ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު |
ނަންބަރ: P7C/2022/01 |
|
ތާރީޚް: 07 ޖޫން 2022 |
||
މަޤާމް: |
ހައުސްކީޕަރ |
|
ރޭންކް: |
SS1 |
|
ކްލެސިފިކޭޝަން: |
ސަޕޯޓް ސްޓާފް ގްރޭޑް 1 |
|
އަސާސީ މުސާރަ: |
3100.00 ރުފިޔާ |
|
ސަރވިސް އެލަވަންސް: |
1000.00 ރުފިޔާ |
|
ލިވިންގ އެލަވަންސް: |
2550.00 ރުފިޔާ |
|
ޖުޑީޝަލް އެލަވަންސް: |
620.00 ރުފިޔާ (އަސާސީ މުސާރައިގެ %20 ފައިސާ) |
|
އެހެނިހެން އެލަވަންސް: |
އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ އިތުރުގަޑީގެ ފައިސާ އާއި މަޤާމުގެ މަސައްކަތާއި ގުޅިގެން ވަކި އެލަވަންސެއް ދޭން އޮންނަނަމަ އެ ފައިސާ. އަދި ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ. |
|
ބޭނުންވާ ޢަދަދު: |
1 (އެކެއް) |
|
މަސައްކަތްކުރަން ޖެހޭ ތަން: |
ގއ. ކޮނޑޭ މެޖިސްޓްރޭޓް ކޯޓު |
|
އަސާސީ ޝަރުޠު: |
- ދިވެހިބަހުން ލިޔަން ކިޔަން ދަތުން. - މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލްކަން ހުރިކަން އިންޓަރވިއުގައި ސާބިތުކޮށް ދިނުން. - މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރުން. |
|
|
||
މަޤާމުގެ މައިގަނޑުމަސް ޢޫލިއްޔަތު: |
- ކޯޓުގެ ގޯތި ތެރެއާއި ކޯޓު ހިމެނޭ ސަރަހައްދު ކުނިކަހާ ސާފްކޮށް ބެލެހެއްޓުމާއި ކުނި އުކުން. - ކޯޓު ޢިމާރާތް ފޮޅާ ސާފް ކުރުން. - ކޯޓުގެ ފާޚާނާ / ގިފިލި އަދި ވަޅު ފަދަ ތަންތަން ސާފް ކުރުން. - ބަނދަރުމަތިންނާއި އެ ނޫންވެސް ތަންތަނުން ކޯޓަށް ގެނެސް / ގެންދަން ޖެހޭ ތަކެތި އުފުލުން. |
|
- އެކި ފަރާތްތަކަށް ރައްދު ކުރަން ޙަވާލުކުރެވޭ ޗިޓާއި ސިޓީ ފަދަ ތަކެތި އަމާނާތްތެރިކަމާއިއެކު ރައްދު ކުރުން. - ކޯޓުގެ ފުރާޅާއި، ފެންތާނގީ ސާފް ކުރުމާއި ކޯޓުގެ ފަރުނީޗަރު ސާފް ކުރުން. - ކޯޓުގެ ބަގީޗާ ރީތިކޮށް ބެލެހެއްޓުމާއި ކޯޓު ޒީނަތްތެރި ކުރުމަށް ކުރެވޭ އެންމެހާ މަސައްކަތް ކުރުން. - ކޯޓުން ހިންގޭ ޙަރަކާތްތަކުގައި ބައިވެރިވުން. - މީގެ އިތުރުން ވެރިން ކުރުމަށް އަންގާ، ކޯޓުގެ މަސައްކަތް ކުރުން. |
||
ވަޒީފާއަށް އެދި ހުށަހަޅަންވީ ލިޔުންތައް: |
- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު. - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - ވަނަވަރު - ވަޒީފާއަށް ކުރިމަތިލާ ފަރާތުން ފުރަންޖެހޭ މަޢުލޫމާތު ސްލިޕު. - ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގެ ތަޢުލީމު ދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާ ފަރާތެއް ނަމަ، ކޯސް ފުރިހަމަކުރިކަމުގެ ރަސްމީ ލިޔުން ހުށަހެޅުން) - އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް އަދި މަޤާމުގައިވީ މުއްދަތާއި މަސްޢޫލިއްޔަތު އަންގައިދޭ ލިޔުން) - ފުރިހަމަކޮށްފައިވާ ތަމްރީނާއި ލިބިފައިވާ ހުނަރާއި ތަޖުރިބާ އަންގައިދޭ ލިޔުން. |
|
ހުށަހަޅަންވީ ގޮތް: |
ގއ. ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ ކައުންޓަރަށް ނުވަތަ ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އީމެއިލް[email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. |
|
ސުންގަޑި: |
19 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން. |
|
އިތުރު މަޢުލޫމާތު: |
- މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 6820778 - އިންޓަރވިއުއަށް ޙާޟިރުވާއިރު، ހުށަހަޅާފައިވާ ތަޢުލީމީ ސެޓިފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނަން ވާނެއެވެ. - މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ. - މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ފަޒީފާއަށް އެދޭ ފޯމާއި، އެއާއިއެކު ހުށަހަޅުއްވަންޖެހޭ ސްލިޕް ގއ. ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ ކައުންޓަރުންނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވެބްސައިޓް www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ. |
|