ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތްދޭ ހުރިހާތަނެއް ވިއުގައަކުން ގުޅާލުމަށްޓަކައި ބޭނުންވާ ކަނެކްޝަން ހެދުމަށްޓަކައި ހދ.އަތޮޅުގައި މި މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ.
ވީމާ، މި ދެންނެވި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު 8 ޖޫން 2022 ވާ ބުދަ ދުވަހުން ފެށިގެން 16 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
- · އަންދާސީ ހިސާބު ހުށަހެޅުން
- 22 ޖޫން 2022 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް މީޓިންގ ރޫމުގައި
މި މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައި ވާނެއެވެ. އަދި މިކަމާގުޅޭގޮތުން އިތުރު އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 20 ޖޫން 2022 ވާ ހޯމަ ދުވަހުގެ 10:30 ގެ ކުރިން [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.
ރަޖިސްޓްރީ ކުރައްވާފައިވާނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.