ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)328-AI-328/2022/27
ޕަބްލިޝްކުރި ތާރީޚް: 28 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 18:28
ސުންގަޑި: 07 ޖުލައި 2022 00:00
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތަކުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި، މަގުތައް ހިތްފަސޭހަ ތަނަކަށް ހެދުމަށް

އިޢުލާން

ތާރީޚް: 28 ޖޫން 2022

ނަންބަރު: (IUL)328-AI/328/2022/27

މަގުތަކުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި، މަގުތަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް

 

 

      މަގުތަކުގެ ސާފުތާހިރުކަމާއި، މަގުތަށް ބޭނުންކުރާ މީހުންނާއި އުޅަނދަށް ކުރެންދޫގެ މަގުތަކަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ތިރީގައި މިދަންނާވާ ކަންކަން 07 ޖުލައި 2022 ގެ ކުރިން ހައްލުކޮށްދިނުމަށް ދެންނެވީމެވެ.

 

  • ގޭގެ އިމުން ބޭރުގައި މަގުމަތީގައި ބެހެއްޓިފައިވާ އެކިކަހަލަ މުދަލާއި ތަކެތި ނެގުން.
  • ގޭގެ އިންފާރުން ފެށިގެން މަގުގެ ދެބައިކުޅަ އެއްބަޔަށް މަގު ކުނިކެހުމާއި ވިނަ ނޮޅުން.
  • މަގުން ފެންހިންދުމަށް މަގަށް ކީސް ކުނޑި އާއި ގައުކުނޑި ނޭޅުން.
  • މަގުގައި ގޮންޑޮޅިވާ ގޮތައް ހަދާފައިވާ ތަންތަނާއި ބަންޕަރުތައް ނަގާ މަގުއެއްވަރުކުރުން.
  • ގޭތެރޭގައި ހައްދާފައިވާ ގަސްގަހާގެހިން މަގުމައްޗަށް ނިކުމެފައިވާ އޮފިތައް 12 ފޫޓަށް ވުރެ ތިރިނަމަ ކޮށުން އަދި ޖެހިގެން ހުރި ގޭގެ އިމަށް އޮފިތައް ދާނަމަވެސް ކޮށުން.
  • ގާޑިޔާ އާއި ގަރާޖު ލިޔުން ދޫކޮށްފައިވާ ވެހިކަލްތައް މަގުގައި ޕާރކްނުކުރުން.  
  • މަގުމަތީގައި ތަކެތި ބަހައްޓައިގެން އެއްވެސް މަސައްކަތެއްކުރާނަމަ ހުއްދަ ހޯދުން އަދި އިރުއޮއްސި 06:00 ގެ ފަހުން މަސައްކަތައްބޭނުންކުރި ސާމާނު މަގުން ނަގައި ހުސްކުރުން.
  • މަސައްކަތަކާއި ގުޅިގެން މަގުމަތީ ތަކެތި ބަހައްޓަން ޖެހިއްޖެނަމަ އިދާރާއިން ލިޔުމުން ހުއްދަހޯދުން.

   

       ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ޖޫން 2022