ދިވެހިރާއްޖެ
ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.
މަޤާމު: |
އެސިސްޓެންޓް ޑިރެކްޓަރ |
ބޭނުންވާ އަދަދު: |
01 (އެކެއް) |
ކްލެސިފިކޭޝަން: |
އެސިސްޓެންޓް ޑިރެކްޓަރ |
މަސައްކަތް ކުރަންޖެހޭ ތަނާއި ސެކްޝަން: |
ފެމިލީކޯޓު / ޕްރޮކިއުމެންޓް ސެކްޝަން |
ރޭންކް: |
އެމް.އެސް 03 |
މުސާރަ: |
7035.00 ރުފިޔާ |
އެލަވަންސްތަކާއި ޢިނާޔަތްތައް: |
- ސަރވިސް އެލަވަންސް 2000.00 ރުފިޔާ، - ޖުޑީޝަލް އެލަވަންސް މުސާރައިގެ %40، - އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
އަސާސީ ޝަރުޠު: |
- މަޤާމުގެ ހުނަރު / ޤާބިލުކަން އިންޓަވިއު ގައި ސާބިތުކޮށްދިނުމާއެކު، އެކައުންޓިންގ، ފައިނޭންސް، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީ އިން ބެޗްލާރސް ޑިގްރީއެއް ހާސިލު ކޮށްފައިވުން، ނުވަތަ - މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިއުމާއެކު، އެމް.އެސް 2 ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: |
- ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކޯޓަށް ބޭނުންވާ ހުރިހާ ބާވަތެއްގެ މުދަލާއި ތަކެތި ހޯދުމުގެ މަސައްކަތް އިންތިޒާމްކޮށް ބެލެހެއްޓުން. - ޕްރޮކިއުމަންޓް އެންޑް މެއިންޓެނަންސް ސެކްޝަނުގެ ކަންކަން ހިންގައި ބެލެހެއްޓުން. - ސަޕޯޓް ސްޓާފުންގެ މަސައްކަތް ރާވައި ސުޕަވައިޒްކުރުން. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނޭ ކަންތައްތައް: |
- ދައުލަތުގެ މާލިއްޔަތު ޤާނޫނާއި، ގަވާއިދާއި، ޕްރޮކިއުމަންޓުގެ އުޞޫލުތަކަށް އަހުލުވެރި ވެފައިވާ މީހަކަށްވުން. - އެސް،އޭ،ޕީގެ އެމް،އެމް، މޮޑިއުލް ބޭނުންކުރަން އެނގޭ މީހެއްކަމުގައިވުން. - އިންފޮމޭޝަން ޓެކްނޮލޮޖީއަށް އަހުލުވެރިވެ އެކަމުގެ ތަޖުރިބާ ލިބިފައިވާ މީހަކަށްވުން. - ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން. - އެހެން މީހުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން. - ދިވެހި އަދި އިނގިރޭސީ ބަހުން މުޢާމަލާތު ކުރުމުގެ ހުނަރު. - އެޓިޓިއުޑު، ޓީމް ވޯކް އަދި އިސްނެގުން. |
ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި: |
- ވަޒީފާއަށް އެދޭ ފޯމު (މި ކޯޓުގެ ރިސެޕްޝަނުންނާއި މިކޯޓުގެ ވެބްސައިޓް www.familycourt.gov.mv އިން ލިބެން ހުންނާނެއެވެ.) - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި ފުރިހަމަކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި، ފުރިހަމަ ކޮށްފައިވާ ތަމްރީނު އަންގައިދޭ ލިޔުންތަކުގެ ކޮޕީއާއި، އައި.ޑީ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ. - މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރާ ސެޓުފިކެޓެއް ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅާނަމަ، ހުށަހަޅާނީ އެކްރެޑިޓްކޮށް ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީއެވެ. (މިފަދަ ލިޔުންތަކުގެ އެކަޑަމިކް ޓްރާންސްކްރިޕްޓުތަކުގެ ކޮޕީވެސް ހުށަހަޅަންވާނެއެވެ). - މަސައްކަތުގެ ތަޖުރިބާ (ވަޒީފާ އަދާކޮށްފައިވާ މުއްދަތާއި ވަޒީފާގެ ރޭންކް އަދި ކޮށްފައިވާ މަސައްކަތުގެ ތަފްސީލު) ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުން. - ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. - ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭނގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. މިގޮތުން އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ. |
ސުންގަޑި: |
09 އޮކްޓޫބަރު 2014 ގެ 14:30 ކުރިން. |
އިތުރު މަޢުލޫމާތު: |
- މި ދާއިރާގެ ތަޖުރިބާ ހުރި މީހުންނަށް އިސްކަންދެވޭނެއެވެ. - މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވޭނީ ފެމިލީ ކޯޓުން ކަނޑައަޅާ އިންޓަވިއު ޕެނަލްގައި މި މަޤާމުގެ ވާޖިބުތައް އަދާކޮށް ދެވޭނެކަން ސާބިތުކޮށް ދިނުމުންނެވެ. - މި މަޤާމަށްއެދި ހުށަހަޅާ ފޯމުތަކުގެ ތެރެއިން މި މަޤާމުގެ ޝަރުޠު ފުރިހަމަ ނުވާކަމަށް މި ކޯޓުގެ އެޗް.އާރު ކޮމިޓީއަށް ފެންނަ ފޯމުތައް ކެންސަލް ކުރެވޭނެއެވެ. - ނޯޓް: މި ވަޒީފާ އަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 20 ކެންޑިޑޭޓުންނަށްވުރެ ގިނަވެއްޖެނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އިންޓަވިއު ޕެނަލްއިން ކަނޑައަޅާ އަދަދަކަށް އިންޓަވިއު ކުރާނެ ފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ. |