ދިވެހިރާއްޖެ
މަސްޖިދުލް ފަލާޙް މިސްކިތުގެ ފެންޑާމާއި ވުޟޫކުރާބައިގެ ތަށިމުށި ތަޅާ ނެގުމަށްފަހު އަމިއްލަތަކެތީގައި ތަށިމުށި ބަދަލުކުރުމަށް ކުރި މިއިދާރާގެ ނަމްބަރު (IUL)409/409/2022/43 ޢިއުލާން ބާޠިލްކޮށް އަލުން އިއުލާން ކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ގެޒެޓްކުރެވިފައިވާ މައުލޫމާތު ޝީޓައި އެއްގޮތަށް 25 މެއި 2022 ވާ ބުދަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން ގެޒެޓް ކުރެވިފައިވާ އަންދާސީ ހިސާބް ފޯރމާއި އެކު ހުށަހަޅުއްވަން ޖެހޭ ލިޔެކިޔުންތައް ހުށަހެޅުމަށް ދަންނަވަމެވެ.
މި މިމަސައްކަތް ކުރުމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވާއިރު، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް، އަދި ހުށަހެޅުއްވުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބާޠިލް ކުރެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.