ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ޞިއްޙީ ވިއުގައެއް ޤާއިމު ކުރުމަށްޓަކައި ހދ.އަތޮޅުގައި ފައިބަރ ކޭބަލް ސްޕްލައިސް ކުރުމާއި ކަނެކްޝަން ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތްދޭ ހުރިހާތަނެއް ވިއުގައަކުން ގުޅާލުމަށްޓަކައި ބޭނުންވާ ކަނެކްޝަން ހެދުމަށްޓަކައި ހދ.އަތޮޅުގައި މި މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ. 

ވީމާ، މި ދެންނެވި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު 8 ޖޫން 2022 ވާ ބުދަ ދުވަހުން ފެށިގެން 16 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

  • ·         އަންދާސީ ހިސާބު ހުށަހެޅުން
  • 22 ޖޫން 2022 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް މީޓިންގ ރޫމުގައި

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައި ވާނެއެވެ. އަދި މިކަމާގުޅޭގޮތުން އިތުރު އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 20 ޖޫން 2022 ވާ ހޯމަ ދުވަހުގެ 10:30 ގެ ކުރިން [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.

ރަޖިސްޓްރީ ކުރައްވާފައިވާނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

08 ޖޫން 2022
ހޯދާ