ވަޒީފާގެ ފުރުޞަތު
ނަންބަރު: AGRO/HR/2022/05
ޕަބްލިޝްކުރި ތާރީޚް: 29 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 12:04
ސުންގަޑި: 05 ޖުލައި 2022 00:00
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އައިލެންޑް ކޯޑިނޭޓަރ

މަޤާމް: އައިލެންޑް ކޯޑިނޭޓަރ
ބޭނުންވާ ޢަދަދު: 01
މަސައްކަތް ކުރަންޖެހޭ ތަން:
  • ގއ.ގެމަނަފުށި
  • މީގެ އިތުރުން ވަޒީފާއާގުޅޭ މަސައްކަތް ކުރުމަށް އަތޮޅުގެ އެހެން ރައްރަށަށް ދިއުން.
ވަޒީފާގެ މުއްދަތު:  6 މަސް (މަސައްކަތުގެ ފެންވަރާއި ހުނަރަށް ބެލުމަށްފަހު 6 މަހުން ކޮންޓްރެކްޓް އާކުރެވޭނެ).

އަސާސީ މުސާރަ:

އެލަވަންސް:

  • -/8076 ރުފިޔާ
  • ހަމަޖެހިފައިވާ ޢުސޫލުން އެލަވަންސް ހަމަޖައްސައިދެވޭނެ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ދަނޑުތަކުގައި މަސައްކަތްތައް ކުރިއަށް ދާގޮތް މޮނިޓަރކުރުމާއި ކުންފުނިން ދީފައިވާ ޝެޑިއުލާއެއްގޮތަށް މަސައްކަތް ކުރިއަށް ދޭތޯ ބެލުން.
  • ކުންފުނިން ކަނޑައަޅާފައިވާ ޤަވާއިދުތަކާއި ޢުސޫލުތަކާ އެއްގޮތަށް ދަނޑުވެރިން މަސައްކަތް ކުރާކަން ޔަޤީންކުރުމާއި ރިޕޯޓްކުރުން.
  • ދަނޑުވެރިން އަތުން ގަންނަ، ތަރުކާރީއާއި މޭވާ އާ ހަވާލުވެ ކުންފުނިން އަންގާގޮތެއްގެ މަތިން ޢަމަލުކުރުން.
  • ކުންފުނިން ދީފައިވާ އިރުޝާދާ އެއްގޮތަށް ތަރުކާރީއާއި މޭވާ ޙަވާލުކުރަން ހަމަޖެހިފައިވާ ތަންތަނަށް ފޮނުވުން.
  • ދަނޑުވެރިންނަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމާއި ދަނޑުވެރިންގެ މަސައްކަތްތަކާގުޅޭ ސުވާލުތަކަށް ޖަވާބުދާރީވުން.
  • ދަނޑުވެރިންނަށް ބޭނުންވާ ތަކެއްޗާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި ގުޅަންޖެހޭ ފަރާތްތަކާ ގުޅައި އެކަންކަން ހަމަޖައްސައިދިނުން.
  • ދަނޑުވެރިން އަތުން ގަންނަ ތަރުކާރީ އަދި މޭވާގެ ރިކޯޑް ބެލެހެއްޓުމާއި ދަނޑުވެރިންނާ ޙަވާލުކުރެވޭ ތަކެތީގެ ރިކޯޑް ބެލެހެއްޓުން.
  • ގުދަންކުރެވޭ ތަކެތީގެ އިންވެންޓްރީ ބެލެހެއްޓުން
  • ކުންފުނިން ދޭ އިރުޝާދާއެއްގޮތައް ރިޕޯޓްތައްޔާރުކޮށް ފޮނުވުން.
  • ކުންފުނީގެ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން
  • ވިއްކާ ގަސްކާނާ އާއި ބޭސްފަދަ ތަކެތީގެ ފައިސާއާ ޙަވާލުވުމާއި، ކުންފުނީގެ ފައިނޭސް ޑިޕާޓްމަންޓުން އަންގާގޮތަކަށް އެފައިސާގެ ކަންތައްތައް ބެލެހެއްޓުން.
 ޝަރުތު:
  • ޖީ.ސީ.އީ/ އައި.ޖީ.ސީ.އެސް ފާހެއް އޮތުން ނުވަތަ
  • ދަނޑުވެރިކަމުގެ 5 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.
އިސްކަންދެވޭނެ އިތުރު ކަންތައްތައް:
  • ދަނޑުވެރިކަމުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.
  • ރަށުގައި ގާއިމްވެ ދިރިއުޅޭ މީހަކަށްވުން.
  • ގިނައިރު މަސައްކަތުގައި އުޅެވޭނެ އަދި ތަކެތި އުފުލާ އުޅެވޭފަދަ ޞިއްހަތެއްގައި ހުރި މީހަކަށްވުން.
  • އިނގިރޭސި ބަހުން ވާހަކަ ދެއްކުމާއި ރިޕޯޓްތައްޔާރު ކުރަން އެނގުން.
  • ކޮންޕިއުޓަރު ރަނގަޅަށް ބޭނުން ކުރަން އެނގުން.
  • އެކަނި އަދި މީހުންނާއެކީ މަސައްކަތް ކުރުމުގެ ހުނަރު ހުރުމާއި ކަނޑައެޅިފައިވާވަގުތަށް، މަސައްކަތް ނިންމުމުގެ ޤާބިލުކަންހުރުން.
  • މީހުންނާ މުޢާމަލާތު ކުރުމުގެ ހުނަރުހުރުން.
 ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:
  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ އައި.ޑީ.ކާޑް ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި)
  • ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، އެފަރާތުގެ ލިޔުން

މަތީގައި ދެންނެވިފައިވާ މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 05 ޖުލައި 2022 ވާ އަންގާރަ ދުވަހުގެ 16:00ގެ ކުރިން  [email protected] ސިޓީ ފޮނުއްވުން އެދެމެވެ.

29 ޖޫން 2022