މަސައްކަތް
ނަންބަރު: GS-65-B/IUL/2022/20
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 12:17
ސުންގަޑި: 20 ޖުލައި 2022 09:00
ވިލުފުށީ ސްކޫލް
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

  1. 1.         ސްކޫލްގެ 5 ތަނަކަށް ސަޕްލައިޑް ފެން ވައިރުކުރުމާއި އާރް.އޯ ޕިޔުރިފެކޭޝަން ސިސްޓަމް ހަރުކުރުމުގެ މަސައްކަތް

 

 

     ސްކޫލްގެ ސްކޫލްގެ 5 ތަނަކަށް ސަޕްލައިޑް ފެން ވައިރުކުރުމާއި އާރް.އޯ ޕިޔުރިފިކޭޝަން ސިސްޓަމް ހަރުކުރުމުގެ  މަސައްކަތަށް އަގު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ވީމާ މިމަސައްކަތަށް ޝައުޤުވެރިވެ ލައްވާފަރާތްތަކުން 2022 ޖުލައި 20ވާ ބުދަ ދުވަހުގެ ހެނދުނު 9:00 ގައި އަގު ހުށަހެޅުމަށް މި ސްކޫލް އޮފީހަށް ދުރުވެ ދެއްވުން އެދެމެވެ. އަދި އަގު ހުށައަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ކަންތައްތައްކަށް ސަމާލުކަންދެއްވުން އެދެމެވެ.

  • މި މަސައްކަތްތަކަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  • މަސައްކަތުގެ އަގު ހުށަހަޅުއްވާއިރު މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތަކަށް ޚާއްޞާ ސަމާލުކަމެއްދެއްވާ އެ ކަންކަމަށް ރިޢާޔަތްކޮށް އަގު ހުށައެޅުއްވުން
  • މަސައްކަތަށް ހޭދަވާނޭ މުއްދަތު ބަޔާންކޮށްފައި އޮތުން

 

ނޯޓް: އިޢުލާނާއި އެކުގައި މަސައްކަތްތަކުގެ ތަފްޞީލް ހިމެނިފައިވާނެއެވެ.

އިތުރު މަޢުލޫމާތު ސާފްކުރައްވަން ބޭފުޅުވާނަމަ 2022 ޖުލައި ވާ 19 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 20:00 ގެ ކުރިން [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފްކުރުމަށް އެދި  މި ސުންގަޑީގެ ފަހުން ފޮނުއްވާ މެއިލްތައް ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ. 

18 ޖުލައި 2022