މަސައްކަތް
ނަންބަރު: 113-PRC/I-2014/102
ޕަބްލިޝްކުރި ތާރީޚް: 22 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 08:30
ސުންގަޑި: 25 ސެޕްޓެންބަރު 2014 14:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
3,012 އަކަމީޓަރުގެ ސަރަޙައްދެއްގައި 150mm ބޯމިނުގެ ކޮންކްރީޓް އަޅައިދޭނެ ފަރާތެއް ހޯދަން

މިކުންފުނީގެ ބޭނުމަށް މާލޭ ކޮމާޝަލް ހާބަރުގެ ގުދަނުގައި ބިންގަނޑު ލެވެލްކޮށް މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް 3,012 އަކަމީޓަރުގެ ސަރަޙައްދެއްގައި 150mm ބޯމިނުގެ ކޮންކްރީޓް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާން ނަންބަރު MPL-PRC/TND/2014/009 ގެ ޓެންޑަރ ސަބްމިޓްކުރުމަށް ދެވިފައިވާ ތާރީޚު 25 ސެޕްޓެންބަރު 2014 ގެ 14:00 އަށް ވަނީ ބަދަލު ކުރެވިފައެވެ.

ވީމާ، އަންދާސީހިސާބުތައް ހުޅުވުން އޮންނާނީ 25 ސެޕްޓެންބަރު 2014ވާ ބުރާސްފަތިދުވަހުގެ 14:00 ގައިމި ކުންފުނީގެ ހެޑްއޮފީހުގައިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ. ބިޑްތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބިޑް ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

27 ޛުލްޤަޢިދާ 1435

22 ސެޕްޓެންބަރު 2014