ދިވެހިރާއްޖެ
އިޢުލާނު
ފެލިދެ އަތޮޅު ފުލިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ކޮޓަރިބަރި މަރާމާތު ކުރުމަށް
ބީލަން ހުށަހެޅުމަށް ދޭ ދަޢުވަތު
ޕްރޮޖެކްޓް ނަމްބަރު: 2022-VFC-0024
ޕްރޮޖެކްޓްގެ ނަން: އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ކޮޓަރިބަރި އަޕްގްރޭޑް ކުރުން
ކޮންޓްރެކްޓް ނަންބަރު: VFC-W-001-2022
ކޮންޓްރެކްޓް ޓައިޓަލް: އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ކޮޓަރިބަރި މަރާމާތުކުރުން
- ފެލިދެ އަތޮޅު ފުލިދޫ ކައުންސިލުން "ފެލިދެ އަތޮޅު ފުލިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ކޮޓަރިބަރި އަޕްގްރޭޑް ކުރުން" މި ކައުންސިލާއިއެކު ހެދޭ އެއްބަސްވުމުގެ ދަށުން ކުރެވޭ މަސައްކަތްތަކަށް ޚަރަދު ކުރުމަށް ފައިސާގެ ވަކި ޢަދަދެއްވަނީ ކަނޑައަޅާފައެވެ.
- ވ.ފުލިދޫ ކައުންސިލުން ތިރީގައި ތަފްޞީލުދެވިފައިވާ މަސައްކަތަށް ބީލަމުގައި ބައިވެރުވުމުގެ ޝަރުޠު ހަމަވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ދަޢުވަތު ދެމެވެ. ހުށަހަޅާ ބީލަންތައް ހުންނަންވާނީ ރަނގަޅަށް އުރައިގައި ބަންދުކުރެވިފައެވެ.
މަސައްކަތުގެ ކުރު ޚުލާޞާ: ފެލިދެ އަތޮޅު ފުލިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ކޮޓަރިބަރި މަރާމާތުކުރުން.
ތަން: ފެލިދެ އަތޮޅު ފުލިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ކޮޓަރިބަރި
މަސައްކަތުގެ މުއްދަތު: މަސައްކަތް ފެށުމުގެ ނޯޓިސް ދޭ ދުވަހުން ފެށިގެން 30 ކަލަންޑަރު ދުވަސް
- ބީލަން ކުރިއަށް ގެންދާނީ ޤަވާޢިދު ނަމްބަރު: R-20/2017 "ދައުލަތުގެ މާލިއްޔަތު ޤަވާޢިދު"އާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ. އަދި މި ޤަވާޢިދުގައި ބަޔާން ކުރެވިފައިވާ ގޮތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތުވަނީ ޝަރުޠު ހަމަވާ، ބީލަންވެރީންނަށް ހުޅުވާލެވިފައެވެ.
- ޝައުޤުވެރިވާ އަދި ބީލަމުގައި ބައިވެރިވުމުގެ ޝަރުޠު ހަމަވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި ބީލަން ފޮތް ބައްލަވާލެއްވުމަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އާއި 2:30 ދެމެދު ގުޅުއްވާނީ ތިރީގައި ބަޔާންކުރެވިފައިވާ އެޑްރެހަށެވެ :
ސަމާލުކަމަށް: ޕްރޮކިއުމަންޓް އޮފިސަރ
އެޑްރެސް: ފެލިދެ އަތޮޅު ފުލިދޫ ކައުންސިލް/ގްރައުންޑް ފްލޯރ/ސޯސަންމަގު
އަތޮޅާއި ރަށް: ވ.ފުލިދޫ
ޒިޕް ކޯޑް:10010
ޤައުމު: ދިވެހިރާއްޖެ
ފޯނު ނަމްބަރު:9606706529+
އީމެއިލް: [email protected]
- ޝައުޤުވެރިވާ، ޝަރުޠުހަމަވާ ފަރާތްތަކަށް ބީލަން ފޮތް ދޫކުރުން:
- ބީލަން ފޮތަށް އެދި ޕްރޮޖެކްޓުގެ ނަމާއި، ކޮންޓްރެކްޓު ނަންބަރު އެނގޭނޭގޮތަށް މަތީގައިވާ އެޑްރެހަށް ލިޔުމުން (ސިޓީ ނުވަތަ އީމެއިލްގެ ޒަރިއްޔާއިން) ހުށަހަޅަން ވާނެއެވެ.
- ބީލަން ފޮތުގެ ދެލިކޮޕީއެއް ބޭނުންވާ ފަރާތްތަކަށް ދެލިކޮޕީ ދޫކުރެވޭނީ (ދުއިސައްތަ ރުފިޔާ ) (-/200ރ)ގެ ފީއެއް ނުވަތަ ފެލިދޮ އަތޮޅު ފުލިދޫ ކައުންސިލް އެކައުންޓަށް ޖަމާކުރުމުން ނުވަތަ އިދާރާއަށް ދެއްކުމުންނެވެ. މި ފީ އަކީ ނޮންރިފަންޑަބަލް(އަނބުރާ ރައްދުނުކުރެވޭ) ފީއެކެވެ.
- ބީލަން ފޮތް، އީމެއިލްގެ ޒަރީއާއިން ބޭނުންވާ ފަރާތްތަކަށް އީމެއިލްގެ ޒަރީއާއިން ފޯރުކޮށް ދެވޭނެ އެވެ.
- ބީލަންތައް ހުށަހެޅުން:
- ބީލަންތައް ހުށަހަޅާނީ މަތީގައި (4.) ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ އެޑްރެހަށެވެ.
- ބީލަންތައް ހުށަހެޅުމުގެ އެންމެ ފަހުގެ ސުންގަޑި އަކީ 16 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އެވެ."
ބީލަމުގެ ސުންގަނޑި ހަމަވުމުން، ބީލަން ހުޅުވާ ޖަލްސާގައި ބައިވެރިވުމަށް ޚިޔާރުކުރާ ބީލަންވެރީންގެ މަންދޫބުންގެ ހާޟިރުގައި، ވަގުތުން ބީލަންތައް ހުޅުވޭނެއެވެ.
- ބީލަން ސެކިއުރިޓީ ބޭނުމެއް ނުވާނެއެވެ.
- ބީލަންވެރީން،ބީލަންތައް ތައްޔާރުކުރުމާއި، ބީލަން ހުށެހެޅުމަށް ކުރާ އެއްވެސް ޚަރަދަކާއި ފެލިދެ އަތޮޅު ފުލިދޫ ކައުންސިލުން ޒިންމާއެއް ނުވާނެއެވެ.
- ބީލަންތައް އަޅާ ކިޔުމުގައި ދިވެހި ރާއްޖޭގެ ފަރާތްތަކަށް އިސްކަމެއް ނުދޭނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުންކުރަމެވެ.
08 ޛުލްޤައިދާ 1443
08 ޖޫން 2022