ދިވެހިރާއްޖެ
މި ސްކޫލަށް ތިރީގައި މިދަންނަވާ ތަކެތި ގަންނަން ބޭނުންވެގެން ކުރެވުނު ނަންބަރު 31/GS41/2014 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިތަކެތި ހޯއްދަވައިދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ 10:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 12 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
4 Powered Speaker 1000W
1 Portable Sound System 500W
1 8-Channel Compact Mixer with Effects
3 Speaker Stand (Pair)
1 Pro Dynamic Vocal Microphone
4 Microphone Stand
2 DVD Player
350ft Pro Microphone Cable 6.5mm
6 XLR Male Connector Silver Contacts
6 XLR Female Connector Silver Contacts
އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:
- ކަނޑައެޅިފައިވާ ސްޕެސިފިކޭޝަނަށް ވުރެ ދަށް ސްޕެސިފިކޭޝަނެއްގެ ހުށަހެޅުމަކަށް، އިވެލުއޭޓް ކުރާ މަރުޙަލާގައި ޕޮއިންޓެއް ނުދެވޭނެއެވެ.
- އެގްރީމެންޓްގައިވާ މުއްދަތުގައި މި އިޢުލާނުގައިވާ ތަކެތި ގެނެސް ނުދެވިއްޖެނަމަ، ޖުމުލަ އަގުން ދުވާލަކު 0.75 އިންސައްތަ ޖުރިމަނާގެ ގޮތުގައި ކެނޑޭނެއެވެ. މިގޮތުން ކެނޑޭ މިންވަރު މަސައްކަތުގެ ޖުމުލަ އަގަށްވުރެ އިތުރުވެއްޖެނަމަ އެހާހިސާބުން ފެށިގެން މަސައްކަތް ޙަވާލުވާ ފަރާތް މަސައްކަތުން ވަކިވާނެއެވެ.
- އަގު ހުށަހަޅުއްވާނީ ޖީ.އެސް.ޓީ ހިމަނައިގެންނެވެ.
- ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
ޕޮއިންޓް ދޭނެގޮތް:
އަގަށް: 75 ޕޮއިންޓް
މުއްދަތު: 10 ޕޮއިންޓް
މާލީގޮތުން އެކަން ކުރެވޭނެ ފެންވަރު: 05 ޕޮއިންޓް
(ފައިނޭންޝިއަލް ޕޮޒިޝަން، ބޭންކް ގެރެންޓީފަދަ ލިޔުންތައް)
ފަންނީގޮތުން އެކަން ކުރެވޭނެ ފެންވަރު
(ކުރިން ކޮށްފައިވާ މިބާވަތުގެ މަސައްކަތާއި އެމަސައްކަތް ކުރެވިފައިވާގޮތް) 10 ޕޮއިންޓް
ހުށަހަޅަންޖެހޭ ތަކެތި:
- ކުންފުންޏަކުން ނުވަތަ ޕާޓްނަރޝިޕަކުން ހުށަހަޅާނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއި އިމްޕޯޓް މުދާ ވިއްކުމުގެ ހުއްދައިގެ ކޮޕީ އަދި ޖީ.އެސް.ޓީ އަށް ރަޖިސްޓަރީކުރިކަމުގެ ލިޔުން.
- ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު).
- އަމިއްލަ ފަރާތެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ވިއްކުމަށް ހުށަހަޅާ، (މި އިޢުލާނުގައިވާ) ތަކެތީގެ ފުލް ސްޕެސިފިކޭޝަން (ބްރޯޝަރ/ފޮޓޯ)
- އިތުރު ސަޕޯޓިންގ ލިޔުމެއްވާނަމަ އެފަދަ ލިޔުމެއް.
05 ޛުލްޙިއްޖާ 1435