ޢާންމު މަޢުލޫމާތު
ނަންބަރު: GS166/IUL/2022/007
ޕަބްލިޝްކުރި ތާރީޚް: 19 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 14:22
ސުންގަޑި: 30 ޖޫން 2022 14:00
މުލަކު ސްކޫލް
ދިވެހިރާއްޖެ
2023-2022 ވަނަ އަހަރު ދަރިވަރުން ސްކޫލަށް ވެއްދުމާއި ގުޅޭ

`

 
   

 

 

މުލަކު ސްކޫލް

މ.މުލައް

ދިވެހިރާއްޖެ                                    ނަންބަރު:GS166/IUL/2022/007

އިޢުލާން

2023-2022 ވަނަ އަހަރުގެ ދިރާސީ އަހަރަށް، މިސްކޫލްގެ އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1އަށް ކުދިން ވެއްދުމުގެ ފުރުޞަތު ތިރީގައި ދެންނެވިފައިވާ އުސޫލާއި އެއްގޮތަށް، 2022 ޖޫން 19 ވަނަ ދުވަހުން ފެށިގެން ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.

 

ގްރޭޑް

އުމުރުފުރާ

އެލް.ކޭ.ޖީ

2022 ވަނަ އަހަރުގެ ޖުލައި 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ދަރިވަރުން

ޔޫ.ކޭ.ޖީ

އެލް.ކޭ.ޖީ ފުރިހަމަކޮށް، 2022 ވަނަ އަހަރުގެ ޖުލައި 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރޭ ދަރިވަރުން

ގްރޭޑް 1

2 އަހަރުގެ ޕްރީސްކޫލް ޕްރޮގްރާމް ފުރިހަމަކޮށް، 2022 ޖުލައި 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރޭ ދަރިވަރުން

 

ވީމާ މަތީގައި ދެންނެވިފައިވާ އުމުރުފުރާތަކަށް ފެތޭކުދިންގެ ތެރެއިން 2023-2022 ވަނަ އަހަރުގެ ދިރާސީ އަހަރަށް، މިސްކޫލްގެ އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1އަށް ވައްދަން ބޭނުންވާ ދަރިވަރުންގެ އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށް ދެންނެވީމެވެ. މިގްރޭޑްތަކަށް ދަރިވަރުން ވެއްދުމަށް ފުރިހަމަ ކުރަންޖެހޭ އެޕްލިކޭޝަން ފޯމްގެ ލިންކު ތިރީގައި އެވަނީއެވެ.

https://docs.google.com/forms/d/e/1FAIpQLSdWata6y1gPouVzGnAhFvx6Wemsx4ByMqx0SQoccsLFjddkmg/viewform

 

 

ލިންކުގައިވާ އެޕްލިކޭޝަން ފޯމް ސްކޫލްގެ ވެބްސައިޓް www.mulakuschool.edu.mv އިންވެސް ފެންނަން ހުންނާނެއެވެ. އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 2022 ޖޫން 30 ވަނަ ދުވަހުގެ 14:00އެވެ. އެޕްލިކޭޝަން ފޯމާއެކު ތިރީގައި މިވާ ލިޔުންތައް އެއްކަރުދާސް ކުރެއްވުން އެދެމެވެ.

  1. ދަރިވަރުގެ އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީ
  2. ބެލެނިވެރިޔާގެ އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީ
  3. ދަރިވަރުގެ ވެކްސިން ކާޑުގެ ކޮޕީ (ވެކްސިން ދިން ތާރީޚް ހިމެނޭ ޞަފްޙާތައް ހިމެނޭގޮތަށް)

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7952903 ނުވަތަ 9527709 އާއި ގުޅުއްވުން އެދެމެވެ.

19 ޖޫން 2022

19 ޖޫން 2022