ދިވެހިރާއްޖެ
އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި އިދާރާއަށް ރަށު ޕިކަޕެއް ގަނެދީ، ރޯޑްވާދިނަސް ހަދައި، ރަތަފަންދޫ ކައުންސިލްގެ ނަމުގައި ރަށު ޕިކަޕް ރަޖިސްޓްރީކޮށް، ކުރަންޖެހޭ އެންމެހައި މަސައްކަތް ނިންމުމަށްފަހު އަދި އެޕިކަޕް ގދ.ރަތަފަންދޫ ޖެޓީ އަށް ގެނެސް ބާލަދީ މި އިދާރާއާ ހަވާލުކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ގަންނަން ބޭނުންވާ ރަށު ޕިކަޕްގައި ހުންނަން ޖެހޭ ޝަރުތު:
1. 1.5ޓަނުގެ ޕިކަޕެއް ކަމުގައި ވުން.
2. 3 ފުރޮޅުލީ ޕިކަޕަކަށް ވާންޖެހޭނެއެވެ.
3. ކަރަންޓުން ޗާރޖުކުރާ ބެޓަރި ބޭނުންކުރާ ޕިކަޕަކަށް ވާންވާނެއެވެ. (އިތުރު ބެޓަރިއަކާއިއެކު)
4. ޕިކަޕް ކުރިޔަށް އަދި ފަހަތަށް ދުއްވެން ވާނެއެވެ.
5. ޑްރައިވަރު އިންނަ ގެގަނޑު ހުންނަންވާނީ ހިޔާކޮށްފައެވެ.
6. ދަބަރު ނުޖަހާ އިލެކްޓްރޮފޮރެޓިކް ކޯޓިންގ ލެވިފައިވާ ޕިކަޕަކަށް ވާންވާނެއެވެ.
ޕްރޮޕޯސަލް / ކޯޓޭޝަން / (ބިޑް) ގައި ހުންނަންޖެހޭ މަޢުލޫމާތު:
1- ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ނަން (ވިއްކާ ކޮމްޕެނީ/ފަރާތުގެ ނަމާއިއެޑްރެސް، ގުޅޭނެ ފޯން ނަންބަރ، އީމެއިލް އެޑްރެސް)
2- ރަށު ޕިކަޕްގެ ބްރޭންޑާއި އިންޖީން ބްރޭންޑް އަދި ސްޕެސިފިކޭޝަން.
3- ރަށު ޕިކަޕްގެ ކުލަ ފޮޓޯ ދެ އަރިމަތިންނާއި ކުރިމަތިން އަދި ފަހަތުން.
4- ރަށު ޕިކަޕް ވިއްކާނެ އަގު (މި އަގު ތަކުގެ ތެރޭގައި ހިމެނެނީ) :-
4.1- ރަށު ޕިކަޕް ވިއްކާ އަގު (ދިވެހި ރުފިޔާއިން)
4.2- ރަށު ޕިކަޕް ރަށަށް ގެންނައިރު ރޯޑްވާދިނަސް ހަދައި މި އިދާރާގެ ނަމުގައި ރަށު ޕިކަޕް ރަޖިސްޓްރީ ކޮށް ރަތަފަންދޫ ޖެޓީއަށް ގެނެސް ދެވޭނެ އަގު (ދިވެހި ރުފިޔާއިން)
5- ރަށު ޕިކަޕް ރަތަފަންދޫ ކައުންސިލްގެ އިދާރާއާއި ހަވާލުކުރާނެ މުއްދަތު.
6- ރަށު ޕިކަޕްގެ ވޮރެންޓީ ޕީރިއަޑުގެ މުއްދަތު.
7- މަސައްކަތުގެ ތަޖުރިބާ ބަޔާންކުރުން.
8- (ނޯޓް) މަސައްކަތުގެ ތަޖުރިބާ މިންކުރެވޭނީ އެކަން ކަށަވަރު ކޮށްދިނުމަށް ހުށަހަޅާ ލިޔެކިއުން ތަކުގެ ނިސްބަތުންނެވެ.
9- މި ދެންނެވި މަޢުލޫމާތު ހިމެނޭގޮތަށް ވިއްކާ ފަރާތުގެ އަމިއްލަ ފޯމެޓްގައި އަންދާސީ ހިސާބު ހުށަހެޅުއްވުން.
ބިޑް ރަޖިސްޓްރީކުރުން
ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ކުރެވިފައިވާ ގޫގުލް ފޯރމް https://forms.gle/QF13f2i4CsYMDtQ79 މިލިންކުން ފުރިހަމަކޮށް ސަބްމީޓް ކުރައްވާ މި ކައުންސިލްގައި ރަޖިސްޓްރީ ކުރަންވާނެއެވެ. މިބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީގެ އިތުރުން ޖީއެސްޓީ އަދި ( -/35،000 ތިރީސްފަސްހާސް ރުފިޔާ އަށްވުރެ ބޮޑުއަގެއް ހުށަހަޅާނަމަ) އެސް.އެމް.އީ ރަޖިސްޓަރ ކޮށްފައިވާ ފަރާތްތަކަށެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 23 ޖޫން 2022 ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށެވެ. މި މުއްދަތުގައި ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ޕްރީބިޑް ބައްދަލުވުން
މި ބީލަމާބެހޭ ހުރިހާ މަޢުލޫމާތެއް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާތީ، މަޢުލޫމާތު ދިނުމަށް އިތުރު ބައްދަލުވުމެއް ނޯންނާނެއެވެ.
ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން
ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީހާއި ވަގުތު، ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ހުށަހަޅާ ތާރީހުން ފެށިގެން މަދުވެގެން 30 ދުވަސް އޮންނަންވާނެއެވެ.
ބީލަން ހުށަހަޅާނީ 27 ޖޫން 2022 ވާ ހޯމަ ދުވަހުގެ 13:00އަށް ރަތަފަންދޫ ކައުންސިލްގެ އިދާރާއަށެވެ. ބީލަން ކެނޑުމަށް ހަމަޖެހިފައި ވަނީ 27 ޖޫން 2022 ވާ ހޯމަ ދުވަހުގެ 13:10ގައި، މިކަމަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތްތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައި ކައުންސިލް އިދާރާގައެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
އިތުރު މައުލޫމަތެއް ސާފުކުރަން ބޭނުން ފުޅުވާނަމަ ތިރީގައިވާ އީމެއިލްއަށް ނުވަތަ ފޯނު ނަމްބަރަށް ގުޅުއްވުން އެދެމެވެ.
އީމެއިލް: [email protected]
ފޯން : 6840016
ނޯޓް:
މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލް އިދާރާއަށް ލިބިގެންވެއެވެ. އަދި ބިޑް ޕްރޮސަސްގެ ކޮންމެ ވަގުތެއްގައި ވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި ކައުންސިލަށް ލިބިގެންވެއެވެ.
މާކްސްދެވޭ ކްރައިޓީރިއާ |
މާކްސް ދެވޭ ގޮތް |
ތަފްސީލް |
ފޯމިއުލާ |
އަގު |
75% |
|
(Benchmark Price / Submitted Price) x Allocated Percentage |
ތަކެތި ސަޕްލައިކޮށްދެވޭނެ މުއްދަތު |
15% |
|
(Submitted Delivery Period / Benchmark Delivery Period) x Allocated Percentage |
ތަޖުރިބާ |
5% |
|
(Submitted years of experience / Benchmark years) x Allocated Percentage |
ވޮރެންޓީ |
5% |
|
(Submitted warranty period / Benchmark warranty) x Allocated Percentage |