ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަގުތަކުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި، މަގުތައް ހިތްފަސޭހަ ތަނަކަށް ހެދުމަށް
އިޢުލާން
ތާރީޚް: 28 ޖޫން 2022 |
ނަންބަރު: (IUL)328-AI/328/2022/27 |
މަގުތަކުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި، މަގުތަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް |
މަގުތަކުގެ ސާފުތާހިރުކަމާއި، މަގުތަށް ބޭނުންކުރާ މީހުންނާއި އުޅަނދަށް ކުރެންދޫގެ މަގުތަކަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ތިރީގައި މިދަންނާވާ ކަންކަން 07 ޖުލައި 2022 ގެ ކުރިން ހައްލުކޮށްދިނުމަށް ދެންނެވީމެވެ.
- ގޭގެ އިމުން ބޭރުގައި މަގުމަތީގައި ބެހެއްޓިފައިވާ އެކިކަހަލަ މުދަލާއި ތަކެތި ނެގުން.
- ގޭގެ އިންފާރުން ފެށިގެން މަގުގެ ދެބައިކުޅަ އެއްބަޔަށް މަގު ކުނިކެހުމާއި ވިނަ ނޮޅުން.
- މަގުން ފެންހިންދުމަށް މަގަށް ކީސް ކުނޑި އާއި ގައުކުނޑި ނޭޅުން.
- މަގުގައި ގޮންޑޮޅިވާ ގޮތައް ހަދާފައިވާ ތަންތަނާއި ބަންޕަރުތައް ނަގާ މަގުއެއްވަރުކުރުން.
- ގޭތެރޭގައި ހައްދާފައިވާ ގަސްގަހާގެހިން މަގުމައްޗަށް ނިކުމެފައިވާ އޮފިތައް 12 ފޫޓަށް ވުރެ ތިރިނަމަ ކޮށުން އަދި ޖެހިގެން ހުރި ގޭގެ އިމަށް އޮފިތައް ދާނަމަވެސް ކޮށުން.
- ގާޑިޔާ އާއި ގަރާޖު ލިޔުން ދޫކޮށްފައިވާ ވެހިކަލްތައް މަގުގައި ޕާރކްނުކުރުން.
- މަގުމަތީގައި ތަކެތި ބަހައްޓައިގެން އެއްވެސް މަސައްކަތެއްކުރާނަމަ ހުއްދަ ހޯދުން އަދި އިރުއޮއްސި 06:00 ގެ ފަހުން މަސައްކަތައްބޭނުންކުރި ސާމާނު މަގުން ނަގައި ހުސްކުރުން.
- މަސައްކަތަކާއި ގުޅިގެން މަގުމަތީ ތަކެތި ބަހައްޓަން ޖެހިއްޖެނަމަ އިދާރާއިން ލިޔުމުން ހުއްދަހޯދުން.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
28 ޖޫން 2022
ހޯދާ