ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު
| 
 މަޤާމު:  | 
 ޑްރައިވަރު  | 
| 
 ރޭންކް:  | 
 އެސް.އެސް. 2  | 
| 
 ކްލެސިފިކޭޝަން:  | 
 ސަޕޯޓް ސްޓާފް ގްރޭޑް 2  | 
| 
 ސެކްޝަން/ޔުނިޓް  | 
 ކޯޕަރޭޓް އެފެއާޒް  | 
| 
 މުސާރަ:  | 
 މަހަކު -/3470 ރުފިޔާ  | 
| 
 ސަރވިސް އެލަވަންސް  | 
 މަހަކު -/1000 ރުފިޔާ  | 
| 
 ބޭނުންވާ އަދަދު  | 
 1 (އެކެއް)  | 
| 
 މަޤާމުގެ ގިންތި:  | 
 ދާއިމީ  | 
| 
 ތަޢުލީމާއި ތަޖުރިބާ:  | 
  | 
| 
 މަޤާމުގެ މަސްއޫލިއްޔަތު: (މައިގަނޑުމަސައްކަތްތައް)  | 
 - ޕިކަޕް ދުއްވަންޖެހޭ ހުރިހާ ވަގުތަކު ޤަވާޢިދުން ދުއްވުން. ރަސްމީ ގަޑިނޫން ގަޑިތަކުގައިވެސް ޕިކަޕްގެ ޚިދުމަތަކީ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތަކަށްވާތީ، އެ ޚިދުމަތް ފޯރުކޮށްދިނުމަކީ ހެނދުނު 8:00 ން ފެށިގެން ރޭގަނޑުގެ 9:00 ގެ ކުރިން ކޮންމެ ވަގުތަކުވެސް ކުރަންޖެހިދާނެ ކަމެކެވެ. ނަމަވެސް އެގަޑީގެ ކުރިން ފަށައިގެން ކުރިޔަށްގެންދާ ދަތުރުތައް 10:00 ގެ ކުރިން ނިމޭނަމަ ނިންމަންވާނެއެވެ. އެހެން ގަޑިތަކުގައި މަސައްކަތްކުރަން ކޮންމެހެން ޖެހޭފަދަ ކަމެއް ދިމާވެއްޖެނަމަ ސްޕަވައިޒަރ ނުވަތަ ޒިންމާދާރުވެރިޔާ އަންގާނެއެވެ. - ޕިކަޕަށް ބޭނުންވާ އަޑީތެލާއި، ޑީސަލާއި، ފިލްޓަރުތަކާއި، ކިޓްކުރާ ސާމާނާއި، މިނޫނަސް ޕިކަޕަށް ހޯދަންޖެހޭ ހުރިހާ އެއްޗެއް ހޯދުމަށް ސްޕަވައިޒަރަށް ރިޕޯރޓްކުރުން. - ޕިކަޕްގެ މައްސަލައެއް ދިމާވެއްޖެނަމަ، އެކަމެއް ޙައްލުކުރުމަށް ވަގުތުން ސްޕަވައިޒަރަށް ރިޕޯޓްކުރުން. - ޕިކަޕްގެ ދަތުރެއް ނުކުރާނަމަ، 3 ދުވަހުން އެއްފަހަރު ޕިކަޕްގެ އެތެރެއާއި ބޭރު ސާފުކުރުން. - މަދުވެގެން ކޮންމެ މަހަކު އެއްފަހަރު (މަސައްކަތުގެ އެންމެ ފަހު ހަފުތާގައި) ޕިކަޕްގެ ކިޓުކުރަންޖެހޭ ބައިތައް ކިޓްކުރުމާއި، ވެކިޔުމްކޮށް ސާފުކުރަންޖެހޭ ބައިތައް ސާފުކުރުމާއި، ތެޔޮލައި ބަލަހައްޓަންޖެހޭ ބައިތަކުގައި، ތެޔޮލައި ބެލެހެއްޓުމާއި، ޕިކަޕް ގަރާޖު ކުނިކަހައި ސާފުކޮށް ބެލެހެއްޓުން. - ރަށަށް ޒިޔާރަތްކުރައްވާ، ސަރުކާރާއި ދައުލަތުގެ ވަފްދުތަކަށް ޒިންމާދާރު ވެރިޔާ ނުވަތަ ސްޕަވައިޒަރ އަންގާ އުސޫލެއްގެމަތިން ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތުން އެހީތެރިކަން ފޮރުކޮށްދިނުމާއި އެއްބާރުލުން ދިނުން. 
  | 
| 
 ވަޒީފާއަށް އެންމެ ޤާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  | 
  | 
| 
 އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:  | 
 މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި މަޤާމަށް ޝަރުތު ހަމަވާ ފަރާތްތަކަށް އެންގޭނެއެވެ.  | 
| 
 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:  | 
 2014 ސެޕްޓެންބަރު 24 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، އދ. ހަންޏާމީދޫ ކައުންސިލްގެ އިދާރާއަށް  | 
| 
 އުޖޫރައާއި އިނާޔަތްތައް:  | 
  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
  | 
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާކުރުމަށް ގުޅާނީ 6680056 ނަމްބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6680884 އެވެ. އީ- މެއިލްކުރައްވާނީ [email protected] އަށެވެ.
16 ޛުލްޤަޢިދާ 1435