ދިވެހިރާއްޖެ
ތަޢާރަފް:
މިއީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ޗެނަލްތަކުން އުފައްދާ ޕްރޮގްރާމްތަކަށް ބޭނުންވާ ފަންނީ އެހީ ހޯދުން ޕްރޮކިއުމަންޓުގެ ޢާންމު އުސޫލުތަކުގެ ތެރެއިން ކުރުމުން ޕްރޮގްރާމް އުފެއްދުމަށް ދަތިވަމުންދާތީ އެކުލަވާލެވިފައިވާ ސިޔާސަތެކެވެ. މިސިޔާސަތުވެސް އެކުލަވާލެވިފައިވަނީ ޕްރޮގްރާމްތަކަށް ބޭނުންވާ ފަންނީއެހީ ހޯދުމަށް ފަސޭހަވާނޭ އަދި ދެފުށް ފެންނަ، ހުޅުވާލެވިފައިވާ، ހާމަކަންބޮޑު އުސޫލެއްގެ ދަށުން މަސައްކަތް ކުރެވޭނެ ގޮތަށެވެ.
1. ދަފްތަރު ކުރުން
1.1 މިސިޔާސަތަށް ޢަމަލުކުރަން ފެށުމާއެކު، މިސިޔާސަތުގައި ބަޔާންކޮށްފައިވާ ފަންނީ ޚިދުމަތްތައް މިކޯޕަރޭޝަނަށް ދިނުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ޕްރޮކިއުމަންޓް ޑިޕާޓްމަންޓުން ހުޅުވާލަން ވާނެއެވެ. އަދި މިކަމަށް އިޖާބަދީ ޚިދުމަތް ދިނުމަށް ހުށަހަޅާ ފަރާތްތަކުގެ ދަފްތަރެއް ޕްރޮކިއުމަންޓް ޑިޕާޓްމަންޓުން އެކުލަވާލައި ބަލަހައްޓަންވާނެއެވެ.
1.2 ދަފްތަރުގައި ހިމެނުމަށް އެދި ހުށަހެޅުމަކީ އަބަދުވެސް ހުޅުވިފައިވާ ފުރުޞަތެކެވެ. ނަމަވެސް، މިފުރުޞަތު ހުޅުވިފައިވާކަން ކޮންމެ ތިން މަހަކުން އެއްފަހަރު ޕްރޮކިއުމަންޓް ޑިޕާޓްމަންޓުން އިޢުލާނު ކުރަންވާނެއެވެ. އަދި މީގެ ސަބަބުން ކުރިން ދަފްތަރު ކުރެވިފައިވާ ފަރާތްތައް ލިސްޓުން އުނިވެގެނެއް ނުދާނެއެވެ.
2. ދަފްތަރުގައިވާ ފަރާތްތަކަށް އެންގުން
މިސިޔާސަތުގައިވާ ފަންނުވެރިކަމަކަށް އެދި ކޮންޓެންޓް އުފައްދާ ޑިޕާޓްމަންޓަކުން ޕްރޮކިއުމަންޓުގައި ،ދަފްތަރުގައިވާ، އެ ފަންނުވެރިކަމަކަށް ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް އެކަން އަންގައި، އަގާއި އެކަމަށް ބޭނުންވާ ތަފުސީލުތައް ހުށަހެޅުމުގެ ފުރުޞަތު އެފަރާތްތަކަށް ދޭންވާނެއެވެ.
3. މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުން
3.1 މިސިޔާސަތުގައިވާ އުސޫލުން އީމެއިލް މެދުވެރިކޮށް ދަފްތަރުގައިވާ، އެފަންނުވެރިކަމަކަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެންގުމަށްފަހު، އެކަމަށް އިޖާބަދޭ ފަރާތް ނުވަތަ ފަރާތްތަކުގެ މަޢުލޫމާތު، އެރިކުއެސްޓެއް ފޮނުވި ޑިޕާޓްމަންޓަކަށް ޕްރޮކިއުމަންޓް ޑިޕާޓްމަންޓުން ފޮނުވަންވާނެއެވެ.
3.2 ރިކުއެސްޓް ފޮނުވި ޑިޕާޓްމަންޓަށް އެމަޢުލޫމާތު ފޮނުވުމުން އޭގެތެރޭގައިވާ އެމަސައްކަތަށް އެންމެ އެކަށީގެންވާ ފަރާތަކީ ކޮބައިކަން އެޑިޕާޓްމަންޓެއްގެ ކޮންޓެންޓް ކޮމެޓީން ކަނޑައަޅައި އަނބުރާ ޕްރޮކިއުންމަންޓް ޑިޕާޓްމަންޓަށް ފޮނުވަންވާނެއެވެ. އަދި ކޮންޓެންޓް ކޮމެޓީން ކަނޑައަޅާފައިވާ ފަރާތުން ހުށަހަޅާފައިވާ އަގަކީ މިސިޔާސަތުގައިވާ އަގަށްވުރެ ބޮޑު އަގެއްކަމުގައި ނުވާނަމަ، ޕްރޮކިއުމަންޓް ޑިޕާޓްމަންޓުން އެފަރާތަކާ މަސައްކަތް ޙަވާލުކުރަންވާނެއެވެ.
