މަޤާމް: |
އައިލެންޑް ކޯޑިނޭޓަރ |
ބޭނުންވާ ޢަދަދު: |
01 |
މަސައްކަތް ކުރަންޖެހޭ ތަން: |
- ގއ.ގެމަނަފުށި
- މީގެ އިތުރުން ވަޒީފާއާގުޅޭ މަސައްކަތް ކުރުމަށް އަތޮޅުގެ އެހެން ރައްރަށަށް ދިއުން.
|
ވަޒީފާގެ މުއްދަތު: |
6 މަސް (މަސައްކަތުގެ ފެންވަރާއި ހުނަރަށް ބެލުމަށްފަހު 6 މަހުން ކޮންޓްރެކްޓް އާކުރެވޭނެ). |
އަސާސީ މުސާރަ:
އެލަވަންސް:
|
- -/8076 ރުފިޔާ
- ހަމަޖެހިފައިވާ ޢުސޫލުން އެލަވަންސް ހަމަޖައްސައިދެވޭނެ
|
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- ދަނޑުތަކުގައި މަސައްކަތްތައް ކުރިއަށް ދާގޮތް މޮނިޓަރކުރުމާއި ކުންފުނިން ދީފައިވާ ޝެޑިއުލާއެއްގޮތަށް މަސައްކަތް ކުރިއަށް ދޭތޯ ބެލުން.
- ކުންފުނިން ކަނޑައަޅާފައިވާ ޤަވާއިދުތަކާއި ޢުސޫލުތަކާ އެއްގޮތަށް ދަނޑުވެރިން މަސައްކަތް ކުރާކަން ޔަޤީންކުރުމާއި ރިޕޯޓްކުރުން.
- ދަނޑުވެރިން އަތުން ގަންނަ، ތަރުކާރީއާއި މޭވާ އާ ހަވާލުވެ ކުންފުނިން އަންގާގޮތެއްގެ މަތިން ޢަމަލުކުރުން.
- ކުންފުނިން ދީފައިވާ އިރުޝާދާ އެއްގޮތަށް ތަރުކާރީއާއި މޭވާ ޙަވާލުކުރަން ހަމަޖެހިފައިވާ ތަންތަނަށް ފޮނުވުން.
- ދަނޑުވެރިންނަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމާއި ދަނޑުވެރިންގެ މަސައްކަތްތަކާގުޅޭ ސުވާލުތަކަށް ޖަވާބުދާރީވުން.
- ދަނޑުވެރިންނަށް ބޭނުންވާ ތަކެއްޗާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި ގުޅަންޖެހޭ ފަރާތްތަކާ ގުޅައި އެކަންކަން ހަމަޖައްސައިދިނުން.
- ދަނޑުވެރިން އަތުން ގަންނަ ތަރުކާރީ އަދި މޭވާގެ ރިކޯޑް ބެލެހެއްޓުމާއި ދަނޑުވެރިންނާ ޙަވާލުކުރެވޭ ތަކެތީގެ ރިކޯޑް ބެލެހެއްޓުން.
- ގުދަންކުރެވޭ ތަކެތީގެ އިންވެންޓްރީ ބެލެހެއްޓުން
- ކުންފުނިން ދޭ އިރުޝާދާއެއްގޮތައް ރިޕޯޓްތައްޔާރުކޮށް ފޮނުވުން.
- ކުންފުނީގެ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން
- ވިއްކާ ގަސްކާނާ އާއި ބޭސްފަދަ ތަކެތީގެ ފައިސާއާ ޙަވާލުވުމާއި، ކުންފުނީގެ ފައިނޭސް ޑިޕާޓްމަންޓުން އަންގާގޮތަކަށް އެފައިސާގެ ކަންތައްތައް ބެލެހެއްޓުން.
|
ޝަރުތު: |
- ޖީ.ސީ.އީ/ އައި.ޖީ.ސީ.އެސް ފާހެއް އޮތުން ނުވަތަ
- ދަނޑުވެރިކަމުގެ 5 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.
|
އިސްކަންދެވޭނެ އިތުރު ކަންތައްތައް: |
- ދަނޑުވެރިކަމުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.
- ރަށުގައި ގާއިމްވެ ދިރިއުޅޭ މީހަކަށްވުން.
- ގިނައިރު މަސައްކަތުގައި އުޅެވޭނެ އަދި ތަކެތި އުފުލާ އުޅެވޭފަދަ ޞިއްހަތެއްގައި ހުރި މީހަކަށްވުން.
- އިނގިރޭސި ބަހުން ވާހަކަ ދެއްކުމާއި ރިޕޯޓްތައްޔާރު ކުރަން އެނގުން.
- ކޮންޕިއުޓަރު ރަނގަޅަށް ބޭނުން ކުރަން އެނގުން.
- އެކަނި އަދި މީހުންނާއެކީ މަސައްކަތް ކުރުމުގެ ހުނަރު ހުރުމާއި ކަނޑައެޅިފައިވާވަގުތަށް، މަސައްކަތް ނިންމުމުގެ ޤާބިލުކަންހުރުން.
- މީހުންނާ މުޢާމަލާތު ކުރުމުގެ ހުނަރުހުރުން.
|
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި: |
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ އައި.ޑީ.ކާޑް ކޮޕީ
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި)
- ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، އެފަރާތުގެ ލިޔުން
|