ކުއްޔަށް ދިނުން
ނަންބަރު: (IUL)365-ESMS/2022/35
ޕަބްލިޝްކުރި ތާރީޚް: 21 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 12:11
ސުންގަޑި: 30 ޖޫން 2022 14:00
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިން ކުއްޔަށް ދިނުން

މި އިޢުލާންވަނީ 04 ޖުލައި 2022 09:10 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

ބިން ކުއްޔަށްދިނުމާއިގުޅޭ:

 

މިކައުންސިލްގެ 03 ނަންބަރު ބިން މަސްކެއްކުމާއި މަސްވެރިކަމާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް ކުއްޔަށް ދިނުމަށްވަނީ ނިންމާފައެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ޖޫން 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން ގެޒެޓްކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ ރަޖިސްޓްރޭޝަން ފޯމް މިއިދާރާގެ ކައުންޓަރުން ނަންގަވާ ފުރިހަމަކުރުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. މިބިން ކުއްޔަށް ދޫކުރެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ 2014/19) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

 

ތާރީޙް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

03 ޖުލައި 2022

އާދިއްތަ

11:00

އަންދާސީ ހިސާބު ހުށަހެޅުން

17 ޖުލައި 2022

އާދިއްތަ

11:00

 

ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް

1.އަގަށް %80

2.ތަޖުރިބާއަށް %20

މައުލޫމާތު ސާފުކުރުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަންނަވާނެ ވާހަކަ ދެންނެވީމެވެ.

21 ޖޫން 2022