މަސައްކަތް
ނަންބަރު: (IUL)409/409/2022/48
ޕަބްލިޝްކުރި ތާރީޚް: 22 މޭ 2022
ޕަބްލިޝްކުރި ގަޑި: 14:24
ސުންގަޑި: 25 މޭ 2022 11:00
ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ފަލާޙް މިސްކިތުގެ ތަށިމުށި ބަދަލުކުރުމާއިގުޅޭ

             މަސްޖިދުލް ފަލާޙް މިސްކިތުގެ ފެންޑާމާއި ވުޟޫކުރާބައިގެ ތަށިމުށި ތަޅާ ނެގުމަށްފަހު އަމިއްލަތަކެތީގައި ތަށިމުށި ބަދަލުކުރުމަށް ކުރި މިއިދާރާގެ ނަމްބަރު (IUL)409/409/2022/43 ޢިއުލާން ބާޠިލްކޮށް އަލުން އިއުލާން ކުރަމެވެ.

            ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ގެޒެޓްކުރެވިފައިވާ މައުލޫމާތު ޝީޓައި އެއްގޮތަށް 25 މެއި 2022 ވާ ބުދަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން ގެޒެޓް ކުރެވިފައިވާ އަންދާސީ ހިސާބް ފޯރމާއި އެކު ހުށަހަޅުއްވަން ޖެހޭ ލިޔެކިޔުންތައް ހުށަހެޅުމަށް ދަންނަވަމެވެ.

           މި މިމަސައްކަތް ކުރުމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.

          އަންދާސީ ހިސާބު ހުށަހަޅުއްވާއިރު، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް، އަދި ހުށަހެޅުއްވުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބާޠިލް ކުރެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

          މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 މޭ 2022