މަސައްކަތް
ނަންބަރު: (IUL)197-A3/1/2022/26
ޕަބްލިޝްކުރި ތާރީޚް: 05 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 15:10
ސުންގަޑި: 15 ޖޫން 2022 09:00
ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
ް ކޮންޕިއުޓަރ ސިސްޓަމް، މައިކްރޯސޮފްޓް ސަރފޭސް ޕްރޯ 8، މައިކްރޯސޮފްޓް ސަރފޭސް ލެޕްޓޮޕް ސްޓޫޑިއޯ އަދި މޮނީޓަރ ސަޕްލައިކުރުން

އިޢުލާން

 

މި ކޯޓަށް ކޮމްޕިއުޓަރ ސިސްޓަމް، މައިކްރޯސޮފްޓް ސަރފޭސް ޕްރޯ 8، މައިކްރޯސޮފްޓް ސަރފޭސް ލެޕްޓޮޕް ސްޓޫޑިއޯ އަދި މޮނީޓަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި ކޯޓުގެ ނަންބަރު
(IUL)197-A3/1/2022/24 (22 މޭ 2022) އިޢުލާނާ ގުޅިގެން، ހުށަހެޅި އަންދާސީހިސާބުތައް މަޢުލޫމާތު ޝީޓުގައިވާ މިނިމަމް ސްޕެސިފިކޭޝަންއާ ދިމާނުވާތީއާއި ހުށަހެޅި އަގުބޮޑުކަމަށް ފެންނާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ. 

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 15 ޖޫން 2022 ވާ ބުދަ ދުވަހު 10:00 އަށް މިކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ތިރީގައި އެވާ  ލިންކް އިން ލިބިވަޑައިގަންނަވާނެއެވެ.

https://supremecourt.mv/storage/mv/media/iulaan/information-sheet-iul-26-1.pdf

އަންދާސީ ހިސާބު ހުށައަޅަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވުމުގެ އެންމެ ފަހު ތާރީޚަކީ
15 ޖޫން 2022 ވަނަ ދުވަހުގެ 09:00 ގެ ކުރިންނެވެ. ރަޖިސްޓްރީ ވުމަށްޓަކައި އީމެއިލް: [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ނުވާފަރާތްތަކަށް ބިޑުހުށައެޅުމުގެ ފުރުސަތު ދެވެން ނެތްވާހަކަ ދަންނަވަމެވެ.

 06 ޛުލްޤައިދާ 1443

05  ޖޫން   2022

05 ޖޫން 2022