4. ކޮންޓެންޓް ހޮވުމުގައި ކޮންޓެންޓް ކޮމެޓީން ބަލާނެ ކަންކަން
4.1 މިސިޔާސަތުގެ ދަށުން ޕްރޮކިއުމަންޓް ޑިޕާޓްމަންޓުން، އެކަމަކަށް އެދި ރިކުއެސްޓްކުރާ ޑިޕާޓްމަންޓަކަށް ފޮނުވުމުން ކޮންޓެންޓް ކޮމެޓީން ކޮންމެހެން ބަލަންޖެހޭނެ ކަންކަމަކީ:
4.1.1 ކޯޕަރޭޝަންގެ ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ސިޔާސަތުގެ ދަށުން ފޮނުވޭނެ ކޮންޓެއްޓެއްތޯ.
4.1.2 ހުށަހެޅުންތަކުގައި ޕްރޮގްރާމަށް ބޭނުންވާ ފެންވަރަށް އެކަމެއް ކޮށްދިނުމަށް ހުށަހަޅާފައިވޭތޯ.
4.1.3 ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޕްރޮގްރާމްގެ ބޭނުންތަކާ އެއްގޮތަށް އެންމެ ރަނގަޅަށް، މިސިޔާސަތުގައިވާ އަގުގެ މިންގަނޑުގެ ތެރެއިން އެކަމެއް ކޮށްދިނުމަށް ހުށަހަޅާފައިވަނީ ކޮންފަރާތަކުންތޯ.
4.1.4 މިސިޔާސަތުގައިވަނީ ކޮންމެ ކަމަކަށްވެސް ދެވޭނެ އެންމެ މަތީ އަގުކަމަށްވުމާއެކު ހުށަހަޅާފައިވާ އަގަކީ އެކޮންޓެންޓަކަށް އެކަށީގެންވާ އަގެއްތޯ.
5. ކޮންޓެންޓް ކޮމިޓީގެ ދައުރު
5.1 މިސިޔާސަތުގެ ދަށުން ކޮންޓެންޓް ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ:
5.1.1 މިސިޔާސަތުގައިވާ އުސޫލުން، ކޮންޓެންޓް/ފަންނީ މީހުން/ފަންނުވެރިކަން، ހޮވުން
5.1.2 މިސިޔާސަތުގައި ބުނާ އުސޫލުން އެކި ފަރާތްތައް ގްރޭޑް ކުރުން
5.1.3 އަންނަނިވި ޙާލަތްތަކުގައި ގްރޭޑް ކޮށްފައިވާ ފަރާތްތައް އަލުން ގްރޭޑް ކުރުން
5.1.3.1 ކޮންޓެންޓް އުފައްދާ ޑިޕާޓްމަންޓަކުން އެކަމަށް އެދުން
5.1.3.2 ގްރޭޑް ކޮށްފައިވާ ފަރާތުން އެކަމަށް އެދުން
5.2 އަލުން ގްރޭޑްކުރުމަށްފަހު އެމީހަކަށް އަގުދިނުމާއި އަދި މިސިޔާސަތުގައިވާ އެހެނިހެން ކަންކަމުގައިވެސް އެމީހަކާމެދު ޢަމަކުރަންވާނީ އެފަރާތެއް އަލަށް ގްރޭޑް ކުރެވުނު ގިންތީގައެވެ.
6. ކޮންޓެންޓް ކޮމިޓީ އެކުލެވިގެންވާގޮތް
6.1 ކޮންޓެންޓް ކޮމިޓީ އެކުލަވާލައި އުނި އިތުރު ގެންނާނީ ކޮންޓެންޓް އުފައްދާ ޑިޕާޓްމަންޓުގެ ހެޑް އޮފް ޑިޕާޓްމަންޓުގެ ލަފަޔާއެކު މެނޭޖިންގ ޑިރެކްޓަރެވެ.
6.2 ކޮންޓެންޓް ކޮމިޓީގައި ކޯޕަރޭޝަންގެ ފަންނީ މުވައްޒަފުންގެ ތެރެއިން މަދުވެގެން 5 ނުވަތަ އެއަށްވުރެ ގިނަ، އޮނަހިރި އަދަދެއްގެ މުވައްޒަފުން ހިމެނެންވާނެއެވެ.
6.3 މިސިޔާސަތުގައި ބުނެފައިވާ ކޮންޓެންޓް ކޮމެޓީއާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ޗެނަލްތަކުން ޕްރޮގްރާމް އުފެއްދުމާއި ރިވިއުކުރުމާއި ޕްރޮގްރާމް އުފެއްދުމަށް އެހީތެރިވެދިނުމުގެ ސިޔާސަތުގައި ބުނެފައިވާ ކޮންޓެންޓް ކޮމިޓީއަކީ އެއްކޮމިޓީއެކެވެ.
