ކުއްޔަށް ދިނުން
ނަންބަރު: (IUL)22-TF/1/2014/ 202
ޕަބްލިޝްކުރި ތާރީޚް: 21 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 09:45
ސުންގަޑި: 30 ސެޕްޓެންބަރު 2014 11:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެދުރުވެހި 1 ނަންބަރު ފިހާރަ ކުއްޔަށް ހިފުމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްދިނުން

އިޢުލާން

އެދުރުވެހި 1 ނަންބަރު ފިހާރަ ކުއްޔަށް ހިފުމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްދިނުން:

ތަޢުލީމީ ފަންޑު / މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނަންބަރު 22-TF/112014/196 (21 ސެޕްޓެންބަރު 2014) އިޢުލާނުން ބިޑް ހުށަހެޅުމަށް ދަންނަވާލެވިފައިވާ ތާރީޚު ތިރީގައި މިދަންނަވާގޮތަށް ބަދަލު ގެނެސްފީމެވެ.

ވިލިނގިލި އެދުރުވެހި 1 ނަންބަރު ފިހާރަ ( ދެކުނު)  (އަކަފޫޓް 1377) ކުއްޔަށް ދޫކުރެވޭ މުއްދަތު (5 އަހަރު)

ކުއްޔަށް ހިފުމަށް ބޭނުންފުޅުވާ ފަރާތްތަކުން "ޢިމާރާތް ކުއްޔަށް ހިފުމަށް އެދޭ ފޯމު" ފުރިހަމަ ކުރެއްވުމަށް ފަހު 30 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހު 11:00 އަށް ތަޢުލީމީ ފަންޑުގެ އިދާރަ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން އެދުރުހިޔާ 1 ވަނަ ފަންގިފިލާއަށް ވަޑައިގެން ފޯމު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް ބޭނުން ފުޅުވާ ފޯމު އެދުރުހިޔާ 1 ވަނަ ފަންގިފިލާގައިވާ މި އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.

ކުއްޔަށް ހިފުމަށް އެދޭ ފޯމު ހުށައަޅުއްވާ އިރު ފިހާރައަށް ބިޑް ސެކިއުރިޓީ ޑިޕޮޒިޓް ގެ ގޮތުގައި -/30,000  (ތިރީސް ހާސް) ރުފިޔާ މިމިނިސްޓްރީގައި ބަހައްޓަވަން ވާނެއެވެ.  ބިޑް ސެކިއުރިޓީގެ މުއްދަތަކީ 30 ދުވަހެވެ.

ކަމާބެހޭ މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341193، 3341192 ނަމްބަރ ފޯނާއެވެ.

27 ޛުލްޤަޢިދާ 1435 

21 ސެޕްޓެންބަރު 2014