ދިވެހިރާއްޖެ
`
ޏ.އަތޮޅު ތަޢުލީމީ މަރުކަޒު
ފުވައްމުލައް / ދިވެހިރާއްޖެ
ނަންބަރ: (IUL)GS-13-AC/GS-13/2022/06
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި ސްކޫލްގެ 2 އިމާރާތް ގުޅޭ ތަނުގައި ކޮންކްރިކްޓް ޝީޓެއް އެޅުމާއި ކުލާސް ރޫމްގެ އެލުމިނިއަމް ދޮރުސެޓް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުން
މި މަރުކަޒުގެ 2 އިމާރާތް ގުޅޭ ތަނުގައި ކޮންކްރިކްޓް ޝީޓެއް އެޅުމާއި މަގަށްވާ ގޮތަށް ގޭޓް ހަރުކުރުން
ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަމްބަރު (IUL)GS-13-AC/GS-13/2022/05 އަށް ހުށަހަޅުއްވާފައިވާ އަންދާސީ ހިސާބުތައް ޝަރުތުހަމަނުވާކަމަށް ބިޑްކޮމެޓީންނިންމާފައިވާތީ , އެ އިޢުލާނު ބާޠިލުކޮށް އަލުން އެ ކަމަށް އިޢުލާނު ކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ،ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
- ޝާމިލް ވެށި ޕްރޮޖެކްޓް ދަށުން އަމިއްލަ ތަކެތީގައި މި ސްކޫލްގެ 2 އިމާރާތް ގުޅޭ ތަނުގައި ކޮންކްރިކްޓް ޝީޓެއް އެޅުމާއި 14 ކުލާސްރޫމުގެ އެލުމިނިއަމް ދޮރުސެޓް ބަދަލުކުރަން ބޭނުންވެއެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
- މިބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީވުމަށް މިއިދާރާއިން ދޫކުރާ "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަކުރެއްވުމައްފަހު މިއިދާރާއަށް ހުށައެޅުމުން ރަޖިސްޓްރީކޮށް ދެވޭނެއެވެ .ނޫނީ 16 ޖޫން 2022ގެ 13:00ގެ ކުރިންމި މަރުކަޒުގެ އޮފީހަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަކުރެއްވުމައްފަހު ތިރީގައިވާ އީމެއިލް އެޑްރެހަށް މެއިލް މެދުވެރިކޮށްވެސް ނަންނޯޓު ކުރެވޭނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 16 ޖޫން 2022 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 19 ޖޫން 2022 ވަނަ ދުވަހުގެ 11:00 ގައި މިމަރުކަޒުގެ އިދާރީ އޮފީހުގައެވެ.
- ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 26 ޖޫން 2022 ވަނަ ދުވަހުގެ 13:00 ގައި ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހުގައެވެ.
- މިމަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި -/5000ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
- މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ
ނޯޓް: މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ނަން ނޯޓް ކުރުމަށް ދެވިފައިވާ މުއްދަތުގައި ނަން ނޯޓް ކުރައްވާފައިވާ ފަރާތްތަކަށެވެ.
ޏ. އަތޮޅު ތަޢުލީމީ މަރުކަޒު
ފުވައްމުލައް / ދިވެހިރާއްޖެ
ފޯން: 7925002/ 9999802
އީ-މެއިލް: [email protected]
13 ޖޫން 2022