7. އަގު
7.1 މިސިޔާސަތުގައި ކަނޑައެޅިފައިވާ އަގުތަކަކީ ކޮންމެ މަސައްކަތަކަށްވެސް ކަނޑައެޅިފައިވާ އެންމެ މަތީ އަގުތަކެވެ.
7.2 މިސިޔާސަތުގެ ދަށުން ވަކި ޕްރޮގްރާމަކަށް ނުވަތަ ސީރީޒަކަށް، ވަކި މަސައްކަތަކަށް ނުވަތަ ވަކި ފަންނުވެރިކަމަކަށް ދެވޭނެ އެންމެ މަތީ އަގަކީ -/300000 (ތިން ލައްކަ ރުފިޔާ) އެވެ.
8. ކޮމިޝަނިންގ ކޮމިޓީ
8.1 މިސިޔާސަތުގައިވާގޮތުގެ މަތިން ކޮންޓެންޓް ކޮމެޓީން މަސައްކަތް ޙަވާލުކުރަން ކަނޑައަޅާފައިވާ ފަރާތުން ހުށަހަޅާފައިވާ ޖުމްލަ އަގަކީ -/100000ރ. (އެއްލައްކަ ރުފިޔާ) އަށްވުރެ ބޮޑު އަގެއް ކަމުގައިވާނަމަ އެމަސައްކަތެއް އެފަރާތަކާ ޙަވާލުކުރެވޭނީ ކޮމިޝަނިންގ ކޮމިޓީން އެގޮތަށް ނިންމުމުންނެވެ.
8.2 ކޮމިޝަނިންގ ކޮމެޓީން ކޮންމެހެން ބަލާ ރިޢާޔަތްކުރަން ޖެހޭނެ ކަންކަމަކީ:
8.2.1 ކޮންޓެންޓް ކޮމެޓީގެ ނިންމުން
8.2.2 އެއަރޓައިމް އެލޮކޭޝަން މިންގަނޑާއި އެއަރޓައިމް ރިކޮމެންޑޭޝަންތައް
8.2.3 ކޮންޓެންޓަކީ ހުށަހަޅާފައިވާ އަގާއި އެކަށީގެންވާ ކޮންޓެއްޓެއްތޯ.
8.3 ކޮމިޝަނިންގ ކޮމިޓީ އެކުލެވިގެންވަނީ ތިރީގައިވާ ގޮތަށެވެ.
8.3.1 ޗީފް އޮޕަރޭޓިންގް އޮފިސަރ (ޗެއަރ)
8.3.2 ޑިރެކްޓަރ ނިއުސް އެންޑް ކަރަންޓް އެފެއަރޒް
8.3.3 ޑިރެކްޓަރ ރޭޑިއޯ
8.3.4 ޑިރެކްޓަރ ޓީވީ ޕްރޮގްރާމްސް
9. ގްރޭޑް ކުރުމާއި ބްރޭންޑް ކުރުމާއި ލިބިފައިވާ ހުށަހެޅުމަށް (ޕްރޮޕޯޒަލް) ބެލުން
9.1 މިސިޔާސަތުގެ ދަށުން މަސައްކަތެއް ޙަވާލުކުރެވޭނީ މައިގަނޑު ހަތަރު އުސޫލެއްގެ ދަށުންނެވެ. މީގެ ތެރޭގައި ހިމެނެނީ:
9.1.1 ގްރޭޑް ކޮށްގެން އެމީހަކު ނުވަތަ އެފަރާތެއް ފެތޭ ގްރޭޑަކަށް ހަމަޖެހިފައިވާ އަގުދިނުން
9.1.2 އޭ ގްރޭޑަށް ފެތޭ ފަރާތްތައް ބްރޭންޑްކޮށްގެން އަގުދިނުން
9.1.3 ލިބިފައިވާ ހުށަހެޅުމުގެ މައްޗަށް ބަލައި އިންސާފުކޮށްގެން އަގުދިނުން
9.1.4 އުފައްދާފައިވާ ކޮންޓެންޓަށް ބަލައިގެން އަގު ދިނުން
10. ގްރޭޑް ކުރާގޮތަށް ޙަވާލުކުރެވޭ މަސައްކަތްތަކާއި އެކި ގްރޭޑްތަކަށް ދިނުމަށް ހަމަޖެހިފައިވާ އަގު (ރުފިޔާއިން)
# |
މަސައްކަތް |
ގްރޭޑް A |
ގްރޭޑް B |
ގްރޭޑް C |
ގްރޭޑް D |
||||
ރޭޑިއޯ |
ޓީވީ |
ރޭޑިއޯ |
ޓީވީ |
ރޭޑިއޯ |
ޓީވީ |
ރޭޑިޔޯ |
ޓީވީ |
||
10.1 |
ނިއުސް އެންކަރ (މިނެޓަކަށް) |
20 |
25 |
15 |
20 |
10 |
15 |
8 |
12 |
10.2 |
ޕްރޮގްރާމް ޕްރެޒެންޓް ކުރުމާއި މޮޑަރޭޓް ކުރުން، ލައިވް (މިނެޓަކަށް) |
7 |
25 |
5 |
20 |
4 |
15 |
3 |
10 |
10.3 |
ޕްރޮގްރާމް ޕްރެޒެންޓް ކުރުމާއި މޮޑަރޭޓް ކުރުން، ރެކޯޑިންގ (މިނެޓަކަށް) |
6 |
25 |
4 |
20 |
3 |
15 |
2 |
10 |
10.4 |
ވޮއިސް އާޓިސްޓުން (ޑްރާމާ، ތަފާތު ކެރެކްޓަރ އަދި މިފަދަ އެހެނިހެން)(ސީނަކަށް) |
25 |
25 |
20 |
20 |
