ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު
މަޤާމު: |
ޑްރައިވަރު |
ރޭންކް: |
އެސް.އެސް. 2 |
ކްލެސިފިކޭޝަން: |
ސަޕޯޓް ސްޓާފް ގްރޭޑް 2 |
ސެކްޝަން/ޔުނިޓް |
ކޯޕަރޭޓް އެފެއާޒް |
މުސާރަ: |
މަހަކު -/3470 ރުފިޔާ |
ސަރވިސް އެލަވަންސް |
މަހަކު -/1000 ރުފިޔާ |
ބޭނުންވާ އަދަދު |
1 (އެކެއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
ތަޢުލީމާއި ތަޖުރިބާ: |
|
މަޤާމުގެ މަސްއޫލިއްޔަތު: (މައިގަނޑުމަސައްކަތްތައް) |
- ޕިކަޕް ދުއްވަންޖެހޭ ހުރިހާ ވަގުތަކު ޤަވާޢިދުން ދުއްވުން. ރަސްމީ ގަޑިނޫން ގަޑިތަކުގައިވެސް ޕިކަޕްގެ ޚިދުމަތަކީ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތަކަށްވާތީ، އެ ޚިދުމަތް ފޯރުކޮށްދިނުމަކީ ހެނދުނު 8:00 ން ފެށިގެން ރޭގަނޑުގެ 9:00 ގެ ކުރިން ކޮންމެ ވަގުތަކުވެސް ކުރަންޖެހިދާނެ ކަމެކެވެ. ނަމަވެސް އެގަޑީގެ ކުރިން ފަށައިގެން ކުރިޔަށްގެންދާ ދަތުރުތައް 10:00 ގެ ކުރިން ނިމޭނަމަ ނިންމަންވާނެއެވެ. އެހެން ގަޑިތަކުގައި މަސައްކަތްކުރަން ކޮންމެހެން ޖެހޭފަދަ ކަމެއް ދިމާވެއްޖެނަމަ ސްޕަވައިޒަރ ނުވަތަ ޒިންމާދާރުވެރިޔާ އަންގާނެއެވެ. - ޕިކަޕަށް ބޭނުންވާ އަޑީތެލާއި، ޑީސަލާއި، ފިލްޓަރުތަކާއި، ކިޓްކުރާ ސާމާނާއި، މިނޫނަސް ޕިކަޕަށް ހޯދަންޖެހޭ ހުރިހާ އެއްޗެއް ހޯދުމަށް ސްޕަވައިޒަރަށް ރިޕޯރޓްކުރުން. - ޕިކަޕްގެ މައްސަލައެއް ދިމާވެއްޖެނަމަ، އެކަމެއް ޙައްލުކުރުމަށް ވަގުތުން ސްޕަވައިޒަރަށް ރިޕޯޓްކުރުން. - ޕިކަޕްގެ ދަތުރެއް ނުކުރާނަމަ، 3 ދުވަހުން އެއްފަހަރު ޕިކަޕްގެ އެތެރެއާއި ބޭރު ސާފުކުރުން. - މަދުވެގެން ކޮންމެ މަހަކު އެއްފަހަރު (މަސައްކަތުގެ އެންމެ ފަހު ހަފުތާގައި) ޕިކަޕްގެ ކިޓުކުރަންޖެހޭ ބައިތައް ކިޓްކުރުމާއި، ވެކިޔުމްކޮށް ސާފުކުރަންޖެހޭ ބައިތައް ސާފުކުރުމާއި، ތެޔޮލައި ބަލަހައްޓަންޖެހޭ ބައިތަކުގައި، ތެޔޮލައި ބެލެހެއްޓުމާއި، ޕިކަޕް ގަރާޖު ކުނިކަހައި ސާފުކޮށް ބެލެހެއްޓުން. - ރަށަށް ޒިޔާރަތްކުރައްވާ، ސަރުކާރާއި ދައުލަތުގެ ވަފްދުތަކަށް ޒިންމާދާރު ވެރިޔާ ނުވަތަ ސްޕަވައިޒަރ އަންގާ އުސޫލެއްގެމަތިން ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތުން އެހީތެރިކަން ފޮރުކޮށްދިނުމާއި އެއްބާރުލުން ދިނުން.
|
ވަޒީފާއަށް އެންމެ ޤާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި މަޤާމަށް ޝަރުތު ހަމަވާ ފަރާތްތަކަށް އެންގޭނެއެވެ. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
2014 ސެޕްޓެންބަރު 24 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، އދ. ހަންޏާމީދޫ ކައުންސިލްގެ އިދާރާއަށް |
އުޖޫރައާއި އިނާޔަތްތައް: |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާކުރުމަށް ގުޅާނީ 6680056 ނަމްބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6680884 އެވެ. އީ- މެއިލްކުރައްވާނީ [email protected] އަށެވެ.
16 ޛުލްޤަޢިދާ 1435