މަސައްކަތް
ނަންބަރު: (IUL)357-Cf357/357/2022/19
ޕަބްލިޝްކުރި ތާރީޚް: 08 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 13:28
ސުންގަޑި: 16 ޖޫން 2022 11:00
ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެލިދެ އަތޮޅު ފުލިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ކޮޓަރިބަރި މަރާމާތު ކުރުމަށް ބީލަން ހުށަހެޅުމަށް ދޭ ދަޢުވަތު

                                                                  އިޢުލާނު

ފެލިދެ އަތޮޅު ފުލިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ކޮޓަރިބަރި މަރާމާތު ކުރުމަށް

ބީލަން ހުށަހެޅުމަށް ދޭ ދަޢުވަތު

 

ޕްރޮޖެކްޓް ނަމްބަރު: 2022-VFC-0024

ޕްރޮޖެކްޓްގެ ނަން: އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ކޮޓަރިބަރި އަޕްގްރޭޑް ކުރުން

ކޮންޓްރެކްޓް ނަންބަރު: VFC-W-001-2022

ކޮންޓްރެކްޓް ޓައިޓަލް: އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ކޮޓަރިބަރި މަރާމާތުކުރުން

 

 

  1. ފެލިދެ އަތޮޅު ފުލިދޫ ކައުންސިލުން "ފެލިދެ އަތޮޅު ފުލިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ކޮޓަރިބަރި އަޕްގްރޭޑް ކުރުން"  މި ކައުންސިލާއިއެކު ހެދޭ އެއްބަސްވުމުގެ ދަށުން ކުރެވޭ މަސައްކަތްތަކަށް ޚަރަދު ކުރުމަށް ފައިސާގެ ވަކި ޢަދަދެއްވަނީ ކަނޑައަޅާފައެވެ.

 

  1. ވ.ފުލިދޫ ކައުންސިލުން ތިރީގައި ތަފްޞީލުދެވިފައިވާ މަސައްކަތަށް ބީލަމުގައި ބައިވެރުވުމުގެ ޝަރުޠު ހަމަވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ދަޢުވަތު ދެމެވެ. ހުށަހަޅާ ބީލަންތައް ހުންނަންވާނީ ރަނގަޅަށް އުރައިގައި ބަންދުކުރެވިފައެވެ.

 

މަސައްކަތުގެ ކުރު ޚުލާޞާ: ފެލިދެ އަތޮޅު ފުލިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ކޮޓަރިބަރި މަރާމާތުކުރުން.

ތަން: ފެލިދެ އަތޮޅު ފުލިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ކޮޓަރިބަރި

މަސައްކަތުގެ މުއްދަތު: މަސައްކަތް ފެށުމުގެ ނޯޓިސް ދޭ ދުވަހުން ފެށިގެން 30 ކަލަންޑަރު ދުވަސް

 

  1. ބީލަން ކުރިއަށް ގެންދާނީ ޤަވާޢިދު ނަމްބަރު: R-20/2017 "ދައުލަތުގެ މާލިއްޔަތު ޤަވާޢިދު"އާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ. އަދި މި ޤަވާޢިދުގައި ބަޔާން ކުރެވިފައިވާ ގޮތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތުވަނީ ޝަރުޠު ހަމަވާ، ބީލަންވެރީންނަށް ހުޅުވާލެވިފައެވެ.

 

  1. ޝައުޤުވެރިވާ އަދި ބީލަމުގައި ބައިވެރިވުމުގެ ޝަރުޠު ހަމަވާ  ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި ބީލަން ފޮތް ބައްލަވާލެއްވުމަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އާއި 2:30 ދެމެދު ގުޅުއްވާނީ ތިރީގައި ބަޔާންކުރެވިފައިވާ އެޑްރެހަށެވެ :

 

ސަމާލުކަމަށް: ޕްރޮކިއުމަންޓް އޮފިސަރ

އެޑްރެސް: ފެލިދެ އަތޮޅު ފުލިދޫ ކައުންސިލް/ގްރައުންޑް ފްލޯރ/ސޯސަންމަގު

އަތޮޅާއި ރަށް: ވ.ފުލިދޫ

ޒިޕް ކޯޑް:10010

ޤައުމު: ދިވެހިރާއްޖެ

ފޯނު ނަމްބަރު:9606706529+

އީމެއިލް: [email protected]

 

  1. ޝައުޤުވެރިވާ، ޝަރުޠުހަމަވާ ފަރާތްތަކަށް ބީލަން ފޮތް ދޫކުރުން:

 

  • ބީލަން ފޮތަށް އެދި ޕްރޮޖެކްޓުގެ ނަމާއި، ކޮންޓްރެކްޓު ނަންބަރު  އެނގޭނޭގޮތަށް މަތީގައިވާ އެޑްރެހަށް ލިޔުމުން (ސިޓީ ނުވަތަ އީމެއިލްގެ ޒަރިއްޔާއިން) ހުށަހަޅަން ވާނެއެވެ.
  • ބީލަން ފޮތުގެ ދެލިކޮޕީއެއް ބޭނުންވާ ފަރާތްތަކަށް ދެލިކޮޕީ  ދޫކުރެވޭނީ (ދުއިސައްތަ ރުފިޔާ ) (-/200ރ)ގެ ފީއެއް ނުވަތަ ފެލިދޮ އަތޮޅު ފުލިދޫ ކައުންސިލް  އެކައުންޓަށް ޖަމާކުރުމުން ނުވަތަ އިދާރާއަށް ދެއްކުމުންނެވެ. މި ފީ އަކީ ނޮންރިފަންޑަބަލް(އަނބުރާ ރައްދުނުކުރެވޭ) ފީއެކެވެ.
  • ބީލަން ފޮތް، އީމެއިލްގެ ޒަރީއާއިން ބޭނުންވާ ފަރާތްތަކަށް އީމެއިލްގެ ޒަރީއާއިން ފޯރުކޮށް ދެވޭނެ އެވެ.  

 

  1. ބީލަންތައް ހުށަހެޅުން: 

 

  • ބީލަންތައް ހުށަހަޅާނީ މަތީގައި (4.) ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ އެޑްރެހަށެވެ.
  • ބީލަންތައް ހުށަހެޅުމުގެ އެންމެ ފަހުގެ ސުންގަޑި އަކީ 16 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އެވެ."

ބީލަމުގެ ސުންގަނޑި ހަމަވުމުން، ބީލަން ހުޅުވާ ޖަލްސާގައި ބައިވެރިވުމަށް ޚިޔާރުކުރާ ބީލަންވެރީންގެ މަންދޫބުންގެ ހާޟިރުގައި، ވަގުތުން ބީލަންތައް ހުޅުވޭނެއެވެ.

 

  1. ބީލަން ސެކިއުރިޓީ ބޭނުމެއް ނުވާނެއެވެ.

 

  1. ބީލަންވެރީން،ބީލަންތައް ތައްޔާރުކުރުމާއި، ބީލަން ހުށެހެޅުމަށް ކުރާ އެއްވެސް ޚަރަދަކާއި ފެލިދެ އަތޮޅު ފުލިދޫ ކައުންސިލުން ޒިންމާއެއް ނުވާނެއެވެ.
  2. ބީލަންތައް އަޅާ ކިޔުމުގައި ދިވެހި ރާއްޖޭގެ ފަރާތްތަކަށް އިސްކަމެއް ނުދޭނެއެވެ.

 

   ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުންކުރަމެވެ.

      08 ޛުލްޤައިދާ 1443

      08 ޖޫން  2022

08 ޖޫން 2022