15 |
15 |
10 |
10 |
10.5 |
އަޑު އެޅުން، ރިޕޯޓް ޑޮކިއުމެންޓްރީ ފަދަ (މިނެޓަކަށް) |
20 |
20 |
15 |
15 |
10 |
10 |
5 |
5 |
10.6 |
ކޮމެންޓްރީ ދިނުން، ފުޓްބޯޅަ (ކޮންމެ މެޗަކު މީހަކަށް) |
550 |
550 |
475 |
475 |
375 |
375 |
- |
- |
10.7 |
ކޮމެންޓްރީ ދިނުން، ފުޓްބޯޅަ ފިޔަވައި އެހެނިހެން ކުޅިވަރު |
400 |
400 |
350 |
350 |
250 |
250 |
- |
- |
10.8 |
ލަވަ ކިޔުން (ލަވައަކަށް، ހަމައެކަނި ލަވަކިޔުން) |
2500 |
2500 |
2000 |
2000 |
1500 |
1500 |
1200 |
1200 |
10.9 |
މިޔުޒިކް ބޭންޑް ޕާރފޯމަންސް (ކޮންމެ ލަވައަކަށް) |
3500 |
3500 |
2500 |
2500 |
2000 |
2000 |
1500 |
1500 |
10.10 |
އެކްޓް ކުރުން / ލީޑް ރޯލް ޑުރާމާ، ލަވަ، އިޝްތިހާރު ޕީއެސް އޭ، އެހެނިހެން |
- |
3000 |
- |
2500 |
- |
2000 |
- |
1500 |
10.11 |
އެކްޓް ކުރުން / ސަޕޯޓް ރޯލް (ޑުރާމާ، ލަވަ، އިޝްތިހާރު ޕީއެސް އޭ، އެހެނިހެން |
- |
2000 |
- |
1500 |
- |
1000 |
- |
800 |
10.12 |
އެކްޓް ކުރުން / ސަޕޯޓް ރޯލް، ކުރު ޑުރާމާ ކުލިޕް |
- |
700 |
- |
500 |
- |
300 |
- |
200 |
10.13 |
ސައިން ލެންގުއޭޖުން ވާހަކަ ދެއްކުން (30މިނެޓުގެ ޕްރޮގްރާމަކަށް) |
- |
350 |
- |
300 |
- |
250 |
- |
- |
11. ގްރޭޑް ކުރުމަށް ޕޮއިންޓް ދެވޭ އުސޫލު
ދާއިރާ |
ގްރޭޑް ކުރުމަށް ޕޮއިންޓް ދެވޭ އުސޫލު - އަޑު/މަންޒަރު ހިމެނޭނަމަ |
ގްރޭޑްކޮށް ބްރޭންޑް ކުރުމަށް ޕޮއިންޓް ދެވޭ އުސޫލު – އަޑު/މަންޒަރު ނުހިމެނޭނަމަ |
||
ރޭޑިއޯ |
ޓީވީ |
ރޭޑިއޯ |
ޓީވީ |
|
އެ ރޮނގަކުން އެމީހެއްގެ/އެބައެއްގެ ޢިލްމީ ޤާބިލު ކަމާއި މަޢުލޫމާތު ހުރި މިންވަރު |
20 |
20 |
20 |
20 |
އެ ރޮނގަކުން އެމީހަކު/އެބައަކު މަސައްކަތް ކޮށްފައިވާ މުއްދަތާއި ކުރި މަސައްކަތާއި ހޯދާފައިވާ ތަޖުރިބާ |
20 |
20 |
25 |
20 |
އެ ރޮނގަކުން އެމީހަކު/އެބައަކު ރެކޮގްނައިޒް ކުރެވިފައިވާ މިންވަރު |
10 |
20 |
15 |
20 |
އެ ރޮނގަކުން އެމީހެއްގެ/އެބައެއްގެ ކިބައިގައި ހުރި ހުނަރުވެރިކަން |
25 |
25 |
40 |
40 |
ހުށަހެޅުންތެރިކަމާއި އަޑު/އެޕިއަރެންސް |
25 |
15 |
-- |
-- |
12. އެކި ގްރޭޑްތަކަށް ބޭނުންވާ ޕޮއިންޓް
ގްރޭޑް |
ލިބެންޖެހޭ ޕޮއިންޓް |
ގްރޭޑް A |
100 - 75 |
ގްރޭޑް B |
74 - 65 |
ގްރޭޑް C |
64 - 50 |
ގްރޭޑް D |
49 - 30 |
13. ބްރޭންޑް ކުރެވޭ އުސޫލު
އޭ ގްރޭޑަށް ފެތޭ ފަރާތްތަކުގެ ތެރެއިން ޕްރެޒެންޓަރުންނާއި މޮޑަރޭޓަރުން ބްރޭންޑް ކުރެވިދާނެއެވެ. ނަމަވެސް ޢާންމު އުސޫލެއްގެގޮތުން ބްރޭންޑް ކުރެވޭނީ އެއްވަގުތެއްގައި ކުރިޔައަށްދާ އެއް ޕްރޮގްރާމަށެވެ. ބްރޭންޑް ކުރުމަކީ އެހެން ޕްރޮގްރާމެއް ހުށަނޭޅޭގޮތަށް ވަކި ޕްރޮގްރާމަކަށް މީހަކު ޚާއްޞަ ކުރުމެވެ.
14. ބްރޭންޑް ކުރެވޭ ފަރާތްކަށް އަގު ދިނުން
14.1 ބްރޭންޑް ކުރެވިފައިވާ މީހަކަށް އަގުދެވޭނީ ކޮންމެ މަހަކު ފުރަތަމަ 300 މިނިޓް ހަމަވަންދެން ކޮންމެ މިނިޓަކަށް ރޭޑިއޯގައިނަމަ -/20 ރުފިޔާގެ ރޭޓުންނެވެ. އަދި ޓީވީގައިނަމަ ފުރަތަމަ 300 މިނިޓް ހަމަވަންދެން ކޮންމެ މިނިޓަކަށް -/40 ރުފިޔާގެ ރޭޓުންނެވެ. 300 މިނިޓަށްވުރެ އިތުރުވާ ވަގުތަށް އަގުދެވޭނީ A ގްރޭޑުން އެމަސައްކަތަކަށް ކަނޑައެޅިފައިވާ ރޭޓުންނެވެ.
15. ލިބިފައިވާ ޕްރޮޕޯޒަލަށް ބަލައިގެން ގަނެވޭނެ ކޮންޓެންޓާއި އުފައްދާފައިވާ ކޮންޓެންޓުގެ ތެރެއިން ގަނެވޭނެ ކޮންޓެންޓް އަދި މިކަންކަމަށް ދެވޭނެ އެންމެ މަތީ އަގު. (ރުފިޔާއިން)
# |
ހޯދޭނެ ކޮންޓެންޓުގެ ބާވަތްތަކާއި ބައެއް ތަފްސީލް |
އެންމެ މަތީ އަގު |
|
ރޭޑިއޯ |
ޓީވީ |
||
15.1 |
ރިސާރޗް ހެދުމާއި އޭގެ މައްޗަށް ޑޮކިއުމެންޓް ތައްޔާރުކުރުން (ޞަފްޙާއަކަށް) |
300 |
300 |
15.2 |
ތަރުޖަމާކުރުން (ޞަފްޙާއަކަށް) |
300 |
300 |
15.3 |
އައުޓް ސޯސް ޑުރާމާ (25މިނެޓުގެ ޕްރޮގްރާމަކަށް) |
5000 |
22000 |
15.4 |
ރިޕޯޓް ލިޔުން (ޞަފްޙާއަކަށް) |
300 |
300 |
15.5 |
ޑޮކިއުމެންޓްރީ ސްކްރިޕްޓް ލިޔުން (ޞަފްޙާއަކަށް) |
250 |
250 |
15.6 |
ޕްރޮގްރާމް ސްކްރިޕްޓް ލިޔުން (ޞަފްޙާއަކަށް) |
250 |
500 |
15.7 |
އެނަލައިޒް ކުރުން (30 މިނެޓުގެ ޕްރޮގްރާމަކަށް/ ޕްރޮގްރާމް މިއަށްވުރެ ދިގުނަމަ މި ނިޞްބަތުން އިތުރުކުރާގޮތަށް) |
200 |
300 |
15.8 |
މިޔުޒިކް ކޮމްޕޯސް ކުރުން (ކެޕްޝަން، ޖިންގަލް، ޕްރޮމޯ، ބްރޭކަރ، ތީމް) |
2000 |
2000 |
15.9 |
މިޔުޒިކް ކޮމްޕޯސް ކުރުން (ޕްރޮގްރާމް، ޑްރާމާ އަދި މިފަދަ އެހެނިހެން) |
2000 |
2000 |
15.10 |
މިޔުޒިކް ކޮމްޕޯސް ކުރުން (ކޮޕީ ލަވައިގެ ޓްރެކް) |
1200 |
1200 |
15.11 |
މިޔުޒިކް ކޮމްޕޯސް ކުރުން (ފިލްމުގެ ބެކް މިޔުޒިކް) |
-- |
15000 |
15.12 |
ރޭޑިއޯ ޑްރާމާ ލިޔުން (30 މިނެޓުގެ އެޕިސޯޑަކަށް) |
1000 |
-- |
15.13 |
ޖަޖުކުރުން (ސެޝަނަކަށް /މި ނިޞްބަތުން އިތުރުކުރާގޮތަށް) (ނުފެނި ޖަޖްކުރާނަމަ ޓީވީގައިވެސް ރޭޑިއޯއާ އެއް އަގެއް) |
200 |
2000 |
15.14 |
ޕްރޮގްރާމްތަކުގައި ބައިވެރިވެ ފަންނީ މަޢުލޫމާތުދިނުން (30މިނެޓުގެ ޕްރޮގްރާމަކަށް) |
250 |
500 |
15.15 |
ޕްރޮގްރާމްތަކުގައި ބައިވެރިވެ ޓީޗަރެއްގެގޮތުގައި ކިޔަވައިދިނުން (30 މިނެޓުގެ ޕްރޮގްރާމަކަށް) |
500 |
1000 |
15.16 |
ނުފެނި އެކްޓްކުރުން (ޕަޕެޓް، މެސްކޮޓް / މިނެޓަކަށް) |
-- |
10 |
15.17 |
ޕްރޮގްރާމްތަކަށް ކޮންސަލްޓެންސީ ދިނުން (ޕްރޮގްރާމަކަށް) |
1000 |
2000 |
15.18 |
އެނައުންސްމަންޓް ކިޔުން (މިނެޓަކަށް) |
10 |
20 |
15.19 |
ހެދުން ފަރުމާކުރުމާއި ފެހުން (އަމިއްލަ ތަކެތީގައި) |
2000 |
2000 |
15.20 |
ކޮރިއޮގްރަފީ |
-- |
1000 |
15.21 |
ލަވައާއި ޅެން ހެދުން (ލިރިކްސް ހެދުން) |
1500 |
1500 |
15.22 |
މޭކަޕް ކޮށްދިނުމާއި ހެއަރ ސްޓައިލިންގ (މީހަކަށް) |
-- |
300 |
15.23 |
މިޔުޒިކް މިކްސިންގ |
1200 |
1200 |
15.24 |
އައުޓް ސޯސް ޓީވީ ޕްރޮގުރާމް/ ޑޮކިއުމެންޓަރީ ގަތުން (30މިނެޓް) |
-- |
13000 |
15.25 |
އައުޓް ސޯސް ވީޑިއޯ ލަވަ ގަތުން |
-- |
10000 |
15.26 |
އައުޓް ސޯސް އޯޑިއޯ ލަވަ ގަތުން |
5000 |
5000 |
15.27 |
ފިލްމުގެ ބުރޯޑްކާސްޓް ރައިޓްސް ގަތުން |
-- |
17000 |
15.28 |
އައުޓް ސޯސް ސޯވ ގެ ބުރޯޑްކާސްޓް ރައިޓްސް ގަތުން (އޯޑިއޯ ވީޑިއޯ) |
15000 |
15000 |
15.29 |
އަމިއްލަ ރާގު ހަދައި އެރާގަށް މިއުޒިކް ތައްޔާރު ކުރުން |
4000 |
4000 |
16. ލިބިފައިވާ ޕްރޮޕޯޒަލަށް ބަލައިގެން ކޮންޓެންޓް ގަތުމަށް އިންސާފުކުރުމުގައި ޕޮއިންޓްދޭނެ އުސޫލު
ދާއިރާ |
އަޑު/މަންޒަރު ހިމެނޭ ކޮންޓެންޓެއް ލިބިފައިވާ ހުށަހެޅުމަށް ބަލައިގެން ނެގުމަށް |
އަޑު/މަންޒަރު ނުހިމެނޭ ކޮންޓެންޓެއް ލިބިފައިވާ ހުށަހެޅުމަށް ބަލައިގެން ނެގުމަށް |
||
ރޭޑިއޯ |
ޓީވީ |
ރޭޑިއޯ |
ޓީވީ |
|
އެ ރޮނގަކުން އެމީހެއްގެ/އެބައެއްގެ ޢިލްމީ ޤާބިލުކަމާއި މަޢުލޫމާތު ހުރި މިންވަރު |
15 |
15 |
15 |
15 |
އެ ރޮނގަކުން އެމީހަކު/އެބައަކު މަސައްކަތް ކޮށްފައިވާ މުއްދަތާއި ކުރި މަސައްކަތާއި ހޯދާފައިވާ ތަޖުރިބާ |
15 |
20 |
15 |
20 |
އެ ރޮނގަކުން އެމީހަކު/އެބައަކު ރެކޮގްނައިޒް ކުރެވިފައިވާ މިންވަރު |
10 |
20 |
20 |
20 |
އެ ރޮނގަކުން އެމީހެއްގެ/އެބައެއްގެ ކިބައިގައި ހުރި ހުނަރުވެރިކަން |
20 |
20 |
30 |
20 |
ހުށަހެޅުންތެރިކަމާއި އަޑު |
20 |
10 |
-- |
10 |
އަގު |
15 |
10 |
15 |
10 |
މަސައްކަތް ނިންމާ މުއްދަތު |
5 |
5 |
5 |
5 |
16.1 މަތީގައިވާ ޓޭބަލުގައިވާ އުސޫލުން ޕޮއިންޓް ދިނުމަށް ބަލާއިރު އެކޮންޓެންޓެއްގެ ބާވަތުން މީގެތެރެއިން ވަކިބަޔަކަށް ޕޮއިންޓްދިނުން މުހިންމު ނޫންނަމަ އެކަމަކަށް ކަނޑައެޅިފައިވާ ޕޮއިންޓެއް ނުދެވޭނެއެވެ. އަދި ކޮންޓެންޓެއްގެ ބާވަތުން އިތުރު ބަޔަކަށް ޕޮއިންޓް ދޭންޖެހޭނަމަ އެބައެއް އިތުރުކޮށް ޕޮއިންޓްދޭ އުސޫލު ބަދަލުކުރެވިދާނެއެވެ.
17. އުފައްދާފައިވާ ކޮންޓެންޓެއް ހޯދާނަމަ ވަކި ކޮންޓެންޓެއް ހޮވުމުގައި ޕޮއިންޓްދޭނެ އުސޫލު
ދާއިރާ |
ދެވޭ އެންމެ މަތީ ޕޮއިންޓް |
|
|
ރޭޑިއޯ |
ޓީވީ |
ހުށަހެޅުންތެރިކަން |
20 |
20 |
ލިޔުންތެރިކަން |
10 |
- |
މަޢުލޫމާތުގެ މުއްސަނދިކަން |
20 |
20 |
ލިއްބައިދޭ މެސެޖް |
20 |
10 |
އުފެއްދުންތެރިކަން (ކްރިއޭޓިވިޓީ) |
20 |
20 |
ވީޑިއޯ / އޯޑިއޯގެ ފެންވަރު |
- |
20 |
އަގު |
10 |
10 |
17.1 މަތީގައިވާ ޓޭބަލްގައިވާ އުސޫލުން ޕޮއިންޓް ދިނުމަށް ބަލާއިރު އެކޮންޓެންޓެއްގެ ބާވަތުން މީގެތެރެއިން ވަކިބަޔަކަށް ޕޮއިންޓްދިނުން މުހިންމު ނޫންނަމަ އެކަމަކަށް ކަނޑައެޅިފައިވާ ޕޮއިންޓެއް ނުދެވޭނެއެވެ. އަދި ކޮންޓެންޓެއްގެ ބާވަތުން އިތުރު ބަޔަކަށް ޕޮއިންޓް ދޭންޖެހޭނަމަ އެބައެއް އިތުރުކޮށް ޕޮއިންޓް ދޭ އުސޫލު ބަދަލުކުރެވިދާނެއެވެ.
18. އިތުރު ތަފުސީލު
18.1 މިސިޔާސަތުގެ ދަށުން އަގުދޭގޮތަށް ލިޔެފައިވާ ލިޔުމެއްގެ ޞަފްޙާއެއްގެ ގޮތުގައި ބެލޭނީ ދިވެހިބަހުން ނަމަ ފަރުމާ ފޮންޓުގެ ފޮންޓް ސައިޒް 12 އަދި އިނގިރޭސިބަހުންނަމަ ޓައިމްސް ނިއުރޯމަންގެ ފޮންޓް ސައިޒް 12ގައި، ސިންގަލް ސްޕޭސިންގް، އަދި ލައިން ސްޕޭސިންގް 1.15ގައި ލިޔެފައިވާ ޞަފްޙާއަކަށެވެ.
18.2 މިސިޔާސަތުގައި 30 މިނެޓުގެ ޕްރޮގްރާމެއްކަމަށް ބުނެފައިއެވަނީ އެޗެނަލަކުން 30 މިނެޓުގެ ޕްރޮގްރާމެއްގެ ސްލޮޓަކަށް އުފައްދާ ކޮންޓެންޓުގެ ދިގުމިނުގެ ޕްރޮގްރާމަކަށެވެ. އަދި ޕްރޮގްރާމްގެ ދިގުމިން 60 މިނެޓް، 90 މިނެޓް ނުވަތަ އެއަށްވުރެން ދިގުވީ ކަމުގައިވިއަސް ނުވަތަ ކުރުވީ ކަމުގައިވިއަސް މިސިޔާސަތުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ ޢަމަލުކުރެވޭނީ ހަމަ މިއުސޫލުން އަދި މިރޭޓުން އަގު އިތުރު ކުރަމުން ނުވަތަ ކުޑަކުރަމުންދާ ގޮތަށެވެ.
18.3 މިސިޔާސަތުގެ ދަށުން ހޯދާ ކޮންމެ ކޮންމެ ފަންނުވެރިކަމަކަށް އަދި ފަންނުވެރިކަމެއްގެ ބޭނުމުގައި ހޯދާ ކޮންމެ މީހަކަށް، މިކޯޕަރޭޝަނުގައި ކޮންޓެންޓާ ގުޅޭގޮތުން ޢަމަލުކުރެވެމުން އަންނަ ސިޔާސަތުތަކާއި، އެޑިޓޯރިއަލް ސިޔާސަތާއި، ގަވާއިދުތަކާއި އުސޫލުތައް ހިނގާނެއެވެ. އަދި އެކަންކަމަށް އެފަރާތަކުން ތަބާވެ ޢަމަލު ކުރަންޖެހޭނެއެވެ.
18.4 މިސިޔާސަތުގެ ދަށުން ދަފްތަރު ކުރަން ފެށުމަކީ މިހާތަނަށް ޢަމަލުކުރެވުމުންއައި މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޯޕަރޭޝަންގެ ޗެނަލްތަކުން އުފައްދާ ޕްރޮގްރާމްތަކަށް ބޭނުންވާ ފަންނީ އެހީ އަދި ކޮންޓެންޓް އުފެއްދުމާގުޅޭ މަސައްކަތްތައް އަގުދީގެން ކުރުވުމުގެ ގަވާއިދުގެ ދަށުން ދަފްތަރު ކުރެވިފައިވާ ފަރާތްތައް އެދަފްތަރުން އުނިވެގެންދާނޭ ކަމެއް ނޫނެވެ. މިސިޔާސަތުގެ މަޤްޞަދަށްޓަކައި އެފަރާތްތައްވެސް ބެލެވޭނީ ދަފްތަރު ކުރެވިފައިވާ ފަރާތްތަކެއްގެ ގޮތުގައެވެ.
19. ސިޔާސަތުގައި ނުހިމެނޭ ކަންކަން
19.1 މިސިޔާސަތުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެ ޙާލަތުގައި މިސިޔާސަތުގެ އަސާސްތަކާ ޚިލާފު ނުވާނޭ އުސޫލުން، ހެޑް އޮފް ޑިޕާޓްމަންޓްސްގެ ބައްދަލުވުމަކުން އެކަމަކަށް ގޮތެއް ނިންމިދާނެއެވެ.
20. މިސިޔާސަތަށް ޢަމަލުކުރަން ފެށުމުން ގަވާއިދު އުވުން
20.1 މިސިޔާސަތަށް ޢަމަލުކުރަން ފެށުމާއެކު މީގެ ކުރިން ޢަމަލުކުރަމުން އައި މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޯޕަރޭޝަންގެ ޗެނަލްތަކުން އުފައްދާ ޕްރޮގްރާމްތަކަށް ބޭނުންވާ ފަންނީ އެހީ އަދި ކޮންޓެންޓް އުފެއްދުމާގުޅޭ މަސައްކަތްތައް އަގުދީގެން ކުރުވުމުގެ ގަވާއިދު އުވުނީއެވެ.
21. މިސިޔާސަތުގެ ދަށުން އަގުދީގެން ކަމެއް ކުރުމުގެ ހުއްދަ ދިނުން
21.1 މި ސިޔާސަތުގެ ދަށުން އަގުދީގެން ފަންނީ އެހީއާއި ކޮންޓެންޓް އުފެއްދުމާގުޅޭ އެއްވެސް މަސައްކަތެއް ވަކި ފަރާތަކާ ޙަވާލުކުރަންވާނީ ކޯޕަރޭޝަނުން މިކަމަށް ކަނޑައަޅާ ފޯމެއްގައިވާ އެންމެހާ ކަންކަން ފުރިހަމަ ކުރުމަށްފަހު، އެކަމެއް ކުރުމަށް މެނޭޖިންގ ޑިރެކްޓަރ ހުއްދަ ދެއްވިކަމުގެ ސޮއިކުރެއްވުމުންނެވެ.
22. ތަންފީޒީ ބާރު
މި ސިޔާސަތަށް އުނިއިތުރު ގެނައުމާއި މި ސިޔާސަތު އުވާލުމުގެ އެންމެހައި ބާރެއް ލިބިގެންވަނީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑަށެވެ. މި ސިޔާސަތު ހިންގާނީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ އެންމެހައި މުވައްޒަފުންގެ މައްޗަށެވެ. މިސިޔާސަތުގައިވާ ކަންތައްތައް ތަންފީޒުކުރުމަކީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ޑިޕާޓްމަންޓް/ ސެކްޝަން/ ޔުނިޓުގެ ޒިންމާދާރު ވެރިންގެ މަސްއޫލިއްޔަތެކެވެ. އަދި މި ސިޔާސަތަށް ޙުރުމަތްތެރިކޮށް ހިތުމަކީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ އެންމެހައި މުވައްޒަފުންގެ މައްޗަށް ލާޒިމްކަމެކެވެ.