މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިޑް އުސޫލުން ބިން ދޫކުރުމާއި ގުޅޭ:

 (IUL)307/INDIV/2022/40 : ނަންބަރު 

އިޢުލާން

ބިޑް އުސޫލުން ބިން ދޫކުރުމާއި ގުޅޭ:

ކައުންސިލްގެ ބެލުމުގެ ދަށުގައިވާ، ބަނދަރުގެ އިރުމަތީ ފަރާތުގައި ހުރި އިމާރާތް (އަޅޯގެ) ބިޑް އުސޫލުން ކުއްޔަށް ދިނުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ.

  • އަންދާސީ ހިސާބު ޙުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނުނު (ޤާނޫނު ނަމްބަރ 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  • އަންދާސީ ހިސާބު ހުށަހަޅާއިރު؛
  1. މަޢުލޫމާތު ސާފުކުރި ފަރާތަށް ދޫކުރެވޭ މަޢުލޫމާތާއި އެއްގޮތަށް ހުށަހަޅާ އަންދާސީ ހިސާބު ނޫނީ ބަލައެއް ނުގަނެވޭނެއެވެ. އަދި،
  2. ކަނޑައެޅިފައިވާ ދުވަހު ކަނޑައެޅިފައިވާ ގަޑީގައި އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަދި،
  3. މަޢުލޫމާތު ސާފުކުރުމުގެ ސެސަންގައި ބައިވެރިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ.
  • މައުލޫމާތު ސާފުކުރުން އޮންނާނީ: 2022 ޖޫން 15 ވާ ބުދަ ދުވަހުގެ 13:00 ގައި މިކައުންސިލްގެ އިދާރާގައެވެ.
  • އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ: 2022 ޖޫން 26 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މިކައުންސިލްގެ އިދާރާގައެވެ. އަންދާސީ ހިސާބުތައް ބަލައިގަތުމަށްފަހު ހަމަ އެގަޑީގައި ޙާޟިރުވި ފަރާތްތަކުގެ ޙާޟިރުގައި އަންދާސީ ހިސާބުތައް ކެނޑުން ބޭއްވޭނެއެވެ.

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 ޖޫން 2022
ހޯދާ