މަސައްކަތް
ނަންބަރު: (IUL)230-AHI/230/2022 /29
ޕަބްލިޝްކުރި ތާރީޚް: 06 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 13:40
ސުންގަޑި: 12 ޖޫން 2022 12:00
މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅުކައުންސިލް އިދާރާގެ ފުރާޅު މަރާމާތު ކުރުން

                    އަތޮޅު ކައުންސިލް އިދާރާގެ ފުރާޅު މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިންކުރި ނަންބަރ: (IUL)230-AHI/230/2022/8  އިޢުލާނާއި ގުޅިގެން އެންމެ ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައިވާތީވެ އެއިޢުލާން ބާތިލުކޮށް މިކަމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

                    ވީމާ، މިކަން ކުރުމަށް ޝައުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 12 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މަޢުލޫމާތު ސާފުކޮށް އެސްޓިމޭޓް ހުށަހެޅުއްވުމަށް ދަންނަވަމެވެ.  މިމަސައްކަތާގުޅޭ މަޢުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އިތުރުމަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ 7948032 އަށް ގުޅުއްވުން އެދެމެވެ.

                    އެސްޓިމޭޓްތައް ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

06 ޛުލްޤާއިދާ   1443

06 ޖޫން 2022