·         ލިބިފައިވާ ތަޖުރިބާއަށްދެވޭ މާކްސް
  • ·         މިމާކްސް ދެވޭނީ  މިކައުންސިލްގެ  ޓެކްނިކަލް އިވެލުއޭ ޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅައި ފައިވާ ޕްރޮފައިލްގައި  ފާއިތުވެ ދިޔަތަނުގައި ކޮށްފައިވާ މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް އެންމެ ގިނަ ހެކި ހުށަހަޅާފައިވާ ފަރާތަކީ ބެންޗް މާރކު ކަމަށްބަލައިގެން ހުށަހަޅާފައިވާ ޑޮކިޔުމަންޓް ތަކުގެ މެދުގައި ކަޑައެޅިފައިވާ % އެއް ބަހާލައިގެންނެވެ.
  • ·         މިގޮތުން އެންމެ ގިނަޕޮއިންޓް ލިބޭނީ އެންމެގިނަ  ހެކި  ހުށަހަޅާފައިވާ ފަރާތަށެވެ.

މަސައކަތް ނިންމާ މުއްދަތަށް

  • ·         މަސައްކަތް ނިންމާ މުއްދަތަށްދެވޭމާކުސް
  • މިމާކްސް ދެވޭނީ މިކައުންސިލްގެ  ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅައި ފައިވާ އެންމެ ކުޑަ މުއްދަތަކީ  ބެންޗްމާކެއްކަމުގައި ބަލައިގެން ހުށަހެޅޭ  ހުރިހާ މުއްދަތެއްގެ މެދުގައި ކަޑައެޅިފައިވާ  % އެއް ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާފައިވާ ފަރާތަކަށެވެ.

    ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

18 ޖުލައި 2022