ދިވެހިރާއްޖެ
މިއިދާރާއިންދޭ މަަޢުލޫމާތާ އެއްގޮތަށް މިރަށު ކުޑަކުދިންގެ ޕާކަށް ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި ގަތުމަށް ބޭނުންވެއެވެ.
ޢަދަދު |
ތަފްޞީލް |
3 |
ރޯލް އާޓިފިޝަލް ޓަރފް އައުޓްޑޯ 25mm (75 މީޓަރ) |
30 |
ކިލޯ ޓަރފް އެޑްހެސިވް |
8 |
ޕާކް ބެންޗް |
ވީމާ، ތަކެތި ސަޕްލައިކޮށްދެއްވުމަށްް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 04 ޖުލައި 2022 ހޯމަދުވަހުގެ 12:00 ގެކުރިން ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު: 6520047 ފޯނަށް ގުޅުއްވައިގެން ރަޖިސްޓްރީ ކުރެއްވުމަށްފަހު، މިއިދާރާގެ [email protected] އަށް ވިޔަފާރި ރަޖިސްޓްރީ މެއިލްކުރެއްވުމުން މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 07 ޖުލައި 2022 ވާ ބުރާސްފަތިދުވަހުގެ 13:00 އެވެ. އަންދާސީ ހިސާބު ބަންދުކޮށްފައިވާ ސިޓީއުރައެއްގައި މިއިދާރާއަށް ނުވަތަ އީމެއިލްގެ ޒަރީޢާއިން ހުށަހެޅުއްވިދާނެއެވެ.
މިކަމާބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ، ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު: 6520047 ނަންބަރު ފޯނާ ގުޅުއްވުމުން ސާފުކޮށްދެވޭނެއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.