ކުއްޔަށް ދިނުން
ނަންބަރު: (IUL)307/INDIV/2022/40
ޕަބްލިޝްކުރި ތާރީޚް: 06 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 14:31
ސުންގަޑި:
15 ޖޫން 2022 13:00
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބިޑް އުސޫލުން ބިން ދޫކުރުމާއި ގުޅޭ:
(IUL)307/INDIV/2022/40 : ނަންބަރު
އިޢުލާން
ބިޑް އުސޫލުން ބިން ދޫކުރުމާއި ގުޅޭ:
ކައުންސިލްގެ ބެލުމުގެ ދަށުގައިވާ، ބަނދަރުގެ އިރުމަތީ ފަރާތުގައި ހުރި އިމާރާތް (އަޅޯގެ) ބިޑް އުސޫލުން ކުއްޔަށް ދިނުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ.
- އަންދާސީ ހިސާބު ޙުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނުނު (ޤާނޫނު ނަމްބަރ 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- އަންދާސީ ހިސާބު ހުށަހަޅާއިރު؛
- މަޢުލޫމާތު ސާފުކުރި ފަރާތަށް ދޫކުރެވޭ މަޢުލޫމާތާއި އެއްގޮތަށް ހުށަހަޅާ އަންދާސީ ހިސާބު ނޫނީ ބަލައެއް ނުގަނެވޭނެއެވެ. އަދި،
- ކަނޑައެޅިފައިވާ ދުވަހު ކަނޑައެޅިފައިވާ ގަޑީގައި އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަދި،
- މަޢުލޫމާތު ސާފުކުރުމުގެ ސެސަންގައި ބައިވެރިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ.
- މައުލޫމާތު ސާފުކުރުން އޮންނާނީ: 2022 ޖޫން 15 ވާ ބުދަ ދުވަހުގެ 13:00 ގައި މިކައުންސިލްގެ އިދާރާގައެވެ.
- އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ: 2022 ޖޫން 26 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މިކައުންސިލްގެ އިދާރާގައެވެ. އަންދާސީ ހިސާބުތައް ބަލައިގަތުމަށްފަހު ހަމަ އެގަޑީގައި ޙާޟިރުވި ފަރާތްތަކުގެ ޙާޟިރުގައި އަންދާސީ ހިސާބުތައް ކެނޑުން ބޭއްވޭނެއެވެ.
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
06 ޖޫން 2022