ދިވެހިރާއްޖެ
އިޢުލާން
މި ކޯޓަށް ކޮމްޕިއުޓަރ ސިސްޓަމް، މައިކްރޯސޮފްޓް ސަރފޭސް ޕްރޯ 8، މައިކްރޯސޮފްޓް ސަރފޭސް ލެޕްޓޮޕް ސްޓޫޑިއޯ އަދި މޮނީޓަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި ކޯޓުގެ ނަންބަރު
(IUL)197-A3/1/2022/24 (22 މޭ 2022) އިޢުލާނާ ގުޅިގެން، ހުށަހެޅި އަންދާސީހިސާބުތައް މަޢުލޫމާތު ޝީޓުގައިވާ މިނިމަމް ސްޕެސިފިކޭޝަންއާ ދިމާނުވާތީއާއި ހުށަހެޅި އަގުބޮޑުކަމަށް ފެންނާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 15 ޖޫން 2022 ވާ ބުދަ ދުވަހު 10:00 އަށް މިކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ތިރީގައި އެވާ ލިންކް އިން ލިބިވަޑައިގަންނަވާނެއެވެ.
https://supremecourt.mv/storage/mv/media/iulaan/information-sheet-iul-26-1.pdf
އަންދާސީ ހިސާބު ހުށައަޅަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވުމުގެ އެންމެ ފަހު ތާރީޚަކީ
15 ޖޫން 2022 ވަނަ ދުވަހުގެ 09:00 ގެ ކުރިންނެވެ. ރަޖިސްޓްރީ ވުމަށްޓަކައި އީމެއިލް: [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ނުވާފަރާތްތަކަށް ބިޑުހުށައެޅުމުގެ ފުރުސަތު ދެވެން ނެތްވާހަކަ ދަންނަވަމެވެ.
06 ޛުލްޤައިދާ 1443
05 ޖޫން 2022