ދިވެހިރާއްޖެ
2022 - 2023 ވަނަ އަހަރު މި ސްކޫލްގެ އެލް.ކޭ.ޖީ އަށް ކުދިންވެއްދުމާއި ގުޅޭ
2022 - 2023 ވަނަ އަހަރަށް އެލް.ކޭ.ޖީ އަށް ދަރިވަރުން ވެއްދުމުގެ ފުރުޞަތު ހުޅުވާލަމެވެ. އެގޮތުން އެލް.ކޭ.ޖީ އަށް ދަރިވަރުން ވެއްދުމުގައި އުމުރު ބެލުމަށް ހަމަޖެހިފައިވާ ގޮތް ތިރީގައި ބަޔާން ކުރެވިފައި މިވަނީއެވެ.
ގުރޭޑް |
2022-2023 ވަނަ އަހަރު ދަރިވަރުން ވައްދާ ޢުމުރުފުރާ |
އެލް. ކޭ. ޖީ |
2022 ވަނަ އަހަރުގެ ޖުލައި 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ދަރިވަރުން |
ވީމާ، އެލް.ކޭ.ޖީ އަށް ދަރިވަރުން ވައްދަން އެދިލައްވާ ފަރާތްތަކުން 2022 ޖޫން 09 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އެޑްމިޝަން ފޯމް ފުރުމަށްފަހު ސްކޫލު އޮފީހަށް ހުށައެޅުއްވުން އެދެމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ 2022 މެއި 24 ވާ އަންގާރަ ދުވަހުން ފެށިގެން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 12:00 އަށެވެ.
އަދިދަންނަވަމެވެ. އެހެން ގުރޭޑުތަކާ ގުޅެން ބޭނުންވާ ދަރިވަރުންވެސް މިމުއްދަތުގެ ތެރޭގައި ފޯމް ހުށައެޅުމަކީ ސްކޫލްގެ ވަރަށްބޮޑު އެދުމެކެވެ. ޔޫ.ކޭ.ޖީ އަދި ގުރޭޑް 1 އަށް ގުޅެވޭނީ ނުވަތަ އެއްސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރާނީ ތިރީގައިވާ ގޮތަށް އުމުރު ހަމަވާ ކުދިންނެވެ.
ގުރޭޑް |
2022-2023 ވަނަ އަހަރު ދަރިވަރުން ވައްދާ ޢުމުރުފުރާ |
ޔޫ.ކޭ.ޖީ |
އެލް.ކޭ.ޖީ ފުރިހަމަކޮށް، 2022 ޖުލައި 31 ން 5 އަހަރު ފުރި 6 އަހަރު ނުފުރޭ ދަރިވަރުން. |
ގުރޭޑް 1 |
2 އަހަރުގެ ޕްރީސްކޫލް ޕްރޮގުރާމް ފުރިހަމަކޮށް، 2022 ޖުލައި 31 ށް 6 އަހަރު ފުރި 7 އަހަރު ނުފުރޭ ދަރިވަރުން. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅާނީ 6540059 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.