ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)261/261/2022/16
ޕަބްލިޝްކުރި ތާރީޚް: 26 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 13:14
ސުންގަޑި: 04 ޖުލައި 2022 12:00
ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިރިމަރަދޫ ކުޑަކުދިންގެ ޕާކްގައި އެޅުމަށް ބޭނުންވާ އާޓިފިޝަލް ޓަރފް އަދި ޕާކް ބެންޗް ގަތުމާބެހޭ

މިއިދާރާއިންދޭ މަަޢުލޫމާތާ އެއްގޮތަށް މިރަށު ކުޑަކުދިންގެ ޕާކަށް ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި ގަތުމަށް ބޭނުންވެއެވެ.

ޢަދަދު

ތަފްޞީލް

3

ރޯލް އާޓިފިޝަލް ޓަރފް އައުޓްޑޯ 25mm (75 މީޓަރ)

30

ކިލޯ ޓަރފް އެޑްހެސިވް

8

ޕާކް ބެންޗް

ވީމާ، ތަކެތި ސަޕްލައިކޮށްދެއްވުމަށްް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 04 ޖުލައި 2022 ހޯމަދުވަހުގެ 12:00 ގެކުރިން ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު: 6520047 ފޯނަށް ގުޅުއްވައިގެން ރަޖިސްޓްރީ ކުރެއްވުމަށްފަހު، މިއިދާރާގެ [email protected]  އަށް ވިޔަފާރި ރަޖިސްޓްރީ މެއިލްކުރެއްވުމުން މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.

މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 07 ޖުލައި 2022 ވާ ބުރާސްފަތިދުވަހުގެ 13:00 އެވެ. އަންދާސީ ހިސާބު ބަންދުކޮށްފައިވާ ސިޓީއުރައެއްގައި މިއިދާރާއަށް ނުވަތަ އީމެއިލްގެ ޒަރީޢާއިން ހުށަހެޅުއްވިދާނެއެވެ.

މިކަމާބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ، ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު: 6520047 ނަންބަރު ފޯނާ ގުޅުއްވުމުން ސާފުކޮށްދެވޭނެއެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

26 ޖޫން 2022