ދިވެހިރާއްޖެ
މި އިޢުލާންވަނީ 04 ޖުލައި 2022 09:10 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާން
ބިން ކުއްޔަށްދިނުމާއިގުޅޭ:
މިކައުންސިލްގެ 03 ނަންބަރު ބިން މަސްކެއްކުމާއި މަސްވެރިކަމާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް ކުއްޔަށް ދިނުމަށްވަނީ ނިންމާފައެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ޖޫން 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން ގެޒެޓްކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ ރަޖިސްޓްރޭޝަން ފޯމް މިއިދާރާގެ ކައުންޓަރުން ނަންގަވާ ފުރިހަމަކުރުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. މިބިން ކުއްޔަށް ދޫކުރެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ 2014/19) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
|
ތާރީޙް |
ދުވަސް |
ވަގުތު |
މަޢުލޫމާތު ސާފުކުރުން |
03 ޖުލައި 2022 |
އާދިއްތަ |
11:00 |
އަންދާސީ ހިސާބު ހުށަހެޅުން |
17 ޖުލައި 2022 |
އާދިއްތަ |
11:00 |
ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް
1.އަގަށް %80
2.ތަޖުރިބާއަށް %20
މައުލޫމާތު ސާފުކުރުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަންނަވާނެ ވާހަކަ ދެންނެވީމެވެ.