ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)420-AS/420/2022/36
ޕަބްލިޝްކުރި ތާރީޚް: 16 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 14:29
ސުންގަޑި: 27 ޖޫން 2022 13:00
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަތަފަންދޫ ކައުންސިލް އިދާރާއަށް ބޭނުންވާ ރަށުޕިކަޕް ގަނެ ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މި އިދާރާއަށް  ރަށު ޕިކަޕެއް ގަނެދީ، ރޯޑްވާދިނަސް ހަދައި، ރަތަފަންދޫ ކައުންސިލްގެ ނަމުގައި ރަށު ޕިކަޕް ރަޖިސްޓްރީކޮށް، ކުރަންޖެހޭ އެންމެހައި މަސައްކަތް ނިންމުމަށްފަހު އަދި އެޕިކަޕް ގދ.ރަތަފަންދޫ ޖެޓީ އަށް ގެނެސް ބާލަދީ މި އިދާރާއާ ހަވާލުކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ގަންނަން ބޭނުންވާ ރަށު ޕިކަޕްގައި ހުންނަން ޖެހޭ ޝަރުތު:

 1.  1.5ޓަނުގެ ޕިކަޕެއް ކަމުގައި ވުން.

2.  3 ފުރޮޅުލީ ޕިކަޕަކަށް ވާންޖެހޭނެއެވެ.

3. ކަރަންޓުން ޗާރޖުކުރާ ބެޓަރި ބޭނުންކުރާ ޕިކަޕަކަށް ވާންވާނެއެވެ. (އިތުރު ބެޓަރިއަކާއިއެކު)

4. ޕިކަޕް ކުރިޔަށް އަދި ފަހަތަށް ދުއްވެން ވާނެއެވެ.

5. ޑްރައިވަރު އިންނަ ގެގަނޑު ހުންނަންވާނީ ހިޔާކޮށްފައެވެ.

6. ދަބަރު ނުޖަހާ އިލެކްޓްރޮފޮރެޓިކް ކޯޓިންގ ލެވިފައިވާ ޕިކަޕަކަށް ވާންވާނެއެވެ.

 ޕްރޮޕޯސަލް / ކޯޓޭޝަން / (ބިޑް) ގައި ހުންނަންޖެހޭ މަޢުލޫމާތު:

1-   ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ނަން (ވިއްކާ ކޮމްޕެނީ/ފަރާތުގެ ނަމާއިއެޑްރެސް، ގުޅޭނެ ފޯން ނަންބަރ، އީމެއިލް އެޑްރެސް)

2-   ރަށު ޕިކަޕްގެ ބްރޭންޑާއި އިންޖީން ބްރޭންޑް އަދި ސްޕެސިފިކޭޝަން.

3-   ރަށު ޕިކަޕްގެ ކުލަ ފޮޓޯ ދެ އަރިމަތިންނާއި ކުރިމަތިން އަދި ފަހަތުން.

4-   ރަށު ޕިކަޕް ވިއްކާނެ އަގު (މި އަގު ތަކުގެ ތެރޭގައި ހިމެނެނީ) :-

 4.1- ރަށު ޕިކަޕް ވިއްކާ އަގު (ދިވެހި ރުފިޔާއިން)

4.2-  ރަށު ޕިކަޕް ރަށަށް ގެންނައިރު ރޯޑްވާދިނަސް ހަދައި މި އިދާރާގެ ނަމުގައި ރަށު ޕިކަޕް ރަޖިސްޓްރީ ކޮށް ރަތަފަންދޫ ޖެޓީއަށް ގެނެސް ދެވޭނެ އަގު (ދިވެހި ރުފިޔާއިން)

5- ރަށު ޕިކަޕް ރަތަފަންދޫ ކައުންސިލްގެ އިދާރާއާއި ހަވާލުކުރާނެ މުއްދަތު.

6- ރަށު ޕިކަޕްގެ ވޮރެންޓީ ޕީރިއަޑުގެ މުއްދަތު.

7- މަސައްކަތުގެ ތަޖުރިބާ ބަޔާންކުރުން.

8-  (ނޯޓް) މަސައްކަތުގެ ތަޖުރިބާ މިންކުރެވޭނީ އެކަން ކަށަވަރު ކޮށްދިނުމަށް ހުށަހަޅާ ލިޔެކިއުން ތަކުގެ ނިސްބަތުންނެވެ.

9- މި ދެންނެވި މަޢުލޫމާތު ހިމެނޭގޮތަށް ވިއްކާ ފަރާތުގެ އަމިއްލަ ފޯމެޓްގައި އަންދާސީ ހިސާބު ހުށަހެޅުއްވުން.

 ބިޑް ރަޖިސްޓްރީކުރުން

ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ކުރެވިފައިވާ ގޫގުލް ފޯރމް https://forms.gle/QF13f2i4CsYMDtQ79  މިލިންކުން ފުރިހަމަކޮށް ސަބްމީޓް ކުރައްވާ މި ކައުންސިލްގައި ރަޖިސްޓްރީ ކުރަންވާނެއެވެ.  މިބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީގެ އިތުރުން ޖީއެސްޓީ އަދި ( -/35،000 ތިރީސްފަސްހާސް ރުފިޔާ އަށްވުރެ ބޮޑުއަގެއް ހުށަހަޅާނަމަ) އެސް.އެމް.އީ ރަޖިސްޓަރ ކޮށްފައިވާ ފަރާތްތަކަށެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 23 ޖޫން 2022 ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށެވެ.  މި މުއްދަތުގައި ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

 ޕްރީބިޑް ބައްދަލުވުން

މި ބީލަމާބެހޭ ހުރިހާ މަޢުލޫމާތެއް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާތީ،  މަޢުލޫމާތު ދިނުމަށް އިތުރު ބައްދަލުވުމެއް ނޯންނާނެއެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

 ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީހާއި ވަގުތު، ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ހުށަހަޅާ ތާރީހުން ފެށިގެން މަދުވެގެން 30 ދުވަސް އޮންނަންވާނެއެވެ.

ބީލަން ހުށަހަޅާނީ 27 ޖޫން 2022 ވާ ހޯމަ ދުވަހުގެ 13:00އަށް ރަތަފަންދޫ ކައުންސިލްގެ އިދާރާއަށެވެ. ބީލަން ކެނޑުމަށް ހަމަޖެހިފައި ވަނީ 27 ޖޫން 2022 ވާ ހޯމަ ދުވަހުގެ 13:10ގައި، މިކަމަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތްތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައި ކައުންސިލް އިދާރާގައެވެ.

 އިތުރު މަޢުލޫމާތު ސާފުކުރުން

އިތުރު މައުލޫމަތެއް ސާފުކުރަން ބޭނުން ފުޅުވާނަމަ ތިރީގައިވާ އީމެއިލްއަށް ނުވަތަ ފޯނު ނަމްބަރަށް ގުޅުއްވުން އެދެމެވެ.

އީމެއިލް: [email protected]

ފޯން : 6840016

  ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލް އިދާރާއަށް ލިބިގެންވެއެވެ. އަދި ބިޑް ޕްރޮސަސްގެ ކޮންމެ ވަގުތެއްގައި ވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި ކައުންސިލަށް ލިބިގެންވެއެވެ.

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފްސީލް

ފޯމިއުލާ

އަގު

75%

  • ހިދުމަތުގެ އަގަށްދޭ މާކްސް
  • މާކްސްދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

ތަކެތި ސަޕްލައިކޮށްދެވޭނެ މުއްދަތު

15%

  • މި ބައިގަމާކްސްދެވޭނީ ތަކެތި ގަނެ ފޯރުކޮށްދެވޭނެ މުއްދަތަށް ބަލައި އެންމެ ކުޑައަގު ހުށަހަޅާ ތަރުތީބުންނެވެ.

(Submitted Delivery Period / Benchmark Delivery Period) x Allocated Percentage

ތަޖުރިބާ

5%

  • ވޭތުވެދިޔަ 3 (ތިނެއް) އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ އިދާރާއަށް ކޮށްދީފައިވާ މިފަދަ (ވެހިކަލް ސަޕްލައިކުރުމުގެ) ޕްރޮޖެކްޓްތައް ނިންމިކަމުގެ ލިޔުމަށްބަލައި، މިބީލަމުގައި މަސައްކަތާއި ގުޅުންހުރި ކޮންމެ ޕްރޮޖެކްޓަކަށް 1 ޕޮއިންޓް، 2 ލިޔުން ނުވަތަ އެއަށްވުރެ އިތުރަށް ލިޔުން ހުށަހަޅާ ފަރާތްތަކަށް މިބަޔަށް ފުލްކޮށް ޕޮއިންޓް ދެވޭނެއެވެ.
  • ޖޫރިމަނާވެފައިވާ ނުވަތަ ޕްރޮޖެކްޓް ނިންމުމުގައި ފަރުވާކުޑަކޮށްފައިވާ ލިޔުންތަކަށާއި، އަމިއްލަ ފަރާތްތަކަށް ކޮށްދީފައިވާ މަސައްކަތްތަކުގެ ލިޔުންތަކަށް ޕޮއިންޓެއް ނުދެވޭނެއެވެ.

(Submitted years of experience / Benchmark years) x Allocated Percentage

ވޮރެންޓީ

5%

  • ހުށަހަޅާ ފަރާތުގެ ލެޓަރހެޑް ގައި ވޮރެންޓީ ލެޓަރ ހުށައަޅަންވާނެއެވެ. މި ސިޓީގައި ވޮރެންޓީގެ ދަށުން ކަށަވަރުކޮށްދޭނެ ކަންތައްތައް ބަޔާން ކޮށްފައި އޮންނަންވާނެއެވެ. މަދުވެގެން 6 މަސްދުވަހުގެ ވޮރެންޓީ ދޭންވާނެއެވެ. 6 މަސްދުވަހަށް ވުރެން ކުރުނަމަ ޕޮއިންޓް ނުދެވޭނެއެވެ.
  • އެންމެ ދިގު ވޮރަންޓީ މުއްދަތެއް ހުށައަޅާފައިވާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް ދެވޭނެއެވެ.

(Submitted warranty period / Benchmark warranty) x Allocated Percentage

 

16 ޖޫން 2022