ދެންނެވުން
ނަންބަރު: (IUL)GS34/2022/08
ޕަބްލިޝްކުރި ތާރީޚް: 23 މޭ 2022
ޕަބްލިޝްކުރި ގަޑި: 14:27
ސުންގަޑި: 09 ޖޫން 2022 12:00
ށ. އަތޮޅުމަދަރުސާ
ދިވެހިރާއްޖެ
2022 - 2023 ވަނަ އަހަރު މި ސްކޫލްގެ އެލް.ކޭ.ޖީ އަށް ކުދިންވެއްދުމާއި ގުޅޭ

2022 - 2023 ވަނަ އަހަރު މި ސްކޫލްގެ އެލް.ކޭ.ޖީ އަށް ކުދިންވެއްދުމާއި ގުޅޭ

 

2022 - 2023 ވަނަ އަހަރަށް އެލް.ކޭ.ޖީ އަށް ދަރިވަރުން ވެއްދުމުގެ ފުރުޞަތު ހުޅުވާލަމެވެ. އެގޮތުން އެލް.ކޭ.ޖީ އަށް ދަރިވަރުން ވެއްދުމުގައި އުމުރު ބެލުމަށް ހަމަޖެހިފައިވާ ގޮތް ތިރީގައި ބަޔާން ކުރެވިފައި މިވަނީއެވެ.

 

ގުރޭޑް

2022-2023 ވަނަ އަހަރު ދަރިވަރުން ވައްދާ ޢުމުރުފުރާ

އެލް. ކޭ. ޖީ

2022 ވަނަ އަހަރުގެ ޖުލައި 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ދަރިވަރުން

 

              ވީމާ، އެލް.ކޭ.ޖީ އަށް ދަރިވަރުން ވައްދަން އެދިލައްވާ ފަރާތްތަކުން 2022 ޖޫން  09 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އެޑްމިޝަން ފޯމް ފުރުމަށްފަހު ސްކޫލު އޮފީހަށް ހުށައެޅުއްވުން އެދެމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ 2022 މެއި 24 ވާ އަންގާރަ ދުވަހުން ފެށިގެން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 12:00 އަށެވެ.

            އަދިދަންނަވަމެވެ. އެހެން ގުރޭޑުތަކާ ގުޅެން ބޭނުންވާ ދަރިވަރުންވެސް މިމުއްދަތުގެ ތެރޭގައި ފޯމް ހުށައެޅުމަކީ ސްކޫލްގެ ވަރަށްބޮޑު އެދުމެކެވެ. ޔޫ.ކޭ.ޖީ އަދި ގުރޭޑް 1 އަށް ގުޅެވޭނީ ނުވަތަ އެއްސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރާނީ ތިރީގައިވާ ގޮތަށް އުމުރު ހަމަވާ ކުދިންނެވެ.

ގުރޭޑް

2022-2023 ވަނަ އަހަރު ދަރިވަރުން ވައްދާ ޢުމުރުފުރާ

ޔޫ.ކޭ.ޖީ

އެލް.ކޭ.ޖީ ފުރިހަމަކޮށް، 2022 ޖުލައި 31 ން 5 އަހަރު ފުރި 6 އަހަރު ނުފުރޭ ދަރިވަރުން.

ގުރޭޑް 1

2 އަހަރުގެ ޕްރީސްކޫލް ޕްރޮގުރާމް ފުރިހަމަކޮށް، 2022 ޖުލައި 31 ށް 6 އަހަރު ފުރި 7 އަހަރު ނުފުރޭ ދަރިވަރުން.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅާނީ 6540059 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

             ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

23 މޭ 2022