ދިވެހިރާއްޖެ
އަތޮޅު ކައުންސިލް އިދާރާގެ ފުރާޅު މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިންކުރި ނަންބަރ: (IUL)230-AHI/230/2022/8 އިޢުލާނާއި ގުޅިގެން އެންމެ ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައިވާތީވެ އެއިޢުލާން ބާތިލުކޮށް މިކަމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަން ކުރުމަށް ޝައުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 12 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މަޢުލޫމާތު ސާފުކޮށް އެސްޓިމޭޓް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިމަސައްކަތާގުޅޭ މަޢުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އިތުރުމަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ 7948032 އަށް ގުޅުއްވުން އެދެމެވެ.
އެސްޓިމޭޓްތައް ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
06 ޛުލްޤާއިދާ 1443