ދިވެހިރާއްޖެ
`
މުލަކު ސްކޫލް
މ.މުލައް
ދިވެހިރާއްޖެ ނަންބަރު:GS166/IUL/2022/007
އިޢުލާން
2023-2022 ވަނަ އަހަރުގެ ދިރާސީ އަހަރަށް، މިސްކޫލްގެ އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1އަށް ކުދިން ވެއްދުމުގެ ފުރުޞަތު ތިރީގައި ދެންނެވިފައިވާ އުސޫލާއި އެއްގޮތަށް، 2022 ޖޫން 19 ވަނަ ދުވަހުން ފެށިގެން ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.
ގްރޭޑް |
އުމުރުފުރާ |
އެލް.ކޭ.ޖީ |
2022 ވަނަ އަހަރުގެ ޖުލައި 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ދަރިވަރުން |
ޔޫ.ކޭ.ޖީ |
އެލް.ކޭ.ޖީ ފުރިހަމަކޮށް، 2022 ވަނަ އަހަރުގެ ޖުލައި 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރޭ ދަރިވަރުން |
ގްރޭޑް 1 |
2 އަހަރުގެ ޕްރީސްކޫލް ޕްރޮގްރާމް ފުރިހަމަކޮށް، 2022 ޖުލައި 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރޭ ދަރިވަރުން |
ވީމާ މަތީގައި ދެންނެވިފައިވާ އުމުރުފުރާތަކަށް ފެތޭކުދިންގެ ތެރެއިން 2023-2022 ވަނަ އަހަރުގެ ދިރާސީ އަހަރަށް، މިސްކޫލްގެ އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1އަށް ވައްދަން ބޭނުންވާ ދަރިވަރުންގެ އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށް ދެންނެވީމެވެ. މިގްރޭޑްތަކަށް ދަރިވަރުން ވެއްދުމަށް ފުރިހަމަ ކުރަންޖެހޭ އެޕްލިކޭޝަން ފޯމްގެ ލިންކު ތިރީގައި އެވަނީއެވެ.
https://docs.google.com/forms/d/e/1FAIpQLSdWata6y1gPouVzGnAhFvx6Wemsx4ByMqx0SQoccsLFjddkmg/viewform
ލިންކުގައިވާ އެޕްލިކޭޝަން ފޯމް ސްކޫލްގެ ވެބްސައިޓް www.mulakuschool.edu.mv އިންވެސް ފެންނަން ހުންނާނެއެވެ. އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 2022 ޖޫން 30 ވަނަ ދުވަހުގެ 14:00އެވެ. އެޕްލިކޭޝަން ފޯމާއެކު ތިރީގައި މިވާ ލިޔުންތައް އެއްކަރުދާސް ކުރެއްވުން އެދެމެވެ.
- ދަރިވަރުގެ އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީ
- ބެލެނިވެރިޔާގެ އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީ
- ދަރިވަރުގެ ވެކްސިން ކާޑުގެ ކޮޕީ (ވެކްސިން ދިން ތާރީޚް ހިމެނޭ ޞަފްޙާތައް ހިމެނޭގޮތަށް)
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7952903 ނުވަތަ 9527709 އާއި ގުޅުއްވުން އެދެމެވެ.
19 ޖޫން 2022