ދިވެހިރާއްޖެ
އިޢުލާން
އެދުރުވެހި 1 ނަންބަރު ފިހާރަ ކުއްޔަށް ހިފުމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްދިނުން:
ތަޢުލީމީ ފަންޑު / މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނަންބަރު 22-TF/112014/196 (21 ސެޕްޓެންބަރު 2014) އިޢުލާނުން ބިޑް ހުށަހެޅުމަށް ދަންނަވާލެވިފައިވާ ތާރީޚު ތިރީގައި މިދަންނަވާގޮތަށް ބަދަލު ގެނެސްފީމެވެ.
ވިލިނގިލި އެދުރުވެހި 1 ނަންބަރު ފިހާރަ ( ދެކުނު) (އަކަފޫޓް 1377) ކުއްޔަށް ދޫކުރެވޭ މުއްދަތު (5 އަހަރު)
ކުއްޔަށް ހިފުމަށް ބޭނުންފުޅުވާ ފަރާތްތަކުން "ޢިމާރާތް ކުއްޔަށް ހިފުމަށް އެދޭ ފޯމު" ފުރިހަމަ ކުރެއްވުމަށް ފަހު 30 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހު 11:00 އަށް ތަޢުލީމީ ފަންޑުގެ އިދާރަ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން އެދުރުހިޔާ 1 ވަނަ ފަންގިފިލާއަށް ވަޑައިގެން ފޯމު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް ބޭނުން ފުޅުވާ ފޯމު އެދުރުހިޔާ 1 ވަނަ ފަންގިފިލާގައިވާ މި އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.
ކުއްޔަށް ހިފުމަށް އެދޭ ފޯމު ހުށައަޅުއްވާ އިރު ފިހާރައަށް ބިޑް ސެކިއުރިޓީ ޑިޕޮޒިޓް ގެ ގޮތުގައި -/30,000 (ތިރީސް ހާސް) ރުފިޔާ މިމިނިސްޓްރީގައި ބަހައްޓަވަން ވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ 30 ދުވަހެވެ.
ކަމާބެހޭ މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341193، 3341192 ނަމްބަރ ފޯނާއެވެ.
27 ޛުލްޤަޢިދާ 1435