ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: GS41/2014/34
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 11:13
ސުންގަޑި: 08 އޮކްޓޫބަރު 2014 10:00
އިރުޝާދިއްޔާ ސްކޫލް
ދިވެހިރާއްޖެ
ސައުންޑް ސިސްޓަމެއް ހޯދުން

މި ސްކޫލަށް ތިރީގައި މިދަންނަވާ ތަކެތި ގަންނަން ބޭނުންވެގެން ކުރެވުނު ނަންބަރު 31/GS41/2014 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.  

ވީމާ، މިތަކެތި ހޯއްދަވައިދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ 10:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 12 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

4     Powered Speaker 1000W

1     Portable Sound System 500W

1     8-Channel Compact Mixer with Effects

3     Speaker Stand (Pair)

1     Pro Dynamic Vocal Microphone

4     Microphone Stand

2     DVD Player

350ft Pro Microphone Cable 6.5mm

6     XLR Male Connector Silver Contacts

6     XLR Female Connector Silver Contacts

އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:

  • ކަނޑައެޅިފައިވާ ސްޕެސިފިކޭޝަނަށް ވުރެ ދަށް ސްޕެސިފިކޭޝަނެއްގެ ހުށަހެޅުމަކަށް، އިވެލުއޭޓް ކުރާ މަރުޙަލާގައި ޕޮއިންޓެއް ނުދެވޭނެއެވެ.
  • އެގްރީމެންޓްގައިވާ މުއްދަތުގައި މި އިޢުލާނުގައިވާ ތަކެތި ގެނެސް ނުދެވިއްޖެނަމަ، ޖުމުލަ އަގުން ދުވާލަކު 0.75 އިންސައްތަ ޖުރިމަނާގެ ގޮތުގައި ކެނޑޭނެއެވެ. މިގޮތުން ކެނޑޭ މިންވަރު މަސައްކަތުގެ ޖުމުލަ އަގަށްވުރެ އިތުރުވެއްޖެނަމަ އެހާހިސާބުން ފެށިގެން މަސައްކަތް ޙަވާލުވާ ފަރާތް މަސައްކަތުން ވަކިވާނެއެވެ.
  • އަގު ހުށަހަޅުއްވާނީ ޖީ.އެސް.ޓީ ހިމަނައިގެންނެވެ.
  • ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.

ޕޮއިންޓް ދޭނެގޮތް:

     އަގަށް:                                               75 ޕޮއިންޓް

     މުއްދަތު:                                              10 ޕޮއިންޓް

     މާލީގޮތުން އެކަން ކުރެވޭނެ ފެންވަރު:                               05 ޕޮއިންޓް

     (ފައިނޭންޝިއަލް ޕޮޒިޝަން، ބޭންކް ގެރެންޓީފަދަ ލިޔުންތައް)

      ފަންނީގޮތުން އެކަން ކުރެވޭނެ ފެންވަރު

     (ކުރިން ކޮށްފައިވާ މިބާވަތުގެ މަސައްކަތާއި އެމަސައްކަތް ކުރެވިފައިވާގޮތް)           10 ޕޮއިންޓް

ހުށަހަޅަންޖެހޭ ތަކެތި:

  • ކުންފުންޏަކުން ނުވަތަ ޕާޓްނަރޝިޕަކުން ހުށަހަޅާނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއި އިމްޕޯޓް މުދާ ވިއްކުމުގެ ހުއްދައިގެ ކޮޕީ އަދި ޖީ.އެސް.ޓީ އަށް ރަޖިސްޓަރީކުރިކަމުގެ ލިޔުން.
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު).
  • އަމިއްލަ ފަރާތެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވިއްކުމަށް ހުށަހަޅާ، (މި އިޢުލާނުގައިވާ) ތަކެތީގެ ފުލް ސްޕެސިފިކޭޝަން (ބްރޯޝަރ/ފޮޓޯ)
  • އިތުރު ސަޕޯޓިންގ ލިޔުމެއްވާނަމަ އެފަދަ ލިޔުމެއް.

05 ޛުލްޙިއްޖާ 1435

29 ސެޕްޓެންބަރު 2014