ބީލަން
ނަންބަރު: (IUL)GS-13-AC/GS-13/2022/06
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 11:45
ސުންގަޑި: 16 ޖޫން 2022 11:00
ޏ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މި ސްކޫލްގެ 2 އިމާރާތް ގުޅޭ ތަނުގައި ކޮންކްރިކްޓް ޝީޓެއް އެޅުމާއި ކުލާސް ރޫމްގެ އެލުމިނިއަމް ދޮރުސެޓް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުން

`

 

 

ޏ.އަތޮޅު ތަޢުލީމީ މަރުކަޒު                                  

   ފުވައްމުލައް  / ދިވެހިރާއްޖެ                                 

                                                                       

                                          ނަންބަރ: (IUL)GS-13-AC/GS-13/2022/06 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

 

މި ސްކޫލްގެ 2 އިމާރާތް ގުޅޭ ތަނުގައި ކޮންކްރިކްޓް ޝީޓެއް އެޅުމާއި ކުލާސް ރޫމްގެ އެލުމިނިއަމް ދޮރުސެޓް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުން

 

މި މަރުކަޒުގެ 2 އިމާރާތް ގުޅޭ ތަނުގައި ކޮންކްރިކްޓް ޝީޓެއް އެޅުމާއި މަގަށްވާ ގޮތަށް ގޭޓް ހަރުކުރުން

 ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަމްބަރު (IUL)GS-13-AC/GS-13/2022/05 އަށް ހުށަހަޅުއްވާފައިވާ އަންދާސީ ހިސާބުތައް ޝަރުތުހަމަނުވާކަމަށް ބިޑްކޮމެޓީންނިންމާފައިވާތީ , އެ އިޢުލާނު ބާޠިލުކޮށް އަލުން އެ ކަމަށް އިޢުލާނު ކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ،ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.

 

  1. ޝާމިލް ވެށި ޕްރޮޖެކްޓް ދަށުން އަމިއްލަ ތަކެތީގައި މި ސްކޫލްގެ 2 އިމާރާތް ގުޅޭ ތަނުގައި ކޮންކްރިކްޓް ޝީޓެއް އެޅުމާއި 14 ކުލާސްރޫމުގެ އެލުމިނިއަމް ދޮރުސެޓް ބަދަލުކުރަން ބޭނުންވެއެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
  2. މިބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީވުމަށް މިއިދާރާއިން ދޫކުރާ "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަކުރެއްވުމައްފަހު މިއިދާރާއަށް ހުށައެޅުމުން ރަޖިސްޓްރީކޮށް ދެވޭނެއެވެ .ނޫނީ  16 ޖޫން 2022ގެ 13:00ގެ ކުރިންމި މަރުކަޒުގެ އޮފީހަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަކުރެއްވުމައްފަހު ތިރީގައިވާ އީމެއިލް އެޑްރެހަށް މެއިލް މެދުވެރިކޮށްވެސް ނަންނޯޓު ކުރެވޭނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 16 ޖޫން 2022 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 19 ޖޫން 2022  ވަނަ ދުވަހުގެ 11:00 ގައި މިމަރުކަޒުގެ އިދާރީ އޮފީހުގައެވެ.
  5. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 26 ޖޫން 2022 ވަނަ ދުވަހުގެ 13:00 ގައި ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހުގައެވެ.
  6. މިމަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި -/5000ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހެވެ.
  7. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  8. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  9. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
  10. މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ

ނޯޓް: މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ނަން ނޯޓް ކުރުމަށް ދެވިފައިވާ މުއްދަތުގައި ނަން  ނޯޓް ކުރައްވާފައިވާ ފަރާތްތަކަށެވެ.

 

ޏ. އަތޮޅު ތަޢުލީމީ މަރުކަޒު

ފުވައްމުލައް / ދިވެހިރާއްޖެ

ފޯން:  7925002/ 9999802

އީ-މެއިލް: [email protected]

   

13 ޖޫން 2022

13 ޖޫން 2022