ދިވެހިރާއްޖެ
- 1. ސްކޫލްގެ 5 ތަނަކަށް ސަޕްލައިޑް ފެން ވައިރުކުރުމާއި އާރް.އޯ ޕިޔުރިފެކޭޝަން ސިސްޓަމް ހަރުކުރުމުގެ މަސައްކަތް
ސްކޫލްގެ ސްކޫލްގެ 5 ތަނަކަށް ސަޕްލައިޑް ފެން ވައިރުކުރުމާއި އާރް.އޯ ޕިޔުރިފިކޭޝަން ސިސްޓަމް ހަރުކުރުމުގެ މަސައްކަތަށް އަގު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ވީމާ މިމަސައްކަތަށް ޝައުޤުވެރިވެ ލައްވާފަރާތްތަކުން 2022 ޖުލައި 20ވާ ބުދަ ދުވަހުގެ ހެނދުނު 9:00 ގައި އަގު ހުށަހެޅުމަށް މި ސްކޫލް އޮފީހަށް ދުރުވެ ދެއްވުން އެދެމެވެ. އަދި އަގު ހުށައަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ކަންތައްތައްކަށް ސަމާލުކަންދެއްވުން އެދެމެވެ.
- މި މަސައްކަތްތަކަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- މަސައްކަތުގެ އަގު ހުށަހަޅުއްވާއިރު މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތަކަށް ޚާއްޞާ ސަމާލުކަމެއްދެއްވާ އެ ކަންކަމަށް ރިޢާޔަތްކޮށް އަގު ހުށައެޅުއްވުން
- މަސައްކަތަށް ހޭދަވާނޭ މުއްދަތު ބަޔާންކޮށްފައި އޮތުން
ނޯޓް: އިޢުލާނާއި އެކުގައި މަސައްކަތްތަކުގެ ތަފްޞީލް ހިމެނިފައިވާނެއެވެ.
އިތުރު މަޢުލޫމާތު ސާފްކުރައްވަން ބޭފުޅުވާނަމަ 2022 ޖުލައި ވާ 19 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 20:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފްކުރުމަށް އެދި މި ސުންގަޑީގެ ފަހުން ފޮނުއްވާ މެއިލްތައް ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.