ވަޒީފާގެ ފުރުޞަތު
ނަންބަރު: 146-A1/2014/163
ޕަބްލިޝްކުރި ތާރީޚް: 22 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 16:15
ސުންގަޑި: 09 އޮކްޓޫބަރު 2014 14:30
ފެމިލީ ކޯޓް
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު:

އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު:

01 (އެކެއް)

ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

މަސައްކަތް ކުރަންޖެހޭ ތަނާއި ސެކްޝަން:

ފެމިލީކޯޓު / ޕްރޮކިއުމެންޓް ސެކްޝަން

ރޭންކް:

އެމް.އެސް 03

މުސާރަ:

7035.00 ރުފިޔާ

އެލަވަންސްތަކާއި ޢިނާޔަތްތައް:

- ސަރވިސް އެލަވަންސް 2000.00 ރުފިޔާ،

- ޖުޑީޝަލް އެލަވަންސް މުސާރައިގެ %40،

- އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އަސާސީ ޝަރުޠު:

- މަޤާމުގެ ހުނަރު / ޤާބިލުކަން އިންޓަވިއު ގައި ސާބިތުކޮށްދިނުމާއެކު، އެކައުންޓިންގ، ފައިނޭންސް، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީ އިން ބެޗްލާރސް ޑިގްރީއެއް ހާސިލު ކޮށްފައިވުން، ނުވަތަ

- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިއުމާއެކު، އެމް.އެސް 2 ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކޯޓަށް ބޭނުންވާ ހުރިހާ ބާވަތެއްގެ މުދަލާއި ތަކެތި ހޯދުމުގެ މަސައްކަތް އިންތިޒާމްކޮށް ބެލެހެއްޓުން.

- ޕްރޮކިއުމަންޓް އެންޑް މެއިންޓެނަންސް ސެކްޝަނުގެ ކަންކަން ހިންގައި ބެލެހެއްޓުން.

- ސަޕޯޓް ސްޓާފުންގެ މަސައްކަތް ރާވައި ސުޕަވައިޒްކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނޭ ކަންތައްތައް:

- ދައުލަތުގެ މާލިއްޔަތު ޤާނޫނާއި، ގަވާއިދާއި، ޕްރޮކިއުމަންޓުގެ އުޞޫލުތަކަށް އަހުލުވެރި ވެފައިވާ މީހަކަށްވުން.

- އެސް،އޭ،ޕީގެ އެމް،އެމް، މޮޑިއުލް ބޭނުންކުރަން އެނގޭ މީހެއްކަމުގައިވުން.

- އިންފޮމޭޝަން ޓެކްނޮލޮޖީއަށް އަހުލުވެރިވެ އެކަމުގެ ތަޖުރިބާ ލިބިފައިވާ މީހަކަށްވުން.

- ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

- އެހެން މީހުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން.

- ދިވެހި އަދި އިނގިރޭސީ ބަހުން މުޢާމަލާތު ކުރުމުގެ ހުނަރު.

- އެޓިޓިއުޑު، ޓީމް ވޯކް އަދި އިސްނެގުން.

ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

- ވަޒީފާއަށް އެދޭ ފޯމު (މި ކޯޓުގެ ރިސެޕްޝަނުންނާއި މިކޯޓުގެ ވެބްސައިޓް www.familycourt.gov.mv އިން ލިބެން ހުންނާނެއެވެ.)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި ފުރިހަމަކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި، ފުރިހަމަ ކޮށްފައިވާ ތަމްރީނު އަންގައިދޭ ލިޔުންތަކުގެ ކޮޕީއާއި، އައި.ޑީ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރާ ސެޓުފިކެޓެއް ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅާނަމަ، ހުށަހަޅާނީ އެކްރެޑިޓްކޮށް ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީއެވެ. (މިފަދަ ލިޔުންތަކުގެ އެކަޑަމިކް ޓްރާންސްކްރިޕްޓުތަކުގެ ކޮޕީވެސް ހުށަހަޅަންވާނެއެވެ).

- މަސައްކަތުގެ ތަޖުރިބާ (ވަޒީފާ އަދާކޮށްފައިވާ މުއްދަތާއި ވަޒީފާގެ ރޭންކް އަދި ކޮށްފައިވާ މަސައްކަތުގެ ތަފްސީލު) ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުން.

- ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

- ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭނގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. މިގޮތުން އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ.

ސުންގަޑި:

09 އޮކްޓޫބަރު 2014 ގެ 14:30 ކުރިން.

އިތުރު މަޢުލޫމާތު:

- މި ދާއިރާގެ ތަޖުރިބާ ހުރި މީހުންނަށް އިސްކަންދެވޭނެއެވެ.

- މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވޭނީ ފެމިލީ ކޯޓުން ކަނޑައަޅާ އިންޓަވިއު ޕެނަލްގައި މި މަޤާމުގެ ވާޖިބުތައް އަދާކޮށް ދެވޭނެކަން ސާބިތުކޮށް ދިނުމުންނެވެ.

- މި މަޤާމަށްއެދި ހުށަހަޅާ ފޯމުތަކުގެ ތެރެއިން މި މަޤާމުގެ ޝަރުޠު ފުރިހަމަ ނުވާކަމަށް މި ކޯޓުގެ އެޗް.އާރު ކޮމިޓީއަށް ފެންނަ ފޯމުތައް ކެންސަލް ކުރެވޭނެއެވެ.

- ނޯޓް: މި ވަޒީފާ އަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 20 ކެންޑިޑޭޓުންނަށްވުރެ ގިނަވެއްޖެނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އިންޓަވިއު ޕެނަލްއިން ކަނޑައަޅާ އަދަދަކަށް އިންޓަވިއު ކުރާނެ ފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.

 

22 ސެޕްޓެންބަރު 2014