ދިވެހިރާއްޖެ
މިކުންފުނީގެ ބޭނުމަށް މާލޭ ކޮމާޝަލް ހާބަރުގެ ގުދަނުގައި ބިންގަނޑު ލެވެލްކޮށް މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް 3,012 އަކަމީޓަރުގެ ސަރަޙައްދެއްގައި 150mm ބޯމިނުގެ ކޮންކްރީޓް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާން ނަންބަރު MPL-PRC/TND/2014/009 ގެ ޓެންޑަރ ސަބްމިޓްކުރުމަށް ދެވިފައިވާ ތާރީޚު 25 ސެޕްޓެންބަރު 2014 ގެ 14:00 އަށް ވަނީ ބަދަލު ކުރެވިފައެވެ.
ވީމާ، އަންދާސީހިސާބުތައް ހުޅުވުން އޮންނާނީ 25 ސެޕްޓެންބަރު 2014ވާ ބުރާސްފަތިދުވަހުގެ 14:00 ގައިމި ކުންފުނީގެ ހެޑްއޮފީހުގައިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ. ބިޑްތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބިޑް ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
27 ޛުލްޤަޢިދާ 1435