ޢާންމު މަޢުލޫމާތު
ނަންބަރު: P7C/2022/01
ޕަބްލިޝްކުރި ތާރީޚް: 07 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 13:37
ސުންގަޑި: 19 ޖޫން 2022 12:00
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - ހައުސްކީޕަރ

އިޢުލާން

 

 ވަޒީފާގެ ފުރުޞަތު

 ނަންބަރ: P7C/2022/01

 ތާރީޚް: 07 ޖޫން 2022

 މަޤާމް:

 ހައުސްކީޕަރ

 ރޭންކް:

 SS1

 ކްލެސިފިކޭޝަން:

 ސަޕޯޓް ސްޓާފް ގްރޭޑް 1

 އަސާސީ މުސާރަ:

 3100.00 ރުފިޔާ

 ސަރވިސް އެލަވަންސް:

 1000.00 ރުފިޔާ

 ލިވިންގ އެލަވަންސް:

 2550.00 ރުފިޔާ

 ޖުޑީޝަލް އެލަވަންސް:

 620.00 ރުފިޔާ (އަސާސީ މުސާރައިގެ %20 ފައިސާ)

 އެހެނިހެން އެލަވަންސް:

 އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ އިތުރުގަޑީގެ ފައިސާ އާއި މަޤާމުގެ މަސައްކަތާއި ގުޅިގެން ވަކި އެލަވަންސެއް ދޭން އޮންނަނަމަ އެ ފައިސާ. އަދި ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.

 ބޭނުންވާ ޢަދަދު:

1 (އެކެއް)

 މަސައްކަތްކުރަން ޖެހޭ ތަން:

ގއ. ކޮނޑޭ މެޖިސްޓްރޭޓް ކޯޓު

 އަސާސީ ޝަރުޠު:

- ދިވެހިބަހުން ލިޔަން ކިޔަން ދަތުން.

- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލްކަން ހުރިކަން އިންޓަރވިއުގައި ސާބިތުކޮށް ދިނުން.

 - މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރުން.

 

މަޤާމުގެ މައިގަނޑުމަސް ޢޫލިއްޔަތު:

- ކޯޓުގެ ގޯތި ތެރެއާއި ކޯޓު ހިމެނޭ ސަރަހައްދު ކުނިކަހާ ސާފްކޮށް ބެލެހެއްޓުމާއި ކުނި އުކުން.

- ކޯޓު ޢިމާރާތް ފޮޅާ ސާފް ކުރުން.

- ކޯޓުގެ ފާޚާނާ / ގިފިލި އަދި ވަޅު ފަދަ ތަންތަން ސާފް ކުރުން.

- ބަނދަރުމަތިންނާއި އެ ނޫންވެސް ތަންތަނުން ކޯޓަށް ގެނެސް / ގެންދަން ޖެހޭ ތަކެތި އުފުލުން.

- އެކި ފަރާތްތަކަށް ރައްދު ކުރަން ޙަވާލުކުރެވޭ ޗިޓާއި ސިޓީ ފަދަ ތަކެތި އަމާނާތްތެރިކަމާއިއެކު ރައްދު ކުރުން.

 - ކޯޓުގެ ފުރާޅާއި، ފެންތާނގީ ސާފް ކުރުމާއި ކޯޓުގެ ފަރުނީޗަރު ސާފް ކުރުން.

- ކޯޓުގެ ބަގީޗާ ރީތިކޮށް ބެލެހެއްޓުމާއި ކޯޓު ޒީނަތްތެރި ކުރުމަށް ކުރެވޭ އެންމެހާ މަސައްކަތް ކުރުން.

- ކޯޓުން ހިންގޭ ޙަރަކާތްތަކުގައި ބައިވެރިވުން.

- މީގެ އިތުރުން ވެރިން ކުރުމަށް އަންގާ، ކޯޓުގެ މަސައްކަތް ކުރުން.

ވަޒީފާއަށް އެދި ހުށަހަޅަންވީ ލިޔުންތައް:

 - ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު.

 - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

 - ވަނަވަރު

 - ވަޒީފާއަށް ކުރިމަތިލާ ފަރާތުން ފުރަންޖެހޭ މަޢުލޫމާތު ސްލިޕު.

 - ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގެ ތަޢުލީމު ދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާ ފަރާތެއް ނަމަ، ކޯސް ފުރިހަމަކުރިކަމުގެ ރަސްމީ ލިޔުން ހުށަހެޅުން)

 - އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް އަދި މަޤާމުގައިވީ މުއްދަތާއި މަސްޢޫލިއްޔަތު އަންގައިދޭ ލިޔުން)

 - ފުރިހަމަކޮށްފައިވާ ތަމްރީނާއި ލިބިފައިވާ ހުނަރާއި ތަޖުރިބާ އަންގައިދޭ ލިޔުން.

 ހުށަހަޅަންވީ ގޮތް:

ގއ. ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ ކައުންޓަރަށް ނުވަތަ ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އީމެއިލް[email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 ސުންގަޑި:

19 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން.

އިތުރު މަޢުލޫމާތު:

 - މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 6820778  

 - އިންޓަރވިއުއަށް ޙާޟިރުވާއިރު، ހުށަހަޅާފައިވާ ތަޢުލީމީ ސެޓިފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނަން ވާނެއެވެ.

 - މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 - މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ފަޒީފާއަށް އެދޭ ފޯމާއި، އެއާއިއެކު ހުށަހަޅުއްވަންޖެހޭ ސްލިޕް ގއ. ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ ކައުންޓަރުންނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވެބްސައިޓް www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.

     

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

                       

07 ޖޫން